Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަން

ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ކިމިޗްއަށް

އޭނާ މި އެވޯޑު ހޯދީ 20000 އަށް ވުރެ ގިނަ ވޯޓާއެކު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2018 | ހޮނިހިރު 16:44
ޖޯޝުއާ ކިމިޗް

ޖޯޝުއާ ކިމިޗް

މިދިޔަ އަހަރު ޖަރުމަނުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކަށް ބަޔާން މިއުނިކްގެ ޒުވާން ޑިފެންޑަރު ޖޯޝުއާ ކިމިޗް ބުނެފިއެވެ.

މިދިޔަ އަހަރަކީ އުމުރުން 22 އަހަރުގެ ކުޅުންތެރިޔާއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާ މި އެވޯޑު ހޯދީ 20000 (ވިހި ހާސް) އަށް ވުރެ ގިނަ ވޯޓާއެކުއެވެ. އޭނާގެ ފަހަތުން ދެވަނައަށް ދިޔައީ ޕީއެސްޖީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖޫލިއަން ޑްރެކްސްލާއެވެ. ހަމައެހެންމެ ތިންވަނައަށް ހޮވިފައިވަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި ގޯލްކީޕަރު މާކް އެންޑާ ޓަރ ސްޓީޖެންއެވެ.

މިދިޔަ ހަ އަހަރުތެރޭ ފަސް ފަހަރު މި އެވޯޑު ހޯދި އާސެނަލްއަށް ކުޅެމުން އަންނަ އިތުބާރު މިޑްފީލްޑަރު މެސުޓް އޮޒިލް މިފަހަރުގެ އެވޯޑަށް ނޮމިނޭޓް ވެފައެއް ވެސް ނުވެއެވެ. ހަމައެހެންމެ މެޓްސް ހުމެލްސްއާ ޓޯނީ ކްރޫސްގެ އިތުރުން ތޯމަސް މުލާ ވެސް ނޮމިނޭޓް ވެފައެއް ނުވެއެވެ. މި ކުޅުންތެރިން ނޮމިނޭޓް ވެފައި ނުވަނީ މިދިޔަ އަހަރު ކުޅުނު މެޗުތައް މަދުވުމުގެ ސަބަބުންނެވެ. އެ ކުޅުންތެރިން މިދިޔަ އަހަރު މަދު މެޗު ކުޅެފައިވަނީ ޖަރުމަނުގެ ކޯޗު ޖޯކިމް ލޯ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި ގުޅިގެންނެވެ.

ބަޔާންގެ ކެޕްޓަން ފިލިޕް ލާމް ރިޓަޔާ ކުރުމާއި ގުޅިގެން ބަޔާންއާއި ޖަރުމަނުގެ ގައުމީ ޓީމުގެ ޑިފެންސްގައި އުފެދުނު ބާގަނޑު ފުރުމުގެ ބޮޑު ޒިންމާއާއި ހަވާލުވީ އޭނާއެވެ. އަދި އޭނާވަނީ މި ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. އެގޮތުން ޖަރުމަނުގެ ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކުރުމުގެ އިތުރަށް ބަޔާންއާއެކު ބުންޑެސްލީގާގެ އިތުރުން ޖަރުމަނު ސުޕާކަޕް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރު ޖަރުމަނުގެ ގައުމީ ޓީމުން ކުޅުނު 15 ބައިނަލްއަގްވާމީ މެޗުގެ ތެރެއިން ކިމިޗް ކުޅެފައި ނުވަނީ އެންމެ މެޗެއްގައެވެ. ޖަރުމަނުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު 2014 ވަނަ އަހަރުގެ 19 އަހަރުން ދަށުގެ ޔޫރޯ މުބާރާތް ކާމިޔާބުކުރި ކިމިޗް ވަނީ އޭނާގެ ކެރިއަރުގައި 158 މެޗު ކުޅެދީ 15 ލަނޑު ޖަހައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު