Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަނެއްކާ އަނެއް ބަޣާވާތް، މިފަހަރު "ކަރަންޓް ބަޣާވާތް"؟

މިއަދު ވަނީ މުޅި މާލޭ ސަރަހައްދުން ކަރަންޓް ކެނޑިފައެވެ. ދިމާވި މައްސަލަ ދެނެގަނެ ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކުރިއިރު ރައީސް އަންގަވައިގެން ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 ޖޫން 2025 | އާދީއްތަ 14:22
ރައީސް މުއިއްޒު އަދި ސްޓެލްކޯ އެމްޑީ

ރައީސް މުއިއްޒު އަދި ސްޓެލްކޯ އެމްޑީ

މުޅިމާލޭ ސަރަހައްދުން ކަރަންޓް ކެނޑުނީއެވެ. މާލެ ސަރަހައްދު ހުއްޓުމަކަށް އައީއެވެ. ކަރަންޓަށް ބަރޯސާވެފައިވާ މުޅި ދިރިއުޅުން ހުއްޓުމަކަށް އައީއެވެ. ކުދި ޅަދަރިން ރޮއެ ނަގަނީއެވެ. ޓަވަރުތަކަށް އެރި މީހުން ނުފޭބުނީއެވެ. ފޭބި މީހުން ނޭރުނީއެވެ. ސްކޫލުތައް ބަންދުކުރީތީ ބެލެނިވެރިންނަށް އެކުދިން ގެއަށް އެރުވޭނެ ގޮތެއް ނެތުނީއެވެ. ފިހާރަތަކުގައި ބޮޑުތަޅު އެޅުވީއެވެ. މުވާސަލާތީ ޚިދުމަތްވެސް މެދު ކެނޑިދާނެކަމުގެ އިންޒާރުގެ ނޯޓިސް ލިބެން ފެށީއެވެ.

މާލޭގައިވެސް ދޭތެރެދޭތެރެއިން ކަރަންޓް ކެނޑެއެވެ. އެކަމަކު މިފަހުގެ ތާރީޚެއްގައި މިވަރެއް ނުވެއެވެ. މާލޭ އޭރިޔާއިން އެއްކޮށް ކަރަންޓެއް ނުކެނޑެއެވެ.

ދެނެކާ ދެނެއް ނެތެވެ. ދިމާވި މައްސަލަ ދެނެގަތުމުގައި މުޅި ސްޓެލްކޯ ހަރަކާތެރިވާން ފެށިއެވެ. ވީގޮތެއް ހޯދުމަށް އަތްފުނާ އަޅަން ފެށިއެވެ. މައްސަލަ ދިމާވީ ގްރިޑަށެވެ. ނޭނގިގެން އަދިވެސް އުޅެނީ ދިމާވި މައްސަލައެވެ. މައްސަލަ ދިމާވާން މެދުވެރިވި ސަބަބެވެ. އާދައިގެމަތިން އެމަސައްކަތް ކުރަމުން ދިޔައީ ސްޓެލްކޯ މީހުންނެވެ. އެކަން ކުރަން ޖެހޭނެ މީހުންނަކީވެސް އެއީތާއެވެ. އެކަމަކު ފެންމަތިވީ މުޅިން އެހެން ކަމެކެވެ. ކުއްލިއަކަށް އަޑު އިވުނީ މުޅިން އެހެން ވާހަކައެކެވެ. ތަފާތުވީ ރައީސުލް ޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެވެ. އެމަނިކުފާނު ވިދާޅުވި ވާހަކަފުޅެވެ.

ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ ހައްޖުގެ އަޅުކަމުގައެވެ. މައްކާގެ މާތް ބިމުގައެވެ. ކުއްލިއަކަށް ފޯކަސް އަނބުރާލައްވަން ޖެހިވަޑައިގެންނެވީ މުޅިން އެހެން ދިމާލަކަށެވެ. އަނބިކަނބަލުންނާއެކު ހައްޖުގެ އަޅުކަމުގައި ހުންނެވިނަމަވެސް މުޅި ގައުމުގެ ކަންކަން އެމަނިކުފާނު ގާތުން ބައްލަވާނެތާއެވެ. އެހެންކަމުން ހަމަ ގައުމުން ފުރާވަޑައިގެންނެވިތަނުން މިދިމާވި ޚައްސާސް ހާލަތާމެދު އިންތިހާއަށް ހާސްވެވަޑައިގަންނަވާނެތާއެވެ. ކުރުކޮށްލައްވާފައި ވަޑައިގެންނެވޭކަހަލަ ހާލަތެއް ނޫނެވެ. ވަޑައިގެން ހުންނެވީ ހައްޖުގެ އަޅުކަމަށެވެ.

އެމަނިކުފާނު ކުރެއްވީ ޓްވީޓެކެވެ. ދިމާވި މައްސަލައާ ގުޅުވާފައެވެ.

"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން." މައްކާގައި ހުންނަވާ އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ބަސްބުނި ހިނދުން ފުލުސް ފޯސްވެސް ހަރަކާތެރިވާން ފެށިއެވެ. އެމީހަކާ އެމީހެކެވެ. ރައީސް އެވިދާޅުވި މައްސަލަ ބަލާށެވެ.

މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ މައްސަލައާ ގުޅިގެން، އެ ކަން ހިނގި ގޮތް ބެލުމަށް ޚާއްސަ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.

ވަރަށް ކުޅަދާނައެވެ. ރައީސް ވިދާޅުވިގޮތައް ރައީސްގެ އިރުޝާދުގެ ދަށުން ވަގުތުން ވަގުތައް ތަހުގީގު ފެށީއެވެ. އެވެސް ޚާއްޞަ ތަހުގީގެކެވެ. ވަރަށް ޚާއްޞަ ތަހުގީގެކެވެ. ރައީސް އެންގެވިގޮތައް އެހާމެ ބޮޑު އިސްކަމެއް ދެއްވައިގެންނެވެ.

ތަހުގީގަށްކަމެއް ނުވަތަ ފާހަގަވި ކަންތައްތަކެއްގެ ސަބަބުން ކަމެއް ނޭނގެއެވެ. ނޫންނަމަ ތަނުގެ ސަލާމަތަށް އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުންކަމެއް ނޭނގުނެވެ. ޔުނީފޯމު އަޅައިގެން ގައުމީ ދިފާއީ ބާރުންވެސް ސްޓެލްކޯ ތެރޭގައި ހަރަކާތްތެރިވާން ފެށީއެވެ.

ރައްޔިތުންނަށް ސިހުން ލިބުނީ އެހާހިސާބުންނެވެ. ކަރަންޓް ނެތިގެން އުޅެންޖެހުނު ހާލުގެ ތެރެއަށް އިތުރު ބޮލުގެ ރިހުމެއް ކުރިމަތިވީއެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީއެވެ. އެތައް ބައިވަރު ސުވާލު މާކެއް އުފެދުނީއެވެ. ވީކިހިނެއް ކަމެވެ. ވާން މިއުޅެނީ ކިހިނެއްކަމެވެ. ދެންވާނީ ކިހިނެއްކަމެވެ.

ވާނީވެސް އެހެންތާއެވެ. މީގެ ކުރިންވެސް ކަރަންޓް ދެއެވެ. ކުރިން ބުނިހެން ދިމާވިކަމެއް ދެނެގަތުމުގެ މަސައްކަތް ކުރަނީ ސްޓެލްކޯ މީހުންނެވެ. ކަމުގެ މާހިރުންނެވެ. އެކަމަކު ފުލުހުންގެ ތަހުގީގެއް ނުހިންގައެވެ. މާލެ އެކަންޏެއް ނޫނެވެ. އައްޑޫ ސިޓީގެ ރަށްތަކުންވެސް ކަރަންޓް ކެނޑުނެވެ. މުޅި އެސިޓީވެސް ހުއްޓުމަކަށް އައެވެ. ރައީސް ތަހުގީގެއް ކުރާކަށް ނާންގަވައެވެ. ފުލުހުން ތަހުގީގެއްވެސް ނުކުރެއެވެ.

މިސުވާލުތައް އުފެދޭ އެހެން ސަބަބެއްވެސް އެބައޮތެވެ. މަޝްހޫރު ބީއެމްއެލް ބަޣާވާތެވެ. މަޖިލިސް ބަޣާވާތެވެ. ސުޕްރީމް ކޯޓު ބަޣާވާތެވެ. ޑޮލަރު ބަޣާވާތެވެ. ސިހުރު ބަޣާވާތާއި ކުންފުނިތަކުގެ އެމްޑީންގެ ބަޣާވާތެވެ. މިހެންގޮސް ނަންހުސްކޮށް ބަޣާވާތުގެ އަޑު އިވޭތީ އާއްމުންނަށް މިފަދަ ސުވާލުތަކެއްވެސް އުފެދިދާނެތާއެވެ. ކަރަންޓް އަގުހެޔޮކުރާނެ ކަމަށް ވިދާޅުވިތާ އަދި މިއުޅެނީ ހެޔޮވަރުގެ 24 ގަޑިއިރުވެސް ނުވެގެންނެވެ. އެކަމެއް ކުރާނެ ކަމަށް އިއުލާން ކުރެއްވިއިރު ސްޓެލްކޯގެ ބޯޑާ މަޝްވަރާކުރިކަމެއް އެނގޭކަށް ނެތެވެ. އެސްޓީއޯއިން ކްރެޑިޓަށް ނެގިތެލަށް ސްޓެލްކޯއިން ފައިސާ ނުދައްކާތާ އެތައް ދުވަހެއް ވީއެވެ. އިތުބާރު ހިފޭ މަސްދަރަކުން ބުނެފައިވާ ގޮތުގައި ސްޓެލްކޯއިން އެސްޓީއޯއަށް ފައިސާ ނުދައްކަނީ، ތެޔޮ ސަބްސިޑީއަށްވާ ފައިސާ ސަރުކާރުން ނުދައްކާތީ އާއި ސަރުކާރުގެ ގިނަ އޮފީސްތަކުން ކަރަންޓު ބިލު ނުދައްކާތީ އެވެ . މިހުރިހާ އަޑުތަކުގެ އިތުރުން ސްޓެލްކޯގެ އެމްޑީވެސް ބޭރުކުރަން އުޅޭ ވާހަކައަކީވެސް ދެކެވޭ ވާހަކައެކެވެ. އަޑެއް ކިއްޔާ ރެނދެއް ލާނެއޭ ބުނާ ބީދައިން މިއީވެސް ހަގީގަތަކަށް ވެދާނެއެވެ.

ކޮންމެއަކަސް ހަގީގަތް ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. މިވީގޮތް އެނގޭނީވެސް ސްޓެލްކޯއަށެވެ. ތަހުގީގެއް ކުރަން އެންގެވި މައިގަނޑު ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށެވެ. ތަހުގީގުގައި ބަލާނެ ކަމަކާއި އޭގެން އެނގޭނެ ކަމެއް އެނގޭނީ ފުލުހުންނަށެވެ. ރައްޔިތުންނަށް އެނގޭ ކަމަކީ ކަރަންޓް ކެނޑިއްޖެ ކަމެވެ. އަދި ކުރިއާ ޚިލާފަށް ފުލުހުން ނެރެފިކަމެވެ. މިއީ އަނެއްކާ އަނެއް ބަޣާވާތްތޯ އަދި މިއީ ކަރަންޓް ބަޣާވާތްތޯ އެނގޭނީ ފުލުހުން އެއްޗެއް ބުނީމައެވެ. ނޫނީ ހަރުގެ ޖަލްސާގައި ޕީއެންސީ ކުދިންކޮޅު ބުނާ އެއްޗަކުންނެވެ. ނޫނީ މުސާރަ ދީގެން ސޯޝަލް މީޑިޔާގައި ވާހަކަ އަނބުރަން ގެންގުޅޭ ކުދިންކޮޅު ދައްކަން ފަށާ ވާހަކައަކުންނެވެ. ރައްޔިތުންނަށް އޮތީ ވާނުވާއެއް ބަލަން ތިބުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު