ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 23:24
ކާބުލްގެ އިންޓަރ-ކޮންޓިނެންޓަލް ހޮޓެލް
ކާބުލްގެ އިންޓަރ-ކޮންޓިނެންޓަލް ހޮޓެލް
ރޮއިޓަރސް
އަފްޣާނިސްތާނުގެ ހަމަނުޖެހުން
ކާބުލްގެ އިންޓަރ-ކޮންޓިނެންޓަލް ހޮޓަލަށް ބަޔަކު ހަމަލާ ދީފި
ހޮޓަލުގައި މީހުން ރަހީނު ކޮށްފައި ތިބި ކަމަށް ޚަބަރު ލިބޭ
މިއީ އަފްޣާނިސްތާނުގައި އެންމެ މަގްބޫލު އެއް ހޮޓާ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އިންޓަރ-ކޮންޓިނެންޓަލް ހޮޓަލަށް ހަތިޔާރާ އެކު ބަޔަކު ވަދެ ހޮނިހިރު ދުވަހުގެ ރޭ ހަމަލާ ދީފި އެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައިވަނީ ހޮޓަލަށް ހަމަލާދިނީ ހަތިޔާރު އަޅައިގެން ތިބި 4 މީހުން ކަމަށެވެ.

ހޮޓަލަށް ހަމަލާދިން މީހުންގެ ތެރޭގައި ޖާނުން ފިދާ ވެގެން ބޮން ގޮއްވަން އުޅުނު މީހުންވެސް ހިމެނޭ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހޮޓަލުން އަލިފާނުގެ އަސަރު ފެނިފައި ވެއެވެ.

ރިޕޯޓް ތައް ބުނާ ގޮތުގައި ހޮޓަލުގައި ބައެއް މީހުން ވަނީ ރަހީނު ކޮށްފައެވެ.

ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އިންޓަރ-ކޮންޓިނެންޓަލް ހޮޓަލަކީ، އަފްޣާނިސްތާނުގެ ސަރުކާރުގެ އޮފިޝަލުންނާއި އަފްޣާނިސްތާނުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ މެދުގައި އެންމެ މަގްބޫލް ހޮޓަލެކެވެ.

މިއީ ކާބުލްގެ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ހަމަލާ ދިން ދެވަނަ ފަހަރެވެ.

2011 ވަނަ އަހަރު މި ހޮޓަލަށް ދިން ހަމަލާގައި އާއްމުންގެ 10 މީހުން މަރުވެފައި ވެއެވެ. އެ ފަހަރު ހަމަލާދިނުމަށް އައި މީހުންނަށް ހޮޓަލުގެ ސެކިއުރިޓީ ގާޑުން ހަމަލާދީ ވަނީ މަރާލާފައެވެ.

- ކޮމެންޓް