Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއަން އޯޕަން 2018

އޮސްޓްރޭލިއަން އޯޕަން: ޝަރަޕޯވާ ތިންވަނަ ބުރަށް، މުގުރުޒާ ކަޓައިފި

18 ޖެނުއަރީ 2018 | ބުރާސްފަތި 13:53

ތިންވަނަ ބުރުން ޝަރަޕޯވާ ޖާގަ ހޯދީ ސެވަސްޓޯވާ ސީދާ ދެ ސެޓުން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 ޖެނުއަރީ 2018 | ބުރާސްފަތި 13:53
މާރިއާ ޝަރަޕޯވާ

މާރިއާ ޝަރަޕޯވާ

އޮސްޓްރޭލިއަން އޯޕަންގެ ތިންވަނަ ބުރުން ރަޝިއާގެ މާރިއާ ޝަރަޕޯވާ ޖާގަ ހޯދިއިރު ތިންވަނައަށް ސީޑު ކުރެވުނު ސްޕެއިންގެ ގާބައިން މުގުރުޒާ ކަޓައިފިއެވެ.

މިއަހަރުގެ މުބާރާތުގެ ތިންވަނަ ބުރުން ޝަރަޕޯވާ ޖާގަ ހޯދީ ދެވަނަ ބުރުގައި 14 ވަނައަށް ސީޑު ކުރެވިފައިވާ ލެޓްވިއާގެ އެނަސްޓޭސިއާ ސެވަސްޓޯވާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަން މުބާރާތުން ޝަރަޕޯވާ ކަޓުވާލި ސެވަސްޓޯވާއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-1 އަދި 7-6 އިންނެވެ. ތިންވަނަ ބުރުގައި ޝަރަޕޯވާ ނުކުންނަން ޖެހޭނީ 21 ވަނައަށް ސީޑު ކުރެވިފައިވާ އެންޖެލިކް ކާބާއާ ދެކޮޅަށެވެ.

މި މުބާރާތް 2008 ވަނަ އަހަރު ކާމިޔާބުކުރި ޝަރަޕޯވާ މެޗުން މޮޅުވުމަށް ފަހު ބުނީ ތިން ސެޓަށް މެޗު ދިގުދެމިގެން ގޮސްދާނެ ކަމަށް ވެސް ހީކުރި ކަމަށާއި އެހެން ނަމަވެސް ދެ ސެޓުން މެޗު ނިންމާލެވުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ. ތިންވަނަ ބުރުގައި ޝަރަޕޯވާ ވާދަކުރަން ޖެހޭ ކާބާ ކޮލިފައިވީ ކްރޮއޭޝިއާގެ ޑޮނާ ވެކިޗް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

ދުނިޔޭގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ސައިމޯނާ ހޭލެޕް ތިންވަނަ ބުރަށް ދަތުރުކުރީ ސީދާ ދެ ސެޓުން ކެނެޑާގެ ޔޫޖީން ބުޗާޑް ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ހޭލެޕް ގެންދިޔައީ 6-2 އަދި 6-2 އިންނެވެ. ތިންވަނަ ބުރުގައި އޭނާ ނުކުންނާނީ އެމެރިކާގެ ލޯރެން ޑޭވިސްއާ ދެކޮޅަށެވެ.

މި މުބާރާތުގެ ތިންވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ގާބައިން މުގުރުޒާ ވަނީ ސީދާ ދެ ސެޓުން ޓައިވާންގެ ސިއޭ ސޫވެއި އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ. އުމުރުން 24 އަހަރުގެ މުގުރްޒާއަށް މި މެޗުގެ ސެޓުތައް ގެއްލުނީ 7-6 އަދި 6-4 އިންނެވެ. މުބާރާތުން ކެޓުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އޭނާ ބުނީ މެޗުން މޮޅުވާން އިދިކޮޅު ކުޅުންތެރިޔާއަށް ހައްގު ކަމަށާއި ކޯޓުގެ މައްސަލަތައް ދިމާވި ކަމަށެވެ.

މި ކުޅުންތެރިންގެ އިތުރުން ޗެކްރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާ އާއި އިނގިރޭސިވިލާތުގެ ޖޮއާނާ ކޮންޓާގެ އިތުރުން ފްރާންސްގެ ކެރޮލައިން ގާސިއާ ވަނީ ތިންވަނަ ބުރުން ޖާގަ ހޯދާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް