Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފަސް ވަނަ ރައީސަށް ފަސް ފަހެތިން އިއްވި ހުކުމާއެކު ފަސް އަހަރަށް ޖަލު ގޮޅިއަށް!

ރައީސް ޔާމީންއަށް އިއްވީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2019 | ބުރާސްފަތި 12:30
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް

މި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސަކަށް ވެވަޑައިގެންނެވި ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމަކީ މި ރާއްޖޭ އެއް ގޮތަކަށް ވުރެ ގިނަ ގޮތުން ބަދަލުކޮށްލި ވެރިކަމެކެވެ. ޤައުމުގެ އިސްތިޤުލާލާއި މިނިވަންކަން ދަމަހައްޓާ، ދުވަހަކު ނުދެކޭހާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި މޮޅު އިކޮނޮމިސްޓް މި ޤައުމު އެ ފުށުން މި ފުށަށް ޖައްސަވާލެއްވީ ހިތުހުރިހާ ގޮތަކަށެވެ. ފަސްޖެހިވަޑައިގަތުމެއް ނެތި، ހުރިހާ އާރާއި ބާރު މުށު ތެރެއަށް ލައްވައިގެން، ވެރިކަން ކުރެއްވީ ތަޚުތުގައި އިންނެވި ރަސްކަލެއް ހެންނެވެ.

އެ ރައީސްގެ ވެރިކަމުގައި ޤައުމަށް ގެނެސްދެއްވި ތަރައްޤީއާ އެއްވަރަށް، ޤައުމުގައި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައިގެ މޫ ލައިގެން ދިޔައެވެ. ފަނޑިޔާރުގެ ކިލަނބުކޮށްލާ، ޤައުމުގެ މުއައްސަސާތަކަކީ އެ ރައީސް ބޭނުންހާ ގޮތަކަށް ދުއްވަން ހުރި އަތް ގާޑިޔާތަކަކަށް ހެއްދިވިއެވެ. ޖަލު ގޮޅީގެ އެތެރެ ނުދެކޭ ސިޔާސީ ހަމަ އެންމެ ވެރިޔަކުވެސް މި ޤައުމުގައި އޭރު ނެތެވެ. ކިރިޔާވެސް ޚިޔާލު ތަފާތުވެ ދެބަސްވެވަޑައިގަންނަވާ ފަރާތްތައް މަޤާމުން ދުރުކޮށް، "ސައިޒް" ކޮށްލުމުގައި އެވަރުގެ ކުޅަދާނަ ވެރިޔަކު ނެތެވެ.

ޤައުމުގައި މީހުން މެރުން ޢާންމުވެ، ގޭންގްސްޓާރުން ފިޔަ ފަޅައިގެން ދުވީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ކިތަންމެ ބޮޑު ކުށެއް ކުރިޔަސް، އެ ވެރިޔާއަށް ވަފާތެރި ކަމުގައިވަނީނަމަ، ޖަލަކީ އެއީ ނެތްތަނެއް ކަމަށް ޤަބޫލުކޮށްގެންނެވެ. ކިތަންމެ ބޮޑު ޖަރީމާޔަކަސް، އަދި ކިތަންމެ ބޮޑު ވައްކަމަކަސް، އެކަންކަން ބަލަން ކެރޭނެ މުއައްސަސާއެއް އަދި ޝަރުއީ ކޯޓެއް މި ޤައުމުގައި އޭރު ނެތެވެ.

ވެރިންގެ ތެރޭގައި "ކަޓު" ނެގުމުގެ ސިޔާސަތެއް އިހުނަށް ވުރެ ފުޅާ ދާއިރާއެއްގައި އަށަގަނެ، ވެރިންގެ ފުށުން ކަންކަން ވަނީ ޕާޓީއަށް މެމްބަރުން އިތުރުކުރަން ހުށައެޅޭ ފޯމުގެ ޢަދަދަށް ބަލާފައެވެ. ނިކަމެތިންނަށް އަޅައިިދިން ގޯތި ގެދޮރު ހޯދަން، ފުރިހަމަވާންޖެހޭ ޝަރުޠަކީ ހަމައެކަނި ޕާޓީއަށް ވަފާތެރިވުމަށް ވެގެން ދިޔައެވެ. ވަޒީފާއެއް ހޯދަން ބޭނުންވާ މީހަކު ވިޔަސް ޖެހެނީ ހަމަ އެ އަސުރުމާ ޕާޓީއަށް ބައިއަތު ހިފާށެވެ.

ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލާ ހިތު ހުރިހާ ގޮތަކަށް ކަންތައް ކުރެއްވީ، ކައިރީގައި އާދެ ލައްބަ ކިޔަން ތިބި ކުދިން ކޮޅެއް ގޮވައިގެން ރޯ މާ ދުވާލުގައެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމު މަސްހުނިކޮށް، މުޅި ޤައުމު އޮތީ އެ ރައީސް ހިތުހުރިހާ ގޮތަކަށް ބައްޓަން ކުރަން ކަމަށް ނިންމަވައިގެން ހުންނެވީ ހިނިފުޅުވެޑުވިފައެވެ. ކަންކަން ކުރެއްވީ ދުވަހަކުވެސް ތިމަންނާ ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިދާނެ ޙާލަތެއް ދިމާނުވާނެ ކަމަށް ހީފުޅުވެވަޑައިގެން ހުންނެވިހެން ހީވާ ކަހަލައެވެ.

އެކަމަކު ތިޔަ ހީކުރެވުނީ މުޅިން ރަނގަޅަކަށް ނޫންކަން މިއަދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މަނިކުފާނަށެވެ. ލިޔެ ފާސްކޮށްފައިވާ ޤާނޫނުތަކަކީ މަނިކުފާނު ބޭނުންވާހާ ގޮތަކަށް މާނަކުރެވޭނެ އެއްޗެއް ނޫންކަށް މިއަދު މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. ކުރެއްވި ހުރިހާ ކަމަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ހީފުޅުކުރެއްވުމަކީ، ގޯހެއްކަން މިއަދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަމަ މަނިކުފާނަށެވެ.

މިކަންކަން އެންމެ ރަނގަޅަށް ސިފަވެގެން ދިޔައީ، ކޯޓު ތެރޭގައި ހުންނެވި ވަގުތު މަނިކުފާނަށް އިއްވި ޙުކުމާއެކު މޫނު މައްޗަށް ވެރިވީ މާޔޫސްކަމެވެ. ސަމުގާއެއް ނެތި ދުއްވި އޮޑިއެއްހެން އެ ރައީސްގެ ވާހަކަފުޅުތައް ކޯޓު ތެރޭގައި އަދި ކޯޓުން ބޭރުގައިވެސް ބަދަލުކުރެއްވިއިރު، ޤާނޫނުގައި ކަންކަން އޮތީ ކިހިނެއްކަން އެނގިވަޑައެއް ނުގަންނަވައެވެ. ދޫފުޅު ހަލުވި ބަސްތަކެއް ބޭނުންކުރައްވައިގެން، ވަކީލުންނަށް ވުރެ ކުޅަދާނަ ކަމަށް ބަޔަކަށް ޤަބޫލު ކުރެވުނު ނަމަވެސް، ކަން ނިމިގެން ދިޔައީ އެހެންނެއް ނޫނެވެ.

ފެށުނީއްސުރެން ތިމަން މަނިކުފާނުގެ އެކައުންޓަށް ޖަމާކުރެވުނީ ކެމްޕެއިން ފައިސާއޭ ވިދާޅުވީއިރު، އެއީ ޤާނޫނުގައި ސީދާ މަނާކުރެވިފައިވާ ކަމެއްކަން އެ ރައީސްއާ، ކައިރީގައި ތިއްބެވި ކުޅަދާނަ ވަކީލުންނަށް އެނގިވަޑައިނުގަންނަވައެވެ. ވެވުނު އެއްބަސްވުމާއި ޚިލާފުވެވަޑައިގެންނެވިކަން އަމިއްލަފުޅަށް އިޢުތިރާފުވެވަޑައިގެންނެވީ، މޮޅު ޙުއްޖަތެއް ދެއްކުމަށް ފަހުގައެވެ. މި ޝަރީޢަތުން ކަށަވަރުވީ ކަމަކީ، ޤާނޫނުގެ ހަމަ ކަންފުޅެއްވެސް އެ ރައީސަށް ހަމަ އެނގިވަޑައިނުގަންނަވާ ކަމެވެ.

ކޮންމެއަކަސް ޤާނޫނުގެ ދިގު އަތް، ގަަދަފަދަ "ގަޓު" ރައީސްއާ އަރާ ހަމަކޮށްފިއެވެ. މުޅި ޤައުމު އެ ޙުކުމަކަށް އިންތިޒާރުކޮށްގެން ތިބި ޙުކުމް މަނިކުފާނަށް އިއްވައިފިއެވެ. ފަސް ފަނޑިޔާރުން ތިއްބެވި ބެންޗުން އިއްވި، ފަސް އަހަރުގެ ޙުކުމާއި، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއާ އެކު މިއަދު އެ ރައީސަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައިވަނީ ޖަލަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި

ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި

13 އޮކްޓޯބަރު 2017
ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު،  ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު، ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

01 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު