Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިޔަންކާ ޗޮޕްޅާ

ޕްރިޔަންކާގެ "ޔަންގް އެންޑް ފްރީ" އޯޑިއޯ ރިލީޒްކޮށްފި

މި ލަވަ ރިލީޒްކުރީ އޮގަސްޓް 11

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 އޯގަސްޓު 2017 | އާދީއްތަ 10:05
ޕްރިޔަންކާ ޗޮޕްޅާ

ޕްރިޔަންކާ ޗޮޕްޅާ

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ އާ ލަވަ "ޔަންގް އެންޑް ފްރީ"ގެ އޯޑިއޯ ރިލީޒް ކޮށްފިއެވެ.

މިލަވައަކީ އޮސްޓްރޭލިއާގެ ޑީޖޭ ވިލް ސްޕާކްސް އާއި ޕްރިޔަންކާގެ ކޮލަބްރޭޝަނެކެވެ. "ޔަންގް އެންޑް ފްރީ" ޕްރިޔަންކާގެ ޅެމަށް ވިލް ހަދާފައިވާ ރާގެކެވެ.

ޕްރިޔަންކާ ބުނީ ލަވައިގެ މައިގަނޑު ވާހަކައަކީ އަމިއްލަ މިނިވަންކަމުގެ ވާހަކަ ކަމަށެވެ.

މީގެ ކުރިން ވެސް ޕްރިޔަންކާ ވަނީ މަޝްހޫރު ލަވަ ތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

އެންމެ ފުރަތަމަ ބެލުންތެރިންނަށް ދޫކޮށްލީ "އިން މައި ސިޓީ" އިންނެވެ. މީގެ އިތުރުން "އެކްޒޯޓިކް" ފަދަ ރީތި ލަވަތަކެއް ގެނެސްދީފައި ވަނީ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޕިޓްބުލް އާއި ވިލް އައި އެމްއާ ކޮލަބްރޭޓް ވުމަށް ފަހުގައެވެ.

ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން ހޮލީވުޑްގައި ބޮޑު މަޝްހޫރު ކަމެއް ހޯދުމުގެ ކުރިން، ޕްރިޔަންކާގެ ހުނަރު ހުޅަނގަށް އެންމެ ފުރަތަމަ ދައްކައިލީ ވެސް ލަވަ ކިޔުމުންނެވެ.

އޭނާ ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމް "ބޭވޮޗް"އަށް ބެލުންތެރިންގެ އެހާ ތަރުހީބެއް ލިބިފައެއް ނުވެއެވެ.

އެހެން ނަމަވެސް "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން ކުރިއަށް އޮތް އިރު، ޕްރިޔަންކާ މިހާރު އަންނަނީ ހޮލީވުޑްގެ އިތުރު ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ "އިޒިންޓް އިޓް ރޮމޭންޓިކް" އާއި "އަ ކިޑް ލައިކް ޖޭކް" އެވެ.

މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ މާދުރީ ޑިކްސިޓްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ސީރީސްއެއްގެ މަސައްކަތް ވެސް އޭނާ ވަރަށް އަވަހަށް ފަށާނެއެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ
15 އެޕްރީލު 2017

ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު

15 އެޕްރީލު 2017
ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު
22 މާރިޗު 2017

"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް

22 މާރިޗު 2017
"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް
22 މާރިޗު 2017

ޒެއިން މަލިކްގެ އާ ލަވައިގެ އޯޑިއޯ ކޮޅެއް އާންމުކޮށްފި

22 މާރިޗު 2017
ޒެއިން މަލިކްގެ އާ ލަވައިގެ އޯޑިއޯ ކޮޅެއް އާންމުކޮށްފި
21 މާރިޗު 2017

ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ

21 މާރިޗު 2017
ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު