Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއަން އޯޕަން 2018

އޮސްޓްރޭލިއަން އޯޕަން: ޝަރަޕޯވާ ދެވަނަ ބުރަށް، ވީނަސް ކަޓައިފި

16 ޖެނުއަރީ 2018 | އަންގާރަ 07:31

ޝަރަޕޯވާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ޖަރުމަނުގެ ޓަޓިޔާނާ މަރިއާ ސީދާ ދެ ސެޓުން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 16 ޖެނުއަރީ 2018 | އަންގާރަ 07:31
މާރިއާ ޝަރަޕޯވާ ވާދަކުރި ފުރަތަމަ މެޗުގެ ތެރެއިން

މާރިއާ ޝަރަޕޯވާ ވާދަކުރި ފުރަތަމަ މެޗުގެ ތެރެއިން

އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް ރަޝިއާގެ މާރިއާ ޝަރަޕޯވާ ދެވަނަ ބުރަށް ދަތުރުކުރިއިރު އެމެރިކާގެ ވީނަސް ވިލިއަމްސް ފުރަތަމަ ބުރުން ކަޓައިފިއެވެ. އުމުރުން 30 އަހަރުގެ ޝަރަޕޯވާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ފުރަތަމަ ބުރުގައި ދުނިޔޭގެ ރޭންކިންގެ 47 ވަނައިގައި ރޭންކް ކުރެވިފައި އޮތް ޖަރުމަނުގެ ޓަޓިޔާނާ މަރިއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ޝަރަޕޯވާ ގެންދިޔައީ 6-1 އަދި 6-4 އިންނެވެ. މިއީ 2016 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ޑްރަގް ޓެސްޓަކުން ފެއިލްވުމާއި ގުޅިގެން 15 މަސްދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު ޝަރަޕޯވާ މި މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

މި މެޗު ކާމިޔާބުކުރުމަށްފަހު ވާހަކަ ދައްކަމުން ޝަރަޕޯވާ ބުނީ އޮސްޓްރޭލިއަން އޯޕަންގައި ވާދަނުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިއަހަރުގެ މުބާރާތަކީ ވަރަށް ހާއްސަ މުބާރާތެއް ކަމަށެވެ. އޭނާ ބުނީ ކޮންމެ މެޗެއް ވެސް އޭގެކުރިން ކުޅޭ މެޗަށްވުރެ އުނދަގޫވާނެ ކަމަށާއި މުބާރާތުގައި ކުރިޔަށްދިޔުން ވެގެންދާނީ ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. ދެވަނަ ބުރުގައި ޝަރަޕޯވާ ނުކުންނާނީ އަނަސްޓޭސިއާ ސެވަސްޓޯވާ އާއި ވާވަރާ ލެޕްޗެންކޯއާ ދެ ކުޅުންތެރިން ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރި ވީނަސް ވިލިމްސް ވަނީ ފުރަތަމަ ބުރުގައި ދުނިޔޭގެ ރޭންކިންގެ 87 ވަނައިގައި ރޭންކް ކުރެވިފައި އޮތް ސްވިޓްޒަލޭންޑްގެ ބެލިންޑާ ބެންސިޗް އަތުން ސީދާ ދެ ސެޓުން ބަލިވެ މުބާރާތުން ކަޓާފައެވެ. އުމުރުން 20 އަހަރުގެ ބެލިންޑާ ވީނަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ގެންދިޔައީ 6-3 އަދި 7-5 އިންނެވެ.

މެޗު ނިންމާލުމަށްފަހު ދިން އިންޓަވިއުއެއްގައި ބެލިންޑާ ބުނީ މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ވީނަސްއާ ދެކޮޅަށް ކުޅެ ބަލިވި ކަމަށާއި އޭނާ ބަލިކުރެވުނީ ހިތްވަރު ކޮށްގެން ކަމަށެވެ. ހަމައެހެންމެ މިއީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް ލިބުނު ބޮޑު ބާރެއް ކަމަށާއި މިއީ ވެސް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. މިއީ ވޭތުވެދިޔަ 20 އަހަރުތެރޭ ވިލިއަމްސް ދެބެއިން ގްރޭންޑް ސްލޭމް މުބާރާތެއްގެ ދެވަނަ ބުރުން ފެނިގެން ނުދާނެ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ކެރޮލައިނާ ޕްލިސްކޯވާ ވަނީ ފުރަތަމަ ބުރުގައި ޕެރަގުއޭގެ ވެރޯނިކާ ރޮއިގް ސީދާ ދެ ސެޓުން ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ހަމައެހެންމެ 2016 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ޖަރުމަނުގެ އެންޖެލިކް ކާބަރ ވަނީ ސީދާ ދެ ސެޓުން ހަމަ އެގައުމުގެ އެނާ ފްރީޑްސޭމް ބަލިކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް