Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޯޕަން ހައުސް އިވެންޓް

ސިންގް އެސްޓޭޓް އިން އޯޕަން ހައުސް އިވެންޓެއް ބާއްވައިފި

އެނބޫދޫ ފަޅުގައި ހިންގާ ކްރޮސްރޯޑް މޯލްޑިވްސްގައި، އިންވެސްޓްކުރުމުގެ ފުރުސަތު ރާއްޖޭގެ އިންވެސްޓަރުންނަށް ވަނީ ހުޅުވާލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޖެނުއަރީ 2018 | ބުދަ 13:25
އޯޕަން ހައުސް އިވެންޓުގެ ތެރެއިން

އޯޕަން ހައުސް އިވެންޓުގެ ތެރެއިން

ތައިލޭންޑްގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ ސިންގް އެސްޓޭޓް ޕަބްލިކް ކުންފުނިން އޯޕަން ހައުސް އިވެންޓެއް ބާއްވައިފިއެވެ.

އެ ކުންފުނިން އެނބޫދޫ ފަޅުގައި ހިންގާ ކްރޮސްރޯޑް މޯލްޑިވްސްގައި، އިންވެސްޓްކުރުމުގެ ފުރުސަތު ރާއްޖޭގެ އިންވެސްޓަރުންނަށް ވަނީ ހުޅުވާލާފައެވެ.

އާޓް ގެލަރީގައި މި އޯޕަން ހައުސް އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ހޯމަ ދުވަހު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. މި އިވެންޓްގައި ރާއްޖޭގެ 15 އިންވެސްޓަރުންނާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ވެސް ބައިވެރިވިއެވެ.

ދުނިޔޭގެ 15 އަށް ވުރެ ގިނަ ރީޓެއިލް ބްރޭންޑްތަކުން ވަނީ އެކި ދާއިރާތަކުން މި އިވެންޓްގައި ބައިވެރިވެފައެވެ.

މީގެ ތެރޭގައި ހެލްތު އެންޑް ވެލްނެސް އަދި ފުޑް އެންޑް ބެވަރޭޖަސްގައި ހަރަކާތްތެރިވާ މަޝްހޫރު ބައެއް ފަރާތްތައް ކަމުގައިވާ މެންގޯ ޓްރީ ބިސްޓްރޯ، އިންޑަސް، ކެނީ ރޮޖަރސް، ނަރަޔާ އަދި ދިވާނަ ސްޕާގެ ފަރާތުން ވަނީ މި އިވެންޓުގައި ބައިވެރިވެފައެވެ.

ސިންގް އެސްޓޭޓް ކޮންޕެނީ ލިމިޓެޑްގެ ޗީފް އޮޕަރޭޓިންގް އޮފިސަރ މރ. ތިޓީ ތޮންބެންޖަމަސް ވިދާޅުވީ މި އޯޕަން ހައުސް އިވެންޓް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައި، އިންޓަރނެޝެނަލް ބްރޭންޑްތަކުގެ މައުލޫމާތު ރާއްޖޭގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ސިންގް އެސްޓޭޓް ޕަބްލިކް ކުންފުންޏަކީ ތައިލޭންޑްގެ ރިއަލް އެސްޓޭޓް ކުންފުންޏެކެވެ. މި ކުންފުނީގެ އަމާޒަކީ ވިޔަފާރި ފުޅާކުރުމާއި، އަދި ރަނގަޅު ދިމަދިމާލުން ބިން ގަނެ އިންވެސްޓްކޮށް އިމާރާތްކުރުމެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި

23 ނޮވެމްބަރު 2017
ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި
30 އޮކްޓޯބަރު 2017

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި
22 އޮކްޓޯބަރު 2017

ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!

22 އޮކްޓޯބަރު 2017
ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!
10 އޮކްޓޯބަރު 2017

މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!

10 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!
23 ސެޕްޓެމްބަރު 2017

ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި

23 ސެޕްޓެމްބަރު 2017
ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު