Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހުރާ ކަރަންޓްގެ ޚިދުމަތް

ކަރަންޓްގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުން: ފަޔާޒް

ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ ކައުންސިލުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2019 | ހުކުރު 14:29
ކ. ހުރާ އިންޖީނުގެ

ކ. ހުރާ އިންޖީނުގެ

އެހެން ރަށްރަށުގެ ކައުންސިލްތަކާއި ޚިލާފަށް ހުރާގެ ކައުންސިލްއަކީ ނަމޫނާ ދައްކަމުންދާ ކައުންސިލްއެކެވެ. ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި ކައުންސިލްއަށް ފާއިސާ ލިބޭނެ ގޮތްތައް ހުރާ ކައުންސިލް ދަނީ ހޯދަމުންނެވެ. ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އަސާސީ ޚިދުމަތްކަމަށްވާ ކަރަންޓްގެ ޚިދުމަތަކީ ހުރާ ކައުންސިލްއިން ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތެކެވެ.

މިމަސައްކަތް އެކައުންސިލްއިން ފެއްޓީ ކައިރި ރިސޯޓްތަކުގައި ތިބޭ މުވައްޒަފުން ބެހެއްޓުމަށް ކައުންސިލްއިން ހަދާފައިވާ އިމާރާތެއް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށްފަހުގައެވެ. އެގޮތުން ކުޑަ ހުރާއަށްވެސް 21ހާސް އަކަ ފޫޓުގެ ބިމެއް ކުއްޔަށް ދޫކޮށްފައިވާއިރު، މިއީ ދެ ފަންގިފިލާގެ 50 ކޮޓަރީގެ އިމާރާތެކެވެ.

"އަޅުގަނޑުމެން ކައުންސިލްއަށް އައި އިރުވެސް މިތަން ހުރީ 10 އަހަރަށް ކުއްޔަށްދީފައި، ކައުންސިލްގެ ތިއްބާ މިމުއްދަތު ވަނީ ހަމަވެފައި، އެގޮތުން މިކަމާއި މަޝްވަރާކުރުމަށްފަހު ރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތް ދެވެން އަންނަނީ ކައުންސިލައަށް ފާއިސާގެ އެހީތެރިކަމެއް ލިބިގެން ކަމަށް. އެގޮތުން މަޝްވަރާކުރުމަށްފަހު ނިންމީ 15 މިލިއަން އެޑްވާންސްއަށް ނެގުމަށް" ކައުންސިލްގެ ނައިބް ރައީސް ފަޔާޒް އިބްރާހިމް ވިދާޅުވިއެވެ.

އެތަން ކުއްޔަށް ދޫކުރުމަށްފަހު ލިބުނު 15 މިލިއަން ރުފިޔާއިން ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްވަނީ ކޮށްފައެވެ. އެގޮތުން އޭރު ނަރުދަމާގެ ޚިދުމަތް ނުލިބި ހުރި 160 ގެއަކަށް މިޚިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް ކައުންސިލްއިން ބުންޏެވެ. އަދި އެމަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށްޓަކައި ސަރުކާރުން 7.8 މިލިއަން ރުފިޔާ ކައުންސިލްއަށްވަނީ ދީފައެވެ.

ހުރާ އިންޖީނުގެ

މި އިމާރާތުން ކޮންމެ މަހަކު ހުރާ ކައުންސިލަށް ލާރި ލިބެމުންދާއިރު އެކައުންސިލަށް އެންމެ ބޮޑު އާމްދަނީ ވަންނަ އެއްތަނަކީ އެރަށުގެ ރައްޔިތުންގެ އިންޖީނުގެއިންނެވެ.

ކައުންސިލްގެ ބެލުމުގެ ދަށުގައި ތިބި އެތައް މުވައްޒަފުންނަކާއި އެކު މިއިންޖީނުގެ ހިންގަމުންދަނީ ވަރަށް ފުރިހަމައަށެވެ. 24 ގަޑިއިރު ރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއެވެ. މިކަމުގައި ރައްޔިތުންގެ ޝަކުވާ އެއްވެސް ނެތެއެވެ.

އެހެންނަމަވެސް ކައުންސިލްއިން ބުނަމުންދަނީ ރަށުގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން އިންޖީނުގެ އަޕްގްރޭޑް ކުރަންޖެހޭ ކަމަށެވެ.

މިއިންޖީނުގެއިން ހުރާގެ ރައްޔިތުންނަށް ޚިދުމަތްދޭން ފެށީ 2000 ވަނަ އަހަރުއެވެ.

އިންޖީނުގެ ސުޕަވައިޒަރ އަބްދުﷲ ނާޒިމް ރާއްޖެއެމްވީ އާއި ވާހަކަދައްކަމުން ވިދާޅުވީ މި އިންޖީނުގެ އިމާރާތް މިހާރު ކުޑަކަމަށާއި އެހެންކަމުން އިމާރާތް ރިނޮވޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިހާރުވެސް މިމަސައްކަތް ކުރުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އިންޖީނުގެ އޮނިގަނޑުވެސް ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި ހުރީ. އޭރުގެ ހާލަތަށް ބަލާއިރު ރަނގަޅުވި ނަމަވެސް މިހާރު ހޫނު ގަދަވުމާއި، ސައުޑް ޕުރޫފް ކުރަން މިވަނީ ޖެހިފައި. ޒަމާނީ ފެންވަރަށް މިތަން ބަދަލުކުރަން ޖެހޭ. ސަރުކާރުން ވަނީ މިމަސައްކަތް ކުރިށްގެންދާނެ ކަމުގެ އިޝާރާތެއް ދީފައި" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތު ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ހަތަރު އިންޖީނުން ކަމަށާއި އޭގެ ތެރޭގައި އެހެންކަމުން 500 ކޭވީއޭއާއި، 450 ކޭވީގެ ދެ އިން އިންޖީނާއި އަދި 100 ކޭވީއޭގެ އެއް އިންޖީނު ކަމަށެވެ.

މިވަގުތަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ގޮތާއި މެދު ހިތްހަމަޖެހޭ ކަމަށް ފާހަގަކުރަމުން ނާޒިމް ވިދާޅުވީ ރަށުން އަލަށް ގޯތި ދޫކުރަން ތައްޔާރުވަމުންދާއިރު، އައު އިންޖީނުތައް ހޯދުމަށް ކައުންސިލްގެ ވިސްނުން އެބަހުރި ކަމަށެވެ.

ނާޒިމް ވިދާޅުވީ މިހާރު ކަރަންޓް ދިނުމުގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ރަށުގައި ކުރިން ހުރި ކޭބަލްތައް ނެގުމަށްފަހު އަލުން ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޑިސްޓްރިބިއުޝަން ބޮކްސްތައް ހަރުކުރުމުގެ މަސައްކަތްވެސް ބަޔަކާއި ހަވާލުކޮށްގެން ކުރިއަށް އެބަދެއެވެ. މިހުރިހާ ކަމަކީވެސް އިންޖީނުގެ ހިންގައިގެން ހޯދަމުންދާ ފާއިދާއިން ކައުންސިލްއިން ކުރަމުންގެންދާ މަސައްކަތްތަކެވެ.

ކަރަންޓްގެ ތިން ވަނަ ފޭސް އަޕްގްރޭޑް ކުރުމަށްޓަކައި ތިން ކައުންސިލަރުންނާއި އިންޖީނުގޭ މުވައްފަޒުންގެ އިތުރުން މިކަމުގައި ބައިވެރިވާ ޒުވާންކުދިން ކުރަމުންދާ ކަން ފާހަގަކުރެއްވިއެވެ.

މިމަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ނިންމާ ރައްޔިތުންނަށް ކުރިން ދެމުންއައި ޚިދުމަތަށްވުރެ ރަނގަޅަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް ފަޔާޒް ވިދާޅުވިއެވެ.

ފެނުގެ ޚިދުމަތަކީވެސް ކައުންސިލުން ފޯރުކޮށްދެމުންދާ ޙިދުމަތަކަށްވާއިރު ރަށުގެ ހުރިހާ ގެޔަކަށްވެސް މިކީދުމަތުން އަގުނަގާ ގޮތަށް؛ ޚިދުމަތް ފޯރުކޮށްދެމުންދަނީ 50 ޓަނާއި 70 ޓަނުގެ ޕްލާންޓަކުންނެވެ. އަދި ކައިރި މުސްތަޤްބަލެއްގައި އިތުރު ދެ ފެން ޕްލާންޓް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ހުރާ ފެންޕްލާންޓް

ފެނާއި ނަރުމާއާއި ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި ފޯރުކޮށްދެމުންދާއިރު މިޚިދުމަތްތައް މެދުނުކެނޑި އެންމެ ފުރިހަމައަށް ދިނުމަށްޓަކައި އެއިރެއްގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވުމަށް ކައުންސިލްގެ ނައިބް ރައީސް ފަޔާޒް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

30 ޖޫން 2018
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

12 އެޕްރީލު 2018
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު