Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާސީ އަހަރު ފެށުން

ކިޔެވުން ކުރިއަށް، ޓީޗަރުން ހަމައެއް ނުވޭ!

16 ޖެނުއަރީ 2018 | އަންގާރަ 03:12

އާދިއްތަ އަދި ހޯމަ ދުވަހުވެސް ޓީޗަރުން ހޯދަން އިއުލާންކުރި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 16 ޖެނުއަރީ 2018 | އަންގާރަ 03:12
ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަހު ދަރިވަރުން ސްކޫލުގައި

ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަހު ދަރިވަރުން ސްކޫލުގައި

ދިރާސީ އައު އަހަރުގެ ކިޔެވުން އާދިއްތަ ދުވަހު ފެށިގެން ކުރިއަށްދާއިރު، އަދިވެސް ބައެއް ސްކޫލްތަކުގައި ޓީޗަރުން ހަމަނުވެގެން ޓީޗަރުން ހޯދަން އިއުލާން ކުރަމުން އެބަދެއެވެ.

ޓީޗަރުން މަދުވުމުގެ މައްސަލަ މިފަހަރު ކުރިމަތިނުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވީ ނަމަވެސް، ހޯމަ ދުވަހުވެސް ބައެއް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހޯދަން އިއުލާން ކޮށްފައިވެއެވެ. އަދި ސްކޫލްތައް ފެށެން ހަފްތާއެއްހާ ދުވަހަށް ވެފައިވަނިކޮށް ވެސް އެތައް ސަތޭކަ ޓީޗަރުންނެއް ހޯދަން ސަރުކާރުން އިއުލާން ކުރިއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ޓީޗަރުން ހޯދަން އިއުލާން ކުރި ސްކޫލްތަކުގެ ތެރޭގައި ބ. ކިހާދޫ ސްކޫލާއި، ތ. ވިލުފުށި ސްކޫލާއި، އދ. ހަންޏާމީދޫ މަދަރުސާއާއި، ށ. މިލަންދޫ ސްކޫލާއި، މާލެ އަތޮޅު ގުޅީ ސްކޫލާއި، ގއ. ގެމަނަފުށީ ސްކޫލާއި، ށ. ޅައިމަގު ސްކޫލް ހިމެނެއެވެ. އަދި މާލޭގެ ދަރުމަވަންތަ ސްކޫލާއި، ޖަމާލުއްދީން ސްކޫލަށް ވެސް ޓީޗަރުން ހޯދަން އިއުލާން ކޮށްފައިވެއެވެ.

މިސްކޫލްތަކުގެ ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް އެކި މާއްދާތައް ކިޔަވައިދެއްވާނެ ދާއިމީ ޓީޗަރުންނާއި ކޮންޓްރެކްޓް އަދި ރިސޯސް ޓީޗަރުން ހޯދަން އެސްކޫލްތަކުން އިއުލާން ކޮށްފައިވާއިރު، އާދިއްތަ ދުވަހު ވެސް އެކި ސްކޫލްތަކަށް ޓީޗަރުން ހޯދަން އިއުލާން ކޮށްފައިވެއެވެ.

200 އަށް ވުރެ ގިނަ ސްކޫލުގައި މިއަހަރު 81،000 ދަރިވަރުން ތައުލީމު ޙާސިލްކުރާއިރު، އެކުދިންނަށް ކިޔަވައިދިނުމަށް 6،000 އެއްހާ ޓީޗަރުން މަސައްކަތް ކުރާނެއެވެ.

ރަށްރަށުގެ ސްކޫލްތަކުގައި ގިނަ އަދަދަކަށް އަދި ވެސް ޓީޗަރުން ހަމަނުވާއިރު، އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ނިމިދިޔަ ހަފްތާގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ "ކްލާހަށް ޓީޗަރަކު ހާޒިރު ނުވުމަކީި ޓީޗަރަކު ނެތުން ނޫން" ކަމަށެވެ. އަދި މިފަދަ މައްސަލަތައް ގިނައިން ދިމާވަނީ އަތޮޅުތެރޭގެ ސްކޫލްތަކަށް ކަމަށްވާތީ، އެސްކޫލްތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލްތައް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކުއްލިއަކަށް 400 އެއްހާ ޓީޗަރުން ހޯދަން އިއުލާން ކުރުމުން އެކި ފަރާތްތަކުން މިނިސްޓްރީއަށް ފާޑުކިޔުމުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ 400 އެއްހާ ޓީޗަރުން ހޯދަން އިއުލާން ކުރީ، ވީހާ ވެސް ގިނަ ދިވެހި ޓީޗަރުންނަށް ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ މިކަމުން ވެސް ދައްކައިދެނީ ސަރުކާރު ފެއިލްވެފައިވާކަން ކަމަށާއި، ސްކޫލްތަކަށް ޓީޗަރުން ހޯދަން އިއުލާންކުރަން ޖެހެނީ ސްކޫލްތައް ހުޅުވެން ހަފްތާއަކަށް ވުމުން ނޫން ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް