Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޅ. ހިންނަވަރު

ހިންނަވަރުގެ ފަސްގަނޑު 50 އަހަރަށް ބޭރުގެ ކުންފުންޏަކަށް، ކައުންސިލް "ފިލައިފި"، ރައްޔިތުން ވާނުވާގައި!

 ކައުންސިލަރުން މިހާރު ވިދާޅު ވަނީ އެއްބަސްވުން މިހާރު ވީތަނެއް ނޭނގޭ ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2018 | ހޯމަ 12:55
ހިންނަވަރުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ރަށުގެ ހިއްކި ބިމުގެ ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ވަނީ ކުއްޔަށް ދީފައި

ހިންނަވަރުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ރަށުގެ ހިއްކި ބިމުގެ ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ވަނީ ކުއްޔަށް ދީފައި

ޅ. ހިންނަވަރުގައި އެމްޑީޕީގެ ސަރުކާރުން ހިއްކައިދީފައިވާ ބިމުގެ ބޮޑު ބައެއް، މިހާރު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލުން ތައިލެންޑްގެ ކުންފުންޏަކަށް ދީގެން އުޅޭ ވާހަކައަކީ އެންމެ ބާރަށް ދެކެވޭ އެއް ވާހަކައެވެ. ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިމުގެ ސަރަހައްދެއް މަހަކު 30،000ރ. އަށް ދިން ވާހަކަ ރަށުގެ މީހުނަށް އެނގެނީ މީހުންގެ ތުންތުން މަތިންނެވެ.

މި ވާހަކަތަކުގެ ހަގީގަތް ހޯދުމަށް ހިންނަވަރަށް ކުރި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުން ތިބީ ވާނުވާ ނޭނގި، ބޮޑު ސުވާލު މާކެއްގެ ތެރޭގައި ކަން ފާހަގަކުރެވުނެވެ. ހިންނަވަރުގެ ރައްޔިތުންނަށް އިވެނީ އެރަށުގެ "ފަސްގަނޑުން" ބައެއް ބޭރުގެ ބަޔަކަށް ކުއްޔަށް ދީގެން އުޅޭ ވާހަކައެވެ. ބައެއް މީހުން އެކަން ޔަގީން ކުރަނީ ބޭރު ކަރައެއްގެ "ދޮންކުލައިގެ" ބަޔަކު ހިންނަވަރުގެ ހުޅަނގު ދެކުނު ފަރާތުގައި މަަސައްކަތްކުރާ ސާމާނުތަކެއް ހިފައިގެން އުޅޭތީއެވެ. އެމީހުނަށް ވެސް އެ އެއްބަސްވުމުގައި އޮތީ ކީކޭ ކަމެއް ނޭނގެއެވެ.

ނަމަވެސް ރާއްޖެއެމްވީ ކުރި މަސައްކަތުގައި ރަށުގެ ފަސްގަނޑު ބޭރުގެ ކުންފުންޏަކަށް ދިނުމަށް ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގެ މުހިންމު ބައިތައް ވަނީ ހޯދިފައެވެ. ހިންނަވަރުގައި ހިއްކާފައިވާ ބިމުގެ ބޮޑު ސަރަހައްދެއް ހުއިފިލަނޑާ އާލާކުރުމުގެ މަޝްރޫއެއް ހިންގުމަށް 50 އަހަރަށް ކުއްޔަށް ދޭން އެއްބަސްވެފައި ވަނީ އޯޝަން ކުއާޓިއާ ޕްރޮޕަޓީސް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. ތައިލެންޑްގެ މި ކުންފުންޏާ އެކު އެ އެއްބަސްވުން ވެފައި އޮތީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ދެ ވަނަ ދުވަހުއެވެ.

ތައިލެންޑްގެ ކުންފުންޏަށް ދޫކޮށްފައިވާ ސަރަހައްދު

އެއްބަސްވުމުގައި ކަންބޮޑުވާވަރުގެ ބޮޑެތި ކަންތައްތަކެއް

"މެރިން ކަލްޗަރ، މެރިން ފެކްޓަރީ ޕްރޮސެސިން ޕްރޮޖެކްޓް އެންޑް ރެސިޑެންސް" ގާއިމު ކުރުމަށް ދީފައިވާ މި އެއްބަސްވުމުގައިވާ ގޮތުން ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން ކުއްޔަށް ދީފައި ވަނީ މަހަކު 30،000.ރ ކައުންސިލަށް ލިބޭ ގޮތަކަށެވެ. މިއީ އެރަށުގައި ވިޔަފާރީގެ އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާ އަޅާ ބަލާއިރު އިންތިހާހަށް ހެޔޮ އަގެކެވެ. އަދި ބިމާ ބެހޭ ގާނޫނުގެ ހަމަތަކާ ވެސް ހިލާފު ކުއްޔެކެވެ. އެރަށު ބަނދަރު ސަރައްދުގައި މިހާރު ވެސް ހިނގަމުންދާ ކެފޭތައް ހިންގުމަށް ރަށު ކައުންސިލުން ބިން ދޫކޮށްފައި އޮތީ އަކަފޫޓެއް 2ރ. ގެ މަގުންނެވެ. ނަމަވެސް ހުއިފިލަނޑާ އާލާ ކުރުމަށްޓަކައި ކަމަށް ބުނެ ބޭރުގެ އެ ކުންފުންޏަށް ދޫކޮށްފައިވާ ބިމުގެ އަގު އަކަފޫޓަކަށް ޖެހެނީ ދެ ލާރިއެވެ.

އަނެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ތައިލެންޑްގެ ކުންފުންޏަށް ދޫކޮށްފައިވާ ބިން 50 އަހަރަށް ކުއްޔަށް ދީފައިވާއިރު ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ކޮންމެހެން ބޭނުން ވެއްޖެ ނަމަ އިތުރު އަގެއް ނެގުމަކާ ނުލައި، އެ އެއްބަސްވުމަށް 50 އަހަރު އަލުން ކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދާ ގުޅިފައިވާ އެންމެހާ ފިނޮޅުތަކާއި ފަޅުތަކާއި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގައި އިތުރު އަގެއް ނެގުމަކާ ނުލައި އެ ކުންފުންޏަށް ދިނުމަށް އިސްކަން ދޭންވާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެއްބަސްވުގައިވާ ގޮތުން އެ ބިން މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވުގައިވާ މަސައްކަތް ނިމުމަށް ފަހު ތިން ވަނަ ފަރާތަކަށް އިންވެސްޓްމަންޓް ވިއްކާލުމުގެ ހައްގު ވެސް އެ އެފަރާތަށް ލިބިގެންވެއެވެ. އެބަސްވުމުގައި ބުނެފައިވާ ގޮތުން އެ އެއްބަސްވުން ހަދާފައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުން ބާރު ލިބިގެންނެވެ. ނަމަވެސް އެއީ ކޮން ގާނޫނެއް ކަމެއް ވަކިން ބުނެފައެއް ނުވެއެވެ.

އެއްބަސްވުން ހަދާފައި ވަނީ ހައުސިން މިނިސްޓްރީން ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް

މިހާރު ބޭރުގެ ކުންފުންޏަކަށް ދޫކޮށްފައިވާ އެބިން ކުއްޔަށް ދޫކުރުމަށްޓަކައި ކުރިން އެކައުންސިލުން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭން ބަދަލު ކުރުމަށް ހައުސިން މިނިސްޓްރީގައި އެދިފައި ވަނީ ބޭރުގެ ކުންފުންޏަށް އެ ބިން ދިނުމަށް ސޮއި ކުރުމަށް ފަހު ކަމަށް ލިބިފައިވާ ލިޔެކިއުންތަކުން އެނގެއެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ކައުންސިލަށް ޖަވާބު ދީފައި ވަނީ ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތައް ދޫކުރުމަށް އެދިފައިވާ ބިމުގެ ސައިޒަކީ އެކަށީގެންވާ ވަރަށް ބޮޑު ސައިޒެއް ކަމަށެވެ. އަދި ބިން ކަނޑައަޅަން ވާނީ އެކި ބޭނުންތަކަށް ބިން ބޭނުން ކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް ލިބޭ ގޮތައް ބަލައި، ބިން އިސްރާފުނުވާނެ ގޮތަކަށް ވިސްނައިގެން ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި ދޭން ބޭނުންވާ ބިމުގެ ސައިޒު 50،000 އަކަފޫޓު ކުޑަކޮން ލަފަޔަކަށް ކައުންސިލުގައި އެދިފައި ވެއެވެ.

ހައުސިން މިނިސްޓްރީން ހިންނަވަރު ކައުންސިލުން އެދިފައިވާ ގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލު ނުކުރެވޭނެ ކަމަށް އަންގައި ފޮނުވާފައިވާ ސިޓީއެއް

މަސއްކަތްކުރާ ކުންފުނީގެ މުދާ ބެހެއްޓުމަށް އަގަކާ ނުލައި ރަށު އެހެން ސަރައްދުތަކުގައި ބެހެއްޓުމުގެ ހުއްދަ އެކުންފުންޏަށް ދީފައިވީ ނަމަވެސް އެ ކުންފުނީގެ މަސައްކަތްތަކަށް ގެނެސްފައި ހުރި މުދާ އެރަށުގެ ކުރީގެ ޕްރީ ސްކޫލުގެ އިމާރާތުގައި ވަނީ ބަހައްޓާފައެވެ. އެތަނަށް ކުއްޔެއް ދެއްކުމެއް ނެތި އަދި އެނގިފައިވާ ގޮތުން ނަމަ ކައުންސިލްގެ އެއްވެސް ލިޔެކިޔުމެއް ވެސް ނެތި ގުދަނެއްގެ ގޮތުގައި އެ ކުންފުނިން ބޭނުން ކުރަމުންދާ އިރު އެތަނަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިމާރާތެކެވެ.

ކުއްޔަށް ދިން ބިމުގައި ހަދާ އިމާރާތްތަކަށް ބޭނުންވާ ސާމާނު ހިންނަވަރު ބަނދަރު ސަރަހައްދުގައި

ކައުންސިލަރުން ބުނަނީ ސޮއިކުރި އެއްބަސްވުން ވީތަނެއް އެ ބޭފުޅުންނަކަށް ވެސް ނޭނގޭ ކަމަށް

ރައްޔިތުންނާ ގުޅުން ހުރި ބޮޑު އެއްބަސްވުމެއްގެ ވާހަކަ ރައްޔިތުންނަށް ނޭނގޭ އިރު ކައުންސިލުން މިހާރު ދޭ ޖަވާބަކީ އެ އެއްބަސްވުން ވީތަނެއް ނޭނގޭ ކަމަށެވެ. މީިގެ އިތުރުން ރާއްޖެެއެމްވީ އިން އެރަށަށް ގޮސް އެރަށުގެ ކައުންސިލަރުންނާ ބައްދަލު ކުރުމަށް ކުރި މަސައްކަތުގައި ކަށަވަރުވީ ކައުންސިލަރުން ތިބީ އެކަން ހާމަކުރާ ގޮތަށް ނޫން ކަމެވެ. ބިން ދޫކުރުމުގައި ސިއްރު ކަންތައްތަކެއް އެ ރަށު ކައުންސިލުން ހިންގާފައިވާކަން ގަބޫލުކުރެވޭ ވަރަށް ކައުންސިލަރުން އެކަން ސިއްރުކުރަން އުޅުނެވެ. އަދި މީގެ ކުރިން އެ މަޝްރޫއާ ދެކޮޅަށް ފާޅުގައި ބައެއް ރައްޔިތުން ކައިރީގައި ވާހަކަ ދެއްކެވި ބައެއް ކައުންސިލަރުން ވެސް މިހާރު އުޅުއްވަނީ ފިއްލަވައިގެންނެވެ.

ރަށުގެ ބިމުގެ ސަރައްދުން ބައެއް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖަވާބު ނުދީ ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް ވަނީ ފޯނު ނިއްވާލައްވާފައެވެ. ރާއްޖެއެމްވީ ސުވާލު ކުރުމުން ބައެއް ކައުންސިލަރުން ވެސް ވިދާޅުވީ އެ އެއްބަސްވުން މިހާރުވީ ތަނެއް ނޭނގޭ ކަމަށެވެ. އެ ގޮތުން ކައުންސިލްގެ މެމްބަރު އާދަމް އަނީސް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖެއެމްވީއަށް ވިދާޅުވީ އޭނާއަށް މިހާރު އެ އެއްބަސްވުމުގައިވާ އެއްޗެއް ނޭނގޭ ކަމަށާއި އެއްބަސްވުންވީތަން ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް ސޮއިކޮށްފައިވާ އެ އެއްބަސްވުން މީގެ މަސްތަކެއް ކުރިން ރާއްޖެޓީވީގެ ނޫސްވެރިންނަށް ފެނިފައި ވެއެވެ.

ތައިލެންޑް ކުންފުންޏަށް ދޫކޮށްފައިވާ ސަރަހައްދު

މީގެ އިތުރުން ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވެސް ވަނީ އެ އެއްބަސްވުން މިހާރު ވީ ތަނެއް ނޭނގޭ ކަމަށް ވިދާޅުވެ އެ މައުލޫމާތު ހޯދަން ދިޔަ ބައެއް މީހުނަށް ޖަވާބުދެއްވާފައެވެ. އެ ޖަވާބު އޭނާ ދެއްވީ ބިމުގެ ސަރަހައްދެއް ބޭރުގެ ބަޔަކަށްދީފައި ވާތީ އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އެރަށުގެ އާންމުންގެ ބަޔަކު މިދިޔަ މަހުގެ 18 ވަނަ ދުވަހު ކައުންސިލް އިދާރާ އަށް ދިޔުމުންނެވެ. ފޯނުން ގުޅައިގެން އެރަށުގެ ކައުންސިލަރުންގެ ބަހެއް އެކަމުގައި ނުލިބުމުން، ކައުންސިލުން އިދާރާއަށް ވެސް ރާއްޖެއެމްވީގެ ނޫސްވެރިން ދިޔައެވެ. ނަމަވެސް ހެނދުނު އޮފީހަށް ވަޑައިގެންސުރެ މީޓިންއެއްގައި ކަމަށް ވިދާޅުވެ ކައުންސިލްގެ ރައީސް ނިކުމެވަޑައެެއް ނުގެންނެވިއެވެ. ރަށުން ފުރާގަޑި ޖެހުނު އިރު ވެސް އެ ބުނާ މީޓިންއެއް ނިމުނު ކަމަކަށް ނުވެއެވެ.

ސިޔާސީ ހިޔާލު ތަފާތުވުން ބޮޑު މި ރަށުގެ ރައްޔިތުންގެ ތެރޭގައި މިއަދު ގިނަ ބަޔަކު ކިޔަނީ އެއްލަވައެއް، އެއް ރާގަކަށެވެ. ޕީޕީއެމްގެ ހަރަކާތްތަކަށް މަރުދޭ މީހުން ވެސް ފަސްގަނޑުގެ ވާހަކަ ދެއްކުމުން ރަތް މަހަށް ނުގޮވާ ވަރަށް ކައުންސިލަށް އެއްޗެހި ކިޔައެވެ. އަދި އެ މައްސަލައިގައި އަޑު އުފުލި މީހުންގެ ތެރޭގައި ވެސް ތިބީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު މީހުންނެވެ. އެ އެންމެންގެ ކަންބޮޑުވުމަކީ ވާނުވާ ނޭނގޭ ގޮތަށް ރަށުގެ ބޮޑު ސަރަހައްދެއް ދޫކޮށްލާފައިވުމެވެ. ގެދޮރުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެ ދެ ބުރެއްގެ މަތިން ބިން ހިއްކައިގެން ވެސް ހައްލެއް ނުލިބި އަދި ފަހުން ހިއްކި ބިމުން ގޯއްޗެއް ވެސް ނުލިބި އުޅެނިކޮށް ރައްޔިތުންނަށް މާބޮޑު ފައިދާއެއް ވެސް ނުވާ ގޮތަށް ބޭރުގެ ކުންފުންޏަކަށް ދިނުމުން ރައްޔިތުން ތިބީ ރުޅިގަދަވެފައެވެ. އެމީހުން އަދޭސްކުރަނީ އެއްބަސްވުމުގެ ތަފްސީލްތައް ހާމާކޮށްދިނުމަށެވެ. ގިނަ ބަޔަކު ތުހްމަތުކުރާ ގޮތުން އެ ބިން ކުއްޔަށް ދިނުމުގައި ކައުންސިލަރުން ވަނީ ނާޖައިޒް ކަންތައްތަކެއް ހިންގާފައެވެ. އަދި ކައުންސިލަށް ވެސް "މަތީ ބާރެއްގެ" ނުފޫޒު ފޯރާފައިވާ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ. އެކަން ކަށަވަރުވަނީ އެއްބަސްވުން ސިއްރުކުރުމަށް ކައުންސިލަރުން އުޅޭ ގޮތުންނެވެ. އަދި ކުރިން އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ކައުންސިލްގެ މެންބަރުން ވެސް މިހާރު "ފިތިފައި" ވާތީ އާއި އެ ވާހަކަ ދައްކަން ފަސްޖެހޭތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!

ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!

18 ޖޫން 2020
ފަސް ވަނަ ރައީސަށް ފަސް ފަހެތިން އިއްވި ހުކުމާއެކު ފަސް އަހަރަށް ޖަލު ގޮޅިއަށް!

ފަސް ވަނަ ރައީސަށް ފަސް ފަހެތިން އިއްވި ހުކުމާއެކު ފަސް އަހަރަށް ޖަލު ގޮޅިއަށް!

28 ނޮވެމްބަރު 2019
ދިވެހި ފަސްގަނޑު ދިފާއު ކޮށްފި! ދިވެހިވަންތަކަން ވެސް ދިފާއު ކުރަން ޖެހޭ

ދިވެހި ފަސްގަނޑު ދިފާއު ކޮށްފި! ދިވެހިވަންތަކަން ވެސް ދިފާއު ކުރަން ޖެހޭ

27 ޖުލައި 2019
ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

20 ޖެނުއަރީ 2019
2018: ހަތް އަހަރަށްފަހު ހައްގުތައް އިއާދަވި

2018: ހަތް އަހަރަށްފަހު ހައްގުތައް އިއާދަވި

03 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު