Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލާ ގްރޫޕްގެ ރިސޯޓްތައް

ވިލާގެ ރިސޯޓްތަކަށް ކަސްޓަމުން އެރީ އިޖުރާޢަތްތަކާއި ޚިލާފަށް: ޝަމީމް

ވިލާގެ ހުރިހާ ރިޒޯޓެއްގައިވެސް ރާ ވިއްކުމާއި ގުޅޭ ސައްޚަ ހުއްދަ އެބަހުރި: ޝަމީމް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2018 | ހޮނިހިރު 14:11
ފަން އައިލެންޑްގެ ގުދަނަށް ކަސްޓަމްސްގެ އޮފިސަރުން ވަންނަނީ

ފަން އައިލެންޑްގެ ގުދަނަށް ކަސްޓަމްސްގެ އޮފިސަރުން ވަންނަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގަމުންދާ ރިސޯޓްތަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަރައި އެ ރިޒޯޓްތައް ބަލައި ފާސްކުރަމުން ދަނީ ޖިނާއީ އިޖުރާޢަތްތަކުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ އިޖުރާޢަތްތަކާއި ޚިލާފަށް ކަމަށް، ޤާސިމް އިބްރާހިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް، އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދެވަނަ ފަހަރަށް ޤާސިމްގެ ބައެއް ރިޒޯޓްތަކަށް ކަސްޓަމްސް އޮފިސަރުންނާއި، ފުލުހުން އެރުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ވިލާގެ ރިޒޯޓްތަކުގައި ރާ ވިއްކުމަށް ދީފައިވާ ހުއްދަ ބާޠިލްކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނަމުންދާ ކަމަށާއި، ނަމަވެސް ވިލާގެ ހުރިހާ ރިޒޯޓަކަށް ވެސް ރާ ވިއްކުމާއި، ބާ ހިންގުމާއި، ރާއްޖެއަށް ރާ އެތެރެ ކުރުމަށް ދީފައިވާ ހުއްދަ ވެސް ބާޠިލް ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ މިހާރު ވެގެން އުޅޭ ހަމައެކަނި ގޮތަކީ ކަސްޓަމްސްއިން ވިލާގެ ރިޒޯޓްތަކަށް އެ ހުއްދަތަކާއި އެއްގޮތަށް ޚިދުމަތް ނުދިނުން ކަމަށާއި، އެ ޚިދުމަތް އެފަރާތުން ނުދިނުމަކީ އެ ކުންފުނިތަކުން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކަމެއް ކުރުން ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވީ ވިލާގެ ކުންފުނިތަކުގައި ހުންނާނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހޯދާފައި ހުރި މުދާ ކަމަށާއި އެއީ ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ނޫން ކަމަށެވެ.

"ވިލާގެ ރިސޯޓްތަކުގަ ރާ ވިއްކުމުގެ ކަންތައް މި ހިނގަނީ ހަމަ އެކަމަށް ކަނޑައެޅިފަ އޮންނަ ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އެތާންގަ ހުރި މުދަލަކީ އެއީ ވިލާއިން ފައިސާ ދީފަ ގަނެފަ ހުރި މުދާ. އެ މުދަލަކީ ވައްކަން ކޮށްގެން ހޯދާފަ ހުރި މުދަލެއް ނޫން. ވައްކަން ކޮށްގެން ހޯދާފަ ހުރި މުދާނަމަ އެއްކަމަކީ އެ މުދާ ލިބުނު ގޮތް ސާބިތުނުކޮށްދެވުން. މި މުދާ، އެ ރާފުޅިތައް ރާއްޖެ އެތެރެވި ގޮތާ، ރާއްޖެ އެތެރެވެގެން މިހާރު އެ ހުރި ތަނަށް ދިޔަ ގޮތާ، އެކަންކަން ހަމަ ވަރަށް ތަފްޞީލްކޮށް އެނގޭނެ ލިޔެކިޔުން އެބަހުރި ފެންނަން. އަދި އެ ލިޔެކިޔުންތައް ކަސްޓަމްސްގެ ބޭފުޅުންނަށް ބަލައިލެވޭ ގޮތަށް އެހެރީ ފެންނަން" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިކަންކަން މިހެން ހުރުމުން، ޤާނޫނާއި ޚިލާފުވެގެން އުޅެނީ ކޮން ގޮތަކުންކަން ސާފު ނުވާ ކަމަށާއި، އަދި ޤާނޫނާއި ޚިލާފުވި ނަމަވެސް، ކަސްޓަމުން މި މައްސަލައިގައި ހަވާލާދޭ ޤަވާއިދުގައި، ތުޙުމަތުކުރާ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ބަލާއިރު މިއީ ޖިނާއީ މައްސަލައެއް ނޫން ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން ޝަމީމް ވަނީ މި މައްސަލައިގައި ކަސްޓަމުން ފުލުހުންގެ ބޭނުން ކުރާ ކުރުމާއި، ކަސްޓަމްސްގެ އޮފިސަރުންނަށް ޤާނޫނީ އިޖުރާޢަތްތައް އެނގޭ މިންވަރާއި މެދު ސުވާލު އުފައްދަވާފައެވެ.

"އެބޭފުޅުން ހަވާލާދެއްވާ ޤަވާއިދަކީ، ދިވެހިރާއްޖެއަށް ރާ އެތެރެކުމާ ބެހޭގޮތުން ހަދާފަ އޮންނަ ޤަވާއިދެއް. އެ ޤަވާއިދުގަ އެކަމަށް ކަނޑައެޅިފަ އޮންނަ އަދަބަކީ ވެސް އިދާރީ އަދަބެއް. މާނައަކީ ޖިނާއީ މައްސަލައަކަށްވެގެން ފުލުހުން ބޭނުން ކުރައްވައިގެން މި ހިންގަވާ ކަންކަމަކީ، މީ އަނެއްހެން ޤާނޫނީ ގޮތުން ރަނގަޅު އިޖުރާޢަތެއް ނޫނޭ. ވާގޮތަކީ ކަސްޓަމްސްގެ ބޭފުޅުންނަކީ އާންމުކޮށް ޖިނާއީ މައްސަލަ ބައްލަވާ ބޭފުޅުންނެއް ނޫން. އެހެންވީމަ ވާގޮތަކީ ޖިނާއީ އަދުލުގެ ނިޒާމުގަ ހިނގާ ކަންކަމަށް އެހާ ފަރިތަ ނުވެދާނެ. ދެން އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް، ފޮތުގަ އޮތަކަސް އެ ފޮތް ނުކިޔަވަންޏާ އެނގިވަޑައެއް ނުގަންނަވާނޭ އޭގަ ހުރި ވާހަކައެއް. އެއީ ކަސްޓަމްސްގެ ބޭފުޅުންނަކަށް އަޅުގަނޑަށް ހިޔެއް ނުވޭ ޖިނާއީ އިޖުރާޢަތުގެ ޤާނޫނު އެހާ ރަނގަޅަށް ބައްލަވާ ލެއްވިފަ އޮތްހެނެއް. އެ ބައްލަވާ ނުލެއްވޭތީ، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގަ ކުރަން ޖެހޭ ކަމަށް ބުނާ އެތައް ބައިވަރު ކަމެއް އެބޭފުޅުން ދޫކޮށްލާފަ އެ ވަޑައިގަންނަވަނީ. ދެން އަޅުގަނޑަކަށް ހިޔެއްނުވޭ މިހާރު އެބޭފުޅުން އެ ހިންގަވާ އެއްވެސް ކަމެއް އެއީ، ކޯޓެއްގަ، ޝަރީޢަތުގެ މަޖިލީހެއްގަ، ބޭނުންކުރެވޭނެ، ހެއްކަކަށް ވެސް ނުވެސް ވާނެވެސްމެ. އެކަހަލަ ބައިވަރު އިޖުރާޢީ މައްސަލަތައް އެބޭފުޅުންގެ އެބަހުރި" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދިމާވެގެން އުޅެނީ އިދާރީ މައްސަލައެއްކަމުން، މި މައްސަލައަކީ ކްރިމިނަލް ކޯޓުން އަމުރު ނެރެގެން، ފުލުހުން ބައިވެރިކޮށްގެން ކުރިއަށްގެންދަންޖެހޭ، އަދި އެފަދަ ގޮތަކަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލާގެ ރިސޯޓްތަކުން ފުލުހުންނާއި ކަސްޓަމްސްއިން ފައިބައިފި، ބަނގުރަލާއި އޫރު މަހެއް ނުގެންދޭ!

ވިލާގެ ރިސޯޓްތަކުން ފުލުހުންނާއި ކަސްޓަމްސްއިން ފައިބައިފި، ބަނގުރަލާއި އޫރު މަހެއް ނުގެންދޭ!

18 ޖެނުއަރީ 2018
މީރާއިން ވިލާގެ ރިސޯޓަށް އެރި މައްސަލަ ކޯޓަށް ހުށަހަޅާނަން: ގައިސަރު

މީރާއިން ވިލާގެ ރިސޯޓަށް އެރި މައްސަލަ ކޯޓަށް ހުށަހަޅާނަން: ގައިސަރު

18 ޖެނުއަރީ 2018
ގާނޫނާ ހިލާފު ކަމެއް ނުކުރަން، ރިސޯޓްތަކަށް އެރީ ބިރު ދައްކަން: ވިލާ

ގާނޫނާ ހިލާފު ކަމެއް ނުކުރަން، ރިސޯޓްތަކަށް އެރީ ބިރު ދައްކަން: ވިލާ

18 ޖެނުއަރީ 2018
ގާސިމްގެ ރިސޯޓްތަކަށް ފުލުހުން އެރިނަމަވެސް ތިޔަ ގެއްލުން ދެވެނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް: ރައީސް ނަޝީދު

ގާސިމްގެ ރިސޯޓްތަކަށް ފުލުހުން އެރިނަމަވެސް ތިޔަ ގެއްލުން ދެވެނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް: ރައީސް ނަޝީދު

18 ޖެނުއަރީ 2018
ވިލާގެ ރިޒޯޓުތަކަށް އަރައި ސަރުކާރުން ހިންގާ ޖަރީމާތައް ހުއްޓާލުމަށް އެމްޑީޕީއިން ގޮވާލައިފި

ވިލާގެ ރިޒޯޓުތަކަށް އަރައި ސަރުކާރުން ހިންގާ ޖަރީމާތައް ހުއްޓާލުމަށް އެމްޑީޕީއިން ގޮވާލައިފި

17 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު