Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް ރިޔާސީ ޓިކެޓް

ޔާމީނަށް ޓިކެޓް ދިނުމުގައި ސައްހަ ކަމެއް ނެތް، އެކަމާ ޗެލެންޖްކުރާނަން: ގުޅިފައިވާ ޕާޓީތައް

15 ޖެނުއަރީ 2018 | ހޯމަ 14:07

ޓިކެޓް ދިނުމަކުން އަދި ފަރުނުޖެއްސޭނެ: އަމީތު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 15 ޖެނުއަރީ 2018 | ހޯމަ 14:07
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން--

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން--

ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދިނުމުގައި ގާނޫނީ ސައްހަ ކަމެއް ނެތް ކަމަށާއި އެކަމާ ޗެލެންޖްކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ހޯމަ ދުވަހުގެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރުމުގެ ބަދަލުގައި ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަކީ ހުދުމުހުތާރު ނިންމުމެއް ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނެ ގޮތް، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާކަން ފާހަގަ ކުރައްވައި، އަމީތު ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވޭނީ ދެ ގޮތަކަށް ކަމަށެވެ. ފުރަތަމަ ގޮތަކީ ޕްރައިމަރީއަކަށް ހުޅުވާލުމުން އެއްވެސް މީހަކު ޝައުގުވެރިކަން ފާޅުނުކޮށްފި ނަމަ، ޕާޓީގެ ކައުންސިލުން ނިންމައިގެން ވަކި މީހަކަށް ރިޔާސީ ޓިކެޓް ދިނުން ކަމަށް އަމީތު ވިދާޅުވިއެވެ. ދެ ވަނަ ގޮތަކީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަށް ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ޕާޓީގެ ޓިކެޓް ދެވިދާނެ ކަމަށާއި ނަމަވެސް އެގޮތަށް ނިންމޭނީ ކޮންގްރެސް އިން ނިންމައިގެން ކަމަށެވެ.

"ނަމަވެސް އޭގެ ފަހަތުން މި އޮންނަނީ ނަމަވެސް ޕާޓީގެ މުސްތަޝާރާ ވާދަކޮށް ޕާޓީގެ ޓިކެޓް ހޯދުމަށް އިތުރު މެމްބަރަކު، ނުވަތަ މެމްބަރުންތަކެއް ޝައުގުވެރިކަން ފާޅުކޮށްފައިވާ ނަމަ، އެ މެމްބަރަކަށް ނުވަތަ އެ މެމްބަރުންނާ އެކު ޕްރައިމަރީއަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށް ޓިކެޓް ހޯދުމުގެ ފުރުސަތު ދޭން ފެނޭތޯ އެ ރިޔާސީ އިންތިހާބުގެ ތާރީހުގެ އެންމެ ކައިރިކޮށް ބޭއްވޭ ޕާޓީގެ ގައުމީ ޖަލްސާގައި މަންދޫބުންގެ ވޯޓަކުން ނިންމަންވާނެ ކަމަށް،" އަމީތު ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސެއްގައި އަމީތު ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރާއްޖެއެމްވީ

އަމީތު ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމުން ފަރުނުޖެއްސޭނެ ކަމަށާއި ޕީޕީއެމުން ހިންގަމުން ދަނީ ކޯޓުން ކޮށްފައިވާ ހުކުމާއި ގާނޫނުތަކާއި ގަވާއިދާ ހިލާފަށް ކަމަށެވެ.

"އެ ދޭ ޓިކެޓުގައި ގާނޫނީ ސައްހަ ކަމެއް ވެސް ނޯންނާނެ. އަދި އެއީ ގާނޫނީ ގޮތުން އަޅުގަނޑުމެން ފަހުން ޗެލެންޖު ކުރާނެ ކެމެއް ކަން މިއަދު ދަރުބާރު ފެކްޝަނުން ދަންނަންޖެހޭނެ،" އަމީތު ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަމީތު އިތުރަށް ވިދާޅުވީ ސަރުކާރުން ހުއްޓުމެއް ނެތި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށާއި އެގޮތުން ވެސްޓް ޕާކުގެ ބިމުން ބައެއް ނުއަގުގައި ވިއްކާފައިވާ ކަމަށެވެ. ދައުލަތުގެ މަޝްރޫއުތައް ފެށުމަށް ރަށްރަށުގައި ބާއްވާ ހަފްލާތަކުގައި ރައީސް ޔާމީންގެ ކެމްޕެއިނަށް މަގުފަހިވާ ގޮތަށް އަމަލު ކުރަމުންދާތީ އެކަން ވެސް އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް