Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓޮމް ޕެޓީ

ޓޮމް ޕެޓީ މަރުވީ އޯވަޑޯޒްވެގެން

ޓޮމް ޕެޓީ މަރުވެފައި ވަނީ އުމުރުން 66 އަހަރުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 ޖެނުއަރީ 2018 | އަންގާރަ 05:43
ޓޮމް ޕެޓީ

ޓޮމް ޕެޓީ

މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މަރުވި މަޝްހޫރު ރޮކް ސްޓާ އަދި އެކްޓަރ ޓޮމް ޕެޓީ މަރުވީ އޯވަޑޯޒް ވެގެން ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ޓޮމް ޕެޓީ މަރުވެފައި ވަނީ ހިތް ހުއްޓިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ރޮކް ސްޓާ މަރުވުމާ ގުޅިގެން ނެރެފައިވާ ސްޓޭޓްމަންޓެއްގައި މީގެ ކުރިން ވަނީ ބުނެފައެވެ.

ޓޮމް ޕެޓީ މަރުވިގޮތް ތަހުލީލުކުރުމަށް ފަހު އާންމުކުރި ބަޔާނާ ހަވާލާދީ އޭނާގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ޕެއިން ކިލާސް މެޑިކޭޝަން" ގިނަ އަދަދަކަށް ބޭނުންކުރި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އާއިލާ އިން ބުނެފައި ވަނީ ޓޮމް ޕެޓީއަކީ ކުރިން ވެސް އުނަގަނޑުގައި ރިއްސާތީ އުޅޭ މީހެއް ކަމަށާއި އުނަގަނޑުގެ ކަށީގައި ރެނދުލާފައިވާ ކަމަށް ޑޮކްޓަރުން މީގެ ކުރިން ބުނެފައިވާ ކަމަށެވެ. އަދި އުނަގަނޑުގައި ރިއްސާތީ އޭނާ މާގިނަ އިން ބޭސް ބޭނުންކުރީ ކަމަށް ބެލެވޭ ކަމަށް ޓޮމް ޕެޓީގެ އާއިލާ އިން ނެރެފައިވާ އިއުލާނެއްގައި ވަނީ ބުނެފައެވެ.

ޓޮމް ޕެޓީ މަރުވެފައިވާއިރު އުމުރަކީ 66 އަހަރެވެ. އޭނާ މަރުވުމާ ގުޅިގެން މަޝްހޫރު މިއުޒީޝަން ޖެކް އެންޓޮނޮފް ބުނެފައި ވަނީ ޓޮމް ޕެޓީގެ މަސައްކަތަށް އޭނާ ލޯބިކުރާ ކަމަށާއި އޭނާ ދަސްކޮށްދީފައިވާ ކަންތައްތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.

ޓޮމް ޕެރީ މަރުވިއިރު ދުނިޔޭގައި ދެ ކުދިން އެބަތިއްބެއެވެ. އެއީ އާލް ޕެޓީ އަދި ކިޓީ ޕެޓީއެވެ.

އިތުރަށް ކިޔާލަން

25 ޖުލައި 2018

އޯވަޑޯޒްވެގެން ޑެމީ ލޮވާޓޯ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

25 ޖުލައި 2018
އޯވަޑޯޒްވެގެން ޑެމީ ލޮވާޓޯ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި
24 އެޕްރީލު 2018

މިނީމީ މަރުވީ އަމިއްލައަށް

24 އެޕްރީލު 2018
މިނީމީ މަރުވީ އަމިއްލައަށް
28 ޑިސެމްބަރު 2017

ކަރެން ސްޓެލާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން

28 ޑިސެމްބަރު 2017
ކަރެން ސްޓެލާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން
27 ޑިސެމްބަރު 2017

ޓޮމް އެންޑް ޖެރީ ކުރެހި ބޮބް ގިވެންސް މަރުވެއްޖެ

27 ޑިސެމްބަރު 2017
ޓޮމް އެންޑް ޖެރީ ކުރެހި ބޮބް ގިވެންސް މަރުވެއްޖެ
03 އޮކްޓޯބަރު 2017

ރޮކް ސްޓަރ ޓޮމް ޕެޓީ މަރުވެއްޖެ

03 އޮކްޓޯބަރު 2017
ރޮކް ސްޓަރ ޓޮމް ޕެޓީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު