Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން ދުވަސް

ދިވެހި ފަސްގަނޑު ދިފާއު ކޮށްފި! ދިވެހިވަންތަކަން ވެސް ދިފާއު ކުރަން ޖެހޭ

ދިވެހިންގެ ތެރޭގައި ފަހުރުވެރިކަމާއެކު ތިމަންނައަކީ ދިވެއްސެކޭ އަޑުހަރުކޮށް ބުނަން ބޭނުންވާ މީހުން ވަރަށް މަދު

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ, ރާއްޖެ އެމްވީ | 27 ޖުލައި 2019 | ހޮނިހިރު 04:24
އިނގިރޭސިންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަން ވިތާ 54 އަހަރު

އިނގިރޭސިންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަން ވިތާ 54 އަހަރު

އިނގިރޭސިންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަން ވިތާ 54 އަހަރު ވީއެވެ. އެކަމުގެ އުފަލުގައި ދިވެހި ދިދަ ވެސް ވިހުރޭތަން ފެނެއެވެ. ގައުމުގެ ކުދި ބޮޑު އެންމެން ވެސް އެކަމުގެ ފަހުރުގައި އެތިބީ ނަށާލަ ނަށާލައެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ ދިވެހި ވަންތަ ލޭ އެ ހިތެއްގައި ދައުރުވާ ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ.

ދިވެހިންނަށް މީގެ 54 އަހަރު ކުރިން ވެރިވި ފަދަ އަޅުވެތިކަމެއް ފަހަރެއްގައި ވެސް ވެރިވެއްޖެނަމަ މި ލޮބުވެތި ފަސްގަނޑުގެ ދިފާއުގައި މި ޖީލުގެ ޒުވާނުން ނިކުންނާނެބާއެވެ؟ މިހެން ހިތަށް އަރަނީ އެއްގޮތަކަށް ވެސް ދިވެހިންނަކީ ފިނޑި ބައެއް ކަމަށް ހީކުރާތީއެއް ނޫނެވެ. ނަމަވެސް މިހާރު އަޅުގަނޑުމެންގެ ލޯމަތީގައި އެނބުރެމުންދާ މަންޒރުތަކަށް ބަލާފައި އަޅުގަނޑަށް ފާހަގަ ކުރެވޭ އެއް ކަމަކީ ދިވެހިންގެ ތެރޭގައި ފަހުރުވެރިކަމާއެކު ތިމަންނައަކީ ދިވެއްސެކޭ އަޑުހަރުކޮށް ބުނަން ބޭނުންވާ މީހުން މަދުވަމުންދާ ކަމެވެ.

ހުޅަނގުގެ ގައުމުތަކުގެ "ސްޓައިލް" ތަކުގެ ފަހަތުން ބިސްމަޅި ދުއްވަމުންދާ މީހުން ރާއްޖޭގައި ގިނަ ކަމީ ވަރަށް ހިތާމަވެރި ކަމެކެވެ. އަޅާ ހެދުމުން ފަށައިގެން ވާހަކަ ދެއްކުމަށް ދަންދެން ހުންނަނީ މުޅިން ހުޅަނގުގެ ވައްޓަފާޅިއަށް ވެއްޓިފައެވެ. އެހެންކަމުން، އަނިޔާވެރިކަމެއްގެ ދަށަށް ދިވެހިން ގޮސްފިނަމަ އެދުވަހަކުން ދިވެހިންގެ ރީތި އުސޫލުތަކާއި ސަގާފަތާއި ތަރިކަ ރައްކާތެރި ކުރާނެ ދިވެހި ދަރިން ނުކުންނާނެބާއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި މޮޅު ސްޓޭޓަސްތަކަށް ބަލާލި ނަމަވެސް ފެނިގެންދަނީ ބޭރުގައުމުތަކުގެ ސަގާފަތްތަކަށް ދިވެހިން ލޯބިކުރާ ކަމުގެ ހެއްކެވެ. ދެ ރަހުމަތްތެރިއަކު އެއްވެއްޖެއްޔާ ބަައެއް ފަހަރަށް އިވޭ އެއް އަޑަކީ ދިވެހިރާއްޖޭގައި އުޅުމަކީ ފޫހި ކަޓު ކަމެކޭ ބުނާ އަޑެވެ. އަބަދުވެސް ބޭނުންވަނީ ކޮންމެވެސް އެހެން ގައުމެއްގައި ވަޒަންވެރިވާށެވެ. އެހެން ބުނާއިރު ހަގީގަތުގައިވެސް މި ފަސްގަނޑުގެ ވަޒަންވެރިކަމަކީ ލިބޭ ފަހުރެއްކަން ހަނދާން ނުވަނީހެއްޔެވެ؟

ރާއްޖޭގައި ދިވެހިވަންތަ ކަމަށް ލޯބިކުރާ މީހުން މަދުކަމަށް ބުނަން މިޖެހެނީ މިހާރު ދިވެހިންގެ ތެރޭގައި ދިވެހިބަހުން މުއާމަލާތް ކުރުމަކީ ލަދުވެތި ކަމެއް ކަމުގައި ބަލާ ބަޔަކު ވެސް އުޅޭތީއެވެ. އިނގިރޭސި ބަހުން ނޫނީ ކުޑަ ނަމަވެސް އެއްޗެއް ބުނެ ނުލެވޭ ކުދިން ރާއްޖޭގައި ގިނަ ކަމަކީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. އަލަށް ވާހަކަ ދައްކަން ފަށާ ކުޑަ ކުއްޖާގެ ދުލު ކުރިން ވެސް އެންމެ ފުރަތަމަ ބޭރުވާނީ އިނގިރޭސި ބަހެކެވެ. މިނިވަން ދުވަހުގެ އުފަލުގައި ފުޅަނދު ބުރުތަކާ އެއްޗެހި ބާއްވާއިރު މިފަދަ ކަންކަން ހިތަށް އެރުމުން ބައެއް ފަހަރު ހިނިވެސް އާދެއެވެ. އިނގިރޭސިންގެ އަތުން ދިވެހި ފަސްގަނޑު މިނިވަން ވެއްޖެއެވެ. ނަމަވެސް އެމީހުންގެ އަސަރެއް މިގައުމުން ފިލައެއް ނުދެއެވެ.

މިނިވަން ކަމަށް 100 އަހަރު ވިޔަސް ފާހަގަ ކުރެވޭނީ ހަމައެކަނި ބަޔެއްގެ އަޅުވެތިކަމުން ސަލާމަތްވިކަމޭ ބުނުމަކުން ދޮގަކަށް ނުވާނެ ކަންނޭނގެއެވެ. ފެންނަމުންދާ ހުރިހާ މަންޒަރުތަކަށް ވިސްނާލައިފިނަމަ އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ލިބޭ ފަދައެވެ. ތެދެކެވެ. ދިވެހި ފަސްގަނޑުގެ ހިމާޔަތުގައި ނުކުންނާނެ އެތަކެއް ދަރިން ތިބޭނެއެވެ. ނަމަވެސް ވަކި ހާލަތެއް މެދުވެރިވެއްޖެ ދުވަހަކުން ދިވެހިވަންތަ ކަމުގެ ދިފާއުގައި ނިކުންނަން ފަސްޖެހޭނެ ބައެއް ދިވެހިން ތިބެދާނެ ކަމަށް ބަލާ ބަޔަކުވެސް ތިބެދާނެ ކަމަށް މިއަދު ގަބޫލު ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު