Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ - ސީރިޔާ

ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން

ރަޝިއާ އަކީ ސީރިޔާގެ ދާހިލީ ހަނގުރާމައިގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ގައުމެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2018 | ބުދަ 00:27
އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަރސަން

އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަރސަން

ފަހުގެ ތާރީޚުގައި ސީރިޔާ ސަރުކާރުން އެގައުމުގައި ދީފައިވާ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ވިދާޅުވެއްޖެއެވެ.

ޓިލަރސަން ވިދާޅުވީ ސީރިޔާގެ އިރުމަތީ ގޫޓާ އަދި އެހެނިހެންވެސް އެކި ސަރަހައްދުތަކުގައި ފަހަކަށް އައިސް ދީފައިވާ ކެމިކަލް ހަމަލާތަކުގައި މަރުވެ ދިޔަމީހުން މަރުވެ ދިޔައީ ރަޝިއާގެ ސަބަބުން ކަމަށެވެ. ޓިލަރސަން އިތުރަށް ވިދާޅުވީ ސީރިޔާގެ މައްސަލައިގައި އދ ސެކިއުރިޓީ ކައުންސިލުގައި ނަގާ ވޯޓުތައް ވީޓޯ ކުރުމުން ރަޝިއާއިން ދުރުވާން ޖެހޭ ކަމަށެވެ. އެންމެ ކުޑަމިނުން ވޯޓުތަކުގައި ރަޝިއާ ބައިވެރިނުވުންވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓިލަރސަން މިމޭރުމުން ވާހަކަފުޅުދެއްކެވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ކެމިކަލް ހަތިޔާރާ ބެހޭ ކޮންފަރެންސްއަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ރަޝިއާ އަކީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ގައުމެކެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ދޭތެރެދޭތެރެއިން ކެމިކަލް ހަމަލާތައް އަންނަނީ ދެމުންނެވެ. އެގޮތުން އެންމެ ފަހުން ދިން ހަމަލާ އަކީ މިދިޔަ ހޯމަ ދުވަހު އިރުމަތީ ގުޓާއަށް ދިން ހަމަލާއެވެ. އެއީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ފަރާތްތަކުގެ ބާރުގެދަށުގައި އޮންނަ ސަރަހައްދެކެވެ. ހޯމަ ދުވަހު ދިން ހަމަލާ އާއި ބެހޭގޮތުން "ދަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ބުނެފައި ވަނީ ކްލޮރިން ގޭސް ބޭނުންކޮށްގެން ދިން ހަމަލާގައި މަދުވެގެން 13 މީހަކު މަރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު އޭޕްރީލް މަހުވެސް ސީރިޔާ ސަރުކާރުން ވަނީ ކެމިކަލް ހަމަލާއެއް ދީފައެވެ. އޭޕްރީލް މަހު ސީރިޔާ ސަރުކާރުން އެގައުމުގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ވަނީ ސީރިޔާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި ސީރިޔާ ސަރުކާރަށް އަޅާ އާންމުވެގެންވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސީރިޔާ ސަރުކާރުގެ އެޖެންސީއެއްގެ 271 މުވައްޒަފަކަށް އެމެެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުވެސް ވަނީ އަޅާފައެވެ. ހަލަބަށް އޭޕްރީލް ކުރީކޮޅު ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން މަދުވެގެން 80 މީހުން މަރުވެ 557 މީހުންނަށް ފަރުވާ ދޭންޖެހިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިސިސް އިން ސީރިޔާގައި 33 މީހުން ގަތުލުކޮށްފި

އައިސިސް އިން ސީރިޔާގައި 33 މީހުން ގަތުލުކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު