Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވަކިން ލޯބިން

ޑާކްރެއިން އިން 'ޕަރީ' ރިލީޒްކޮށްފި

18 ޖެނުއަރީ 2018 | ބުރާސްފަތި 14:53

ފިލްމު ރިލީޒް ކުރާނީ މާޗް 5 ގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 ޖެނުއަރީ 2018 | ބުރާސްފަތި 14:53
ވަކިން ލޯބިންގެ ޕޯސްޓަރެއް

ވަކިން ލޯބިންގެ ޕޯސްޓަރެއް

ދިވެހި ފިލްމް އެވޯޑްގެ ގިނަ އެވޯޑްތަކަކާއިއެކު، އަހަރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯގެ ގޮތުގައި 2017 ވަނަ އަހަރު ނިންމައިލި ޑާކް ރެއިން އެންޓަރޓެއިންމަންޓްއިން މި އަހަރު ފުރަތަމަ ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ފިލްމު، 'ވަކިން ލޯބިން' ގެ ފުރަތަމަ ޕްރޮމޯޝަނަލް ލަވަ، 'ޕަރީ' ރިލީޒްކޮށްފިއެވެ.

'ޕަރީ' އަކީ މަޝްޙޫރު މިއުޒިކް ބޭންޑް، އިކުއެޓިކް ވައިބްގެ ރީތި އަމިއްލަ ރާގުގެ ލަވައެކެވެ. 'ވަކިން ލޯބިން' ފިލްމުގެ މަންޒަރުތައް ހިމަނައިގެން ޑާކްރެއިން އެންޓަރޓެއިންމަންޓުން މި ލަވައިގެ ވީޑިއޯ ނެރުނުއިރު، އެ ސްޓޫޑިއޯއިން މީގެ ކުރިން ވަނީ މި ލަވައިގެ އޯޑިއޯ ސައުންޑްކްލައުޑްގައި އާންމުކޮށްފައެވެ.

'ވަކިން ލޯބިން' ގެ ވާހަކަ އާއި ގުޅޭގޮތުން ޑާކްރެއިން އެންޓަރޓެއިންމަންޓުން މާބޮޑު މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، މި ފިލްމުގެ ލީޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދާނީ ޑާކްރެއިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ލޯޑް ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެއެވެ.

'ޕަރީ' އިން ފެނިގެންދާ މަންޒަރުތަކަށް ބަލާއިރު މި ފިލްމުގައި ޖުމަލް ކުޅެނީ އެކަނިވެރި ބައްޕައެއްގެ ރޯލެވެ. ލަވައިން މަޖޫ ނުފެންނައިރު، ޖުމަލް އާއި ނުޒޫ އާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދިގެންދާ މަންޒަރު ފެނެއެވެ. އަދި ދޮން މަންމައެއްގެ ގޮތުގައި ޖުމަލްގެ ދަރިފުޅުގެ ހަޔާތަށް ނުޒޫ ގެނައުމަށް ދަރިފުޅާއި، ނުޒޫ އާއި އެކު ޖުމަލް ހޭދަކުރާ ވަގުތުތައްވެސް ލަވައިން ވަނީ ދައްކާފައެވެ. އެހެންކަމުން ލަފާކުރެވޭ ގޮތުގައި ފިލްމުގައި މަޖޫ ފެނިގެންދާނީ ޖުމްލަގެ ކުރީގެ އަނބިމީހާ އަދި ޖުމަލްގެ ދަރިފުޅުގެ މަންމަގެ ގޮތުގައެވެ.

ޑާކްރެއިން އެންޓަރޓެއިންމަންޓުން، މޮގަރ އާއި އެކު އައިޝަތު ފުވާދް ޕްރޮޑިއުސްކުރާ މި ފިލްމުގައި ޖުމަލް އައި މަޖޫގެ އިތުރުންވެސް ގިނަ ފަންނާނުންތަކެއް ފެނިގެންދާނެއެވެ. އެގޮތުން ޚަދީޖާ އިބްރާހިމް ދީދީ (ކުޑަ ހައްޖަ)، އަޙުމަދު ސުނީ، ޢަބްދުﷲ ޝާފިއު އިބްރާހިމް، މަރިޔަމް ޔާލާ ޝިފާއު، ޢައިޝަތު ޝްއުއާ ޝާނިޒް އަދި ހަސަން މަނިކުގެ އިތުރުން އާދަމް ރިޒްވީ، މާރިއާ ޓެރޭސާ، އިބްރާހިމް އަމާން ޙުސައިން، އަޙުމަދު ޝާކިރު، މާއިޝާ އަޙުމަދާއި މަރިޔަމް ސާޖިޔަތުވެސް މި ފިލްމުން ފެނިގެން ދާނެއެވެ. މީގެ އިތުރުންވެސް މި ފިލްމުން ބައެއް ފަންނާނުން ފެނިގެން ދާނެއެވެ.

އައިޝަތު ފުވާދް ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭވެސް އެއްގޮތަށް މި ފިލްމުގެ ވިޜުއަލް އިފެކްޓްސް ހަދާފައިވަނީވެސް އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައިވަނީ މުޙައްމަދު އިކްރާމްއެވެ.

ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މި އަހަރުގެ މާރިޗު މަހުގެ 5 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2017

"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި

09 ސެޕްޓެމްބަރު 2017
"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި
13 އޯގަސްޓު 2017

ޕްރިޔަންކާގެ "ޔަންގް އެންޑް ފްރީ" އޯޑިއޯ ރިލީޒްކޮށްފި

13 އޯގަސްޓު 2017
ޕްރިޔަންކާގެ "ޔަންގް އެންޑް ފްރީ" އޯޑިއޯ ރިލީޒްކޮށްފި
06 އޯގަސްޓު 2017

"ބޫމީ"ގެ ފުރަތަމަ ޕޯސްޓަރު ރިލީޒްކޮށްފި

06 އޯގަސްޓު 2017
"ބޫމީ"ގެ ފުރަތަމަ ޕޯސްޓަރު ރިލީޒްކޮށްފި
02 އޯގަސްޓު 2017

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި

02 އޯގަސްޓު 2017
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި
15 ޖުލައި 2017

"ޖައްގާ ޖާސޫސް" ރިލީޒްކޮށްފި

15 ޖުލައި 2017
"ޖައްގާ ޖާސޫސް" ރިލީޒްކޮށްފި
01 ޖުލައި 2017

ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި

01 ޖުލައި 2017
ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި
18 މެއި 2017

"ޓިއުބްލައިޓް" ގެ ރޭޑިއޯ ލަވަ ރިލީޒްކޮށްފި

18 މެއި 2017
"ޓިއުބްލައިޓް" ގެ ރޭޑިއޯ ލަވަ ރިލީޒްކޮށްފި
12 މާރިޗު 2017

ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

12 މާރިޗު 2017
ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
09 މާރިޗު 2017

"ވިޝްކާ" ރިލީޒްކޮށްފި

09 މާރިޗު 2017
"ވިޝްކާ" ރިލީޒްކޮށްފި
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް