Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކާޖޮލް-ޝާހުރުކް ޚާން

ކާޖޮލް އާއި ޝާހުރުކް ޚާން އަނެއްކާ ވެސް އެކީގައި ފެންނަނީ

އެންމެ ފަހުން މި ދެތަރިން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް "ދިވާލޭ"އިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ޖެނުއަރީ 2018 | އަންގާރަ 07:10
ކާޖޮލް އާއި ޝާހުރުކް ޚާން

ކާޖޮލް އާއި ޝާހުރުކް ޚާން

ބޮލީވުޑްގެ ތަރިންގެ ތެރެއިން ބޮލީވުޑްގައި އެންމެ ގުޅޭ ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެއް ޖޯޑަކީ ޝާހުރުކް ޚާންއާއި ކާޖޮލް ދޭވްގަން އެވެ.

އެ ދެމީހުން އެކުގައި ކުޅެފައިވާ ފިލްމުތަކަކީ ބެލުންތެރިންގެ އެތައް ތައުރީފެއް އޮހެމުން ދިޔަ ފިލްމުތަކެވެ. އެންމެ ފަހުން މި ދެތަރިން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް "ދިވާލޭ" އިންނެވެ.

އެންމެ ފަހުން އިވިގެން މިދިޔައީ އެ ދެ މީހުން އަނެއްކާ ވެސް ސްކްރީނުގައި އެކީގައި ފެނިގެންދާ ޚަބަރެވެ. ކާޖޮލް ވެސް ވަނީ އޭނާ އާއި ޝާހުރުކް ޚާން އެކީގައި ފެންނާނެކަމަށް ބުނެފައެވެ.

މި ފަހަރު ކާޖޮލް އާއި ޝާހުރުކް ޚާން ފެނިގެން ދާނީ މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމު "ޒީރޯ" ގެ ޚާއްސަ ފެނިލުމަކުންނެވެ. ޒީރޯގައި ޝާހުރުކް ޚާނާއި އެކީގައި ލީޑު ރޯލުން ފެނިގެން ދަނީ ކެޓްރީނާ ކައިފްއާއި އަނުޝްކާ ޝަރުމާއެވެ.

ކާޖޮލް ބުނެފައިވަނީ ޝާހުރުކް ޚާނަކީ އަބަދުވެސް އޭނާ ކުރާ ކޮންމެ އެކްޓަކަށް 300 ޕަސެންޓު ދޭ މީހެއްކަމަށާއި އޭނާ އާއި އެކީ ފެނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

ޝާހުރުކް ޚާނާއި ކާޖޮލް އެކީގައި ޚާއްސަ ފެނިލުމަކުން ފެނިގެންދާއިރު ޒީރޯގައި ސަލްމާން ޚާން، ދީޕިކާ ޕަދުކޯން، ރާނީ މުކްރަޖީ، ކާޖޮލް، އާލިއާ ބަޓް، ސްރިދޭވީ، ކަރިޝްމާ ކަޕޫރު އަދި ޖޫހީ ޗަވްލާވެސް ޚާއްސަ ފެނިލުމަކުން ފިލްމުން ފެނިގެން ދާނެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 21 ގައި ނެރުމަށް ހަމަޖެހިފައިވާ ޒީރޯއިން ޝާހުރުކް ޚާން ފެންނާނީ ކުރުމީހެއްގެ ގޮތަށެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
06 ފެބުރުއަރީ 2017

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017
އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު