Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ދިވެހި ބަސް
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ދިވެހި ބަސްފޮތުގައި "އަކުރު" ގެ ވަރަށް ގިނަ މާނަތަކެއް ވޭ

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2018 | ހުކުރު 12:06
ބޮޑު ފެންވަޅުގޭ ސީދީ ލިޔުއްވާފައިވާ ފޮތެއްގެ ބޭރުގަނޑު

ބޮޑު ފެންވަޅުގޭ ސީދީ ލިޔުއްވާފައިވާ ފޮތެއްގެ ބޭރުގަނޑު

މިއީ ދިވެހިބަހާއި، ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2008 ގައި ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހުގެ ބައިވެރިންނަށް ދީފައިވާ އަތްމަތީ ކަރުދާހުން ނަގާފައިވާ ބައެކެވެ. މި މަޟްމޫނުގައި ބަލާފައި ވާނީ "ބަހުގެ ފަހަތަށް އަންނަ އަކުރު ބޭނުންކުރެވެމުން އަންނަ ގޮތުގެ މައްޗަށެވެ.

  1. އަކުރު.

ދިވެހި ބަސްފޮތުގައި "އަކުރު" ގެ ވަރަށް ގިނަ މާނަތަކެއް ވެއެވެ. އެހެންނަމަވެސް ދިވެހިބަހުގެ ޤަވާޢިދުގައި "އަކުރު" ބޭނުންކުރެވެނީ ދެ މާނައެއްގައެވެ.

ހ. މީގެތެރެއިން އެއް މާނައަކީ ބަހުގެ: ބަހުގެއަޑުތައް ލިޔުމުން ފާޅުކޮށްދިނުމަށް ބޭނުންކުރާ ފިލިނޫން އެހެން ނިޝާންތަކެވެ. މިސާލު: {ހ} ހ، ށ، ނ، ރ، ބ، ޅ. މިފަދަ އަކުރުތަކެވެ.

{ށ} އަނެއް މާނައަކީ އެހެން ލަފުޒަކާ ގުޅިގެން ނޫނީ އޭގެ މާނަ ދޭހަނުވާ ލަފްޒުތަކެވެ. މިސާލު: އަށް، އިން، އަކީ، އެވެ، ވެސް، ގައި އަދި. މިފަދަ އަކުރު ނުވަތަ ލަފްޒުތަކެވެ.

މި ލިޔުމުގައި ބަލައިލާނީ (ށ) ގައި ބުނާ އަކުރާ ބެހޭ ގޮތުންނެވެ.

  1. އަކުރުގެ ބާވަތްތައް.

މި ދެންނެވި ބާވަތުގެ އަކުރުތައް ވެސް ބޭނުންކުރެވޭ ތަފާތު ގޮތްތަކުގެ ސަބަބުން އެތައް ބައިތަކަކަށް ބެހިފައިވެއެވެ.

2.1 ގުޅުން ދޭހަކޮށްދޭ އަކުރު.

މި ބާވަތުގެ އަކުރުތައް ބޭނުންކުރެވެނީ ޖުމުލައިގައިވާ ނަމާއި، ކަމާ ދެމެދުގައިވާ ގުޅުން އަންގައި ދިނުމަށްޓަކައެވެ. މިސާލު: ("އިން"، "އަށް" މިފަދަ އަކުރުތަކެވެ.)

ހ. އޭނާ އެ އައީ މަދަރުސާ އިން ނެވެ.

ށ. އަހަރެން ވަޙީދާ އަށް ފޮތެއް ދޭނަމެވެ.

2.2 ގުޅުވާ އަކުރު.

މި ބާވަތުގެ އަކުރުގެ ސަބަބުން އެއް ލަފުޒު އަނެއް ލަފުޒާ ގުޅުވައި ދެއެވެ. މިސާލު: ("އާއި"، "ނުވަތަ" މިފަދަ އަކުރުތަކެވެ.)

ހ. މަދަރުސާ އާއި ސްކޫލުތައް މިއަދު ބަންދެވެ.

ށ. ގަލަމެއް ނުވަތަ ފަންސުރެއް ނަމަވެސް ދީބަލާށެވެ.

2.3 ފުރިހަމަކޮށްދޭ އަކުރު.

ފުރިހަމަކޮށްދޭ އަކުރަކީ ނަމެއް، ނުވަތަ ކަމެއް، ޖުމުލައެއްގައި ގެނެވޭ އިރު އެއިން ދޭހަކޮށްދޭ މާނަ ފުރިހަމަކޮށް ހަރުދަނާ ކޮށްދިނުމަށްޓަކައި ބޭނުންކުރެވޭ އަކުރެވެ.މިސާލު: ("ފަދަ"، "އެވެ" މި ފަދަ އަކުރުތަކެވެ.)

ހ. އޭނާ ގާތު ބުނި ކޮންމެ ކަމެއް ކޮށްދޭނެއެވެ.

ށ. ނިދުމަކީ މަރު ފަދަ ޙާލަތެކެވެ.

2.4 ތަނާއި، ޒަމާނުގެ އަކުރު.

މި ބާވަތުގެ އަކުރު ބޭނުންކުރެވެނީ އެކަމެއް ފެށުނު ތަނާއި، ނިމުނު ތަން އަންގައި ދިނުމަށާއި، ކަމެއް ފެށުނު ޒަމާނާއި، ނިމޭ ހިސާބު އަންގައި ދިނުމަށްޓަކައެވެ. މިސާލު: ("ސުރެން"، "ދާންދެން" މިފަދަ އަކުރުތަކެވެ.)

ހ. ދަރުމަވަންތަ ރަސްގެފާނުގެ ޒަމާނުއްސުރެ އަދިއަދަށް ދާންދެން ދިވެހި ރާއްޖޭ ގައި މި އޮތީ މާތްވެގެންވާ އިސްލާމް ދީނެވެ.

ށ. ބަނދަރު މަތީން ސުރެން ބާޒާރު މައްޗަށް ދާންދެން މިހުން އޮތީ ތޮއްޖެހިފައެވެ.

2.5 ސުވާލުގެ އަކުރު.

މިއީ، "މިންވަރާ" މެދު، ޢަދަދާ މެދު ނުވަތަ ތަނަކާއި، މީހަކާ މެދު ނުވަތަ ސަބަބާ މެދު ސުވާކުރުމަށެވެ. އަދި ޢާއްމުކޮށް ކޮންމެ ކަމަކާމެދު ސުވާލު ކުރުމަށް ވެސް ސުވާލުގެ އަކުރު ބޭނުން ކުރެވެއެވެ. އަދި ސުވާލު ފުރިހަމަ ކުރުމަށްޓަކައި ބޭނުންކުރާ ސުވާލުގެ އަކުރުތަކެއް ވެސް ހުރެއެވެ. މިސާލު" ("ކިތައް"، "ކިހިނެއް" މިފަދަ އަކުރުތަކެވެ.)

ހ. ބަހާރުގޭގައި އުޅެނީ ކިތައް މީހުން ތަ؟

ށ. އޭނާ އެހާ އަވަހަށް އައީ ކިހިނެއް ހެއްޔެވެ؟

  1. ޢާއްމުކޮށް ބޭނުންކުރެވޭ އަކުރުތައް އެކި ބައިތަކަށް ބެހިފައިވާ ގޮތް.

ދިވެހި ބަހުގައި ވަރަށް ގިނަ އަކުރުތައް ބޭނުންކުރެވެމުން އަންނައިރު، ޢާއްމުކޮށް ބޭނުންކުރެވޭ އަކުރުތައް ބައިތަކަކަށް ބެހިފައިވާ ގޮތް:

ގުޅުން ދޭހަ ކޮށްދޭ އަކުރު ގުޅުވާ އަކުރު ފުރިހަމަ ކޮށްދޭ އަކުރު ތަނާއި، ޒަމާނުގެ އަކުރު ސުވާލުގެ އަކުރު ޖަވަބުގެ އަކުރު ގެ ނަމަ އެއް ސުރެ ކާކު ނޫނޭ ދެކެ ނަމަވެސް އަކު ސުރެން ކީކޭ ނޫން ކުރެ ނޫނީ އަކީ ދާންދެން ކިހާ ނާ ކުރެން ނުވަތަ އީ --- ކިތައް ހޫނ އިން ނޫން އާ --- ކޮބާ އާނ އަށް މެނުވީ އެވެ --- ކިހިނެއް އާނއެކޭ، އާދެ، ލައްބަ، އޯތް، ޓަކައި ފިޔަވައި މެ --- ކިހިނަކުން އާނއެކޭ، އާދެ، ލައްބަ، އޯތް، ހުރެ އާއި މާ --- ކީއް އާނއެކޭ ގައި ދެން ކަހަލަ --- ކޮން އާދެ --- ވީމާ ފަދ --- --- ލައްބަ --- އަދި ހެން --- --- އޯތް --- ވެސް --- --- --- މި އަކުރުތަކަކީ މަތީގައި ދަންނަވާފައިވާ އަތްމަތީ ކަރުދާހުގައި ނުހިމެނޭ އަކުރުތަކެކެވެ. --- ގެން --- --- --- --- ފައި --- --- --- --- ފަހެ --- ---

ކޮމެންޓް

އިތުރަށް ކިޔާލަން

ތިކިޖެހި ތާނައިގެ އަކުރުތައް.

ތިކިޖެހި ތާނައިގެ އަކުރުތައް.

18 މެއި 2018
ދިވެހިބަހުގެ ބައިތައް

ދިވެހިބަހުގެ ބައިތައް

19 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު