Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރާމާރީ ހާދިސާ

23 ސްކޫލެއްގައި ސެކިއުރިޓީ ބަލަހައްޓަން، ކަންބޮޑުވާނެ ކަމެއް ނެތް: ފުލުހުން

18 ޖެނުއަރީ 2018 | ބުރާސްފަތި 08:29

މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 ޖެނުއަރީ 2018 | ބުރާސްފަތި 08:29
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

މާލޭގެ ދެ ސްކޫލެއްގައި މާރާމާރީ ހިންގައި، ދެ ދަރިވަރަކު ޒަހަމްކޮށްލާފައި ވަނިކޮށް، މާލޭގެ 23 ސްކޫލެއްގައި ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާ ކަމަށާއި ސްކޫލު މާހައުލާ މެދު ބެލެނެވެރިން ކަންބޮޑުނުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ

ފުލުހުން އެގޮތަށް އިލްތިމާސްކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. ފުލުހުންގެ ތަރުޖަމާނު ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސްކޫލު މާހައުލުގައި ނުރައްކަލެއް ނެތް ކަމަށާއި އެކަމާ ބެލެނެވެރިން ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ބޭނުމެއް ނުވޭ ފުލުހުން ސްކޫލުތަކުގައި ބައިތިއްބާކަށް. އެއަށް ވުރެ މި ގައުމު އަމާން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، މާލޭގެ 23 ސްކޫލެއް ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ޕްރީސްކޫލުތަކުން ފެށިގެން ސާނަވީ ސްކޫލުތައް ވެސް ހިމެނޭ ގޮތަށް ކަމަށެވެ.

ތާޖުއްދީން ސްކޫލު (ޓީއެސް) އާއި ދަރުމަވަންތަ ސްކޫލުގައި ހިންގި މާރާމާރީއަކީ ކުދިންތަކެއްގެ މެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން ހިނގި މާރާމާރީއެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން މިކަންކަން ހައްލު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ތާޖުއްދީން ސްކޫލުގައި ހިނގައިދިޔަ ހާދިސާއަކީ ސްކޫލު ކުދިންތަކެއްގެ މެދުގައި ހިނގައިދިޔަ ހާދިސާއެއް ކަމަށާއި އެ މައްސަލައިގައި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް ޝިފާން ވިދާޅުވި އެވެ. އެގޮތުން 14 އަަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އިރު އޭނގެ ތެރެއިން 14 އަހަރުގެ ކުއްޖާ އައިލާގެ ބެލުމުގެ ދަށުގައި ހުރި އިރު 15 އަހަރުގެ ކުއްޖާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައަށް ބަލާ އިރު މިއީ ސްކޫލުގެ މާހައުލުގެ ތެރެއިން ދިމާވާ ކަންކަމުގެ ގޮތުގައެއް ނުފެނޭ. ދަރުމަވަންތަ ސްކޫލުގައި ހިނގައިދިޔަ ހާދިސާގައި ވެސް ފާހަގަކުރެވިފައި ވަނީ އެހެން މައްސަލަތަކެއް. އެހެން ނަމަވެސް މިދެ މައްސަލައިގައި އެއްވެސް ގުޅުމެއް ނެތް. މިދެ މައްސަލައަކީ ވެސް ވަރަށް ސީރިއަސް ދެ މައްސަލައިގެ ގޮތުގައި ދަނީ ބަލަމުން،" ޝިފާން ވިދާޅުވިއެވެ.

މި މުޖުތަމައުއަކީ ވަރަށް ފުޅާ މާހައުލެއް ކަމަށާއި މިވާހަކަތައް ދައްކަން ޖެހެނީ މިކަން ހައްލު ކުރުމަށް ކަމަށް ޝިފާން ވިދާޅުވިއެވެ. މިފަދަ ހާދިސާތައް އިތުރަށް ހިނގައިދިޔަ ނުދިނުމަށް، މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޝިފާން ވިދާޅުވިއެވެ. ސްކޫލުގެ މާހައުލަކީ ނުރައްކާތެރި މާހައުލެއް ކަމަށް ދެއްކުމަށް، ސޯޝަލް މީޑިޔާ އާއި މީޑިޔާގައި ވެސް ވާހަކަދައްކަމުންދާ ކަމަށާއި އެހެން ނަމަވެސް މިފަދަ ކަންކަން އެއްވެސް ބަޔަކު ނުކުރުމަށް ޝިފާން އިލްތިމާސްކުރެއްވިއެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލުތަކުގައި ހިންގި މާރާމާރީތަކާ ގުޅިގެން ބެލެނެވެރިންގެ ކަންބޮޑުވުން ލިބެމުންދާ ކަމަށާއި އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަަމަށެވެ.

މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، މިހަފްތާގެ ތެރޭގައި ހިނގައިދިޔަ މާރާމާރީއާ ގުޅިގެން، ސްކޫލުތަކުގެ ކަންކަން ހަރުދަނާ ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ

"އަޅުގަނޑުމެންގެ ޒިންމާއެއްގެ ގޮތުގައި މިކަން ދެނެގަނެ، ސްކޫލުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމުގެ މަސައްކަތްވަނީ ފެށިފައި. މީގެ ކުރިން ވެސް އެފަދަ އުސޫލުތަކެއް ވަނީ އެކުލަވާލެވިފައި،" ޝިހާމް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިއްމު މަސައްކަތްތަކެއް އެކުލަވާލެވިފައިވާ ކަމަށާއި މިދިޔަ އަހަރުގެ 23 އޮގަސްޓްގައި ތަންފީޒުކުރި އުސޫލުގެ ތެރެއިން ވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ސްކޫލް ތެރޭގައި ދަރިވަރުން ރައްކާތެރިކަން ކަށަވަރު ކުރުމަށް، ސްކޫލުގެ ތެރޭގެ އިތުރުން ސްކޫލުން ބޭރުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅާފައިވާނެ ކަމަށެވެ.

"ދަރިވަރުން ނުރައްކަލަށް ހުށަހެޅިފައިވާކަން އެނގޭ ހިސާބުން،އަމަލު ކުރާނެ ގޮތްތަކެއް ހިމަނާފައިވާނެ. ދަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރު ކުރުމަށްވެސް އުސޫލެއް ވަނީ ހެދިފައި. އެއްވެސް ހާލަތަކާއި ގުޅިގެން ކިޔެވުމުން ދުރަށް ޖެހިދާނެ، ނުވަތަ ޖެހިފައިވާ ކުދިން ދެނެގަނެވޭނެ އުސޫލެއް ވަނީ ކަނޑައެޅިފަ." އައްޒަ ވިދާޅުވި އެވެ.

ބުދަ ދުވަހު ދަރުމަވަންތަ ސްކޫލްގެ 14 އަހަރުގެ ދަރިވަރެއްގެ އަރިކައްޓަށް ވަޅި ހަރާފައިވާއިރު އޭނާގެ ބޮލަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އަތުގެ އިނގިލިތައް ވެސް ބިންދައިގެން ގޮސްފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

އަންގާރަ ދުވަހު ގްރޫޕަކުން ތާޖުއްދީން ސްކޫލްގެ ތެރެއަށް ވަދެ އެސްކޫލްގެ ދަރިވަރަކަށް ޙަމަލާދީފައިވާއިރު، ބުދަ ދުވަހު މެންދުރު ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު ސްކޫލް ނިންމާފައި ގެޔަށް ދަނިކޮށް ލިލީ މަގުން ވަނީ ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލާފައެވެ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް