Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ސޯލިހް

އެތައް ހާސް އަނިޔާއަކާ ކުރިމަތިލި ފަސްގަނޑުގައި މިއަދު ފާޅުކުރީ ކާމިޔާބީގެ އުފާ!

19 ނޮވެމްބަރު 2018 | ހޯމަ 06:11

ގިނަ އަދަދެއްގެ މީހުން އުފާ ފާޅުކުރުމުގައި ބައިވެރިވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 19 ނޮވެމްބަރު 2018 | ހޯމަ 06:11
އެމްޑީޕީ ހަރުގެ ކުރިމަތީ އުފާފާޅުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން: -އެތަނަކީ މީގެ ކުރިން އެމްޑީޕީން އެންމެ ގިނަ މުޒާހަރާތައް ބޭއްވިތަން

އެމްޑީޕީ ހަރުގެ ކުރިމަތީ އުފާފާޅުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން: -އެތަނަކީ މީގެ ކުރިން އެމްޑީޕީން އެންމެ ގިނަ މުޒާހަރާތައް ބޭއްވިތަން

އެ ފަސްގަނޑަކީ އެތައް ސަތޭކަ ބަޔަކަށް އަނިޔާ ލިބުނު ފަސްގަނޑެވެ. އެއީ އެތައް ސަތޭކަ މީހަކު ދަމާ ކޫއްތަމުން ގެންގޮސް ހައްޔަރުކުރި ތަނެވެ. އަދި އެއީ އެއް އިއްރެއްގައި ކުޑަ ހިނދުކޮޅަކަށް ވެސް މަޑު ކޮށްލުން ހުއްދަ ނުދިން ސަރައްހައްދެވެ. އެއީ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލި މައިދާނެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ހަރުގެ ކުރިމައްޗެވެ. ކުރީގެ ރައީސް ޔާމިންގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލަން ކުރި މަސައްކަތުގައި އެތައް ސަތޭކަ ބަޔަށް ފުލުހުންގެ އަނިޔާއާ ކުރިމަތިލާން ޖެހުނު ފަސްގަނޑަކީ ވެސް އެއީއެވެ. ނަމަވެސް އެ އަނިޔާތަކާ ކުރިމަތިލި އެތައް ހާސް ބަޔަކު ހަމަ އެ ސަރައްދުގައި މިއަދު އެއްވެ އެ ތިބީ އެ މީހުނަށް ލިބުނު ކާމިޔާބީ ފާހަގަކުރާށެވެ. ގިނަ އަދަދެއްގެ މީހުން އެތަނުގައި ފާޅުކުރަމުން އެތަނަކީ އެ މީހުން ކުރި މަސައްކަތަށް ލިބުނު ނަސްރުގެ އުފަލެވެ. ތަން ވެސް މީހުން ވެސް ބަދަލެއް ނުވެއެވެ. ބަދަލުވީ ގައުމުގެ ހާލަތެވެ.

މިހާރުގެ ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބި އިރު އެމްޑީޕީ ހަރުގެ ކުރިމަތީ މުޒާހަރާ ކުރަނީ: -މިރޭ ފާޅުކުރީ ސަރުކާރަށް އާދެވުމުގެ އުފާ

އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ އުފަލުގައި ރައްޔިތުންނަށްޓަކައި ބޭއްވި ބޮޑު ޖާފަތް އޮތީ އެމްޑީޕީ ހަރުގެ ކުރިމަތީ އޮތް ބޮޑުތަކުރުފާނު މަގާއި އާޓިފިޝަލް ބީޗުގައެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމުގެ އުފަލުގައި ބައިވެރި އެ ޖާފަތަށް އެތައް ހާސް ބަޔަކު ދިޔައެވެ. ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ހިނގާދިޔަ ގާނޫނާ ހިލާފު ކަންކަމާ ދެކޮޅަށް އެ ސަރައްދަށް ވަޑައިގެން އިހްތިޖާޖުގައި ބައިވެރިވަޑައިގެންނެވި އޭރުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މިއަދު އާޓިފިޝަލްބީޗްގައި އިންނެވީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައެވެ. އަދި އެހެންމެ ކުރީގެ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހުމަށް އާންމުންނަށް އެތަނުގައި ހުންނަވައިގެން އިރުޝާދު ދެއްވި ކާށިދޫ ދާއިރާގެ އޭރު މެމްބަރު މިއަދު ރައީސް ސޯލިހާ އިންވެގެން އާޓިފިޝަލް ބީޗްގައި އިންނެވީ ރާއްޖޭގެ ނައިބު ރައީސްގެ ގޮތުގައިއެވެ. އެ ދުވަހު ޖެހި ޕެޕަރ ސްޕްރޭގެ ސަބަބުން ލޯނުހުޅުވި ދިލަ ވޭން އުފުލަންޖެހުނު ގިނަ ބޭފުޅުން މިއަދު އެ ތިއްބެވީ ވަޒީރުކަމުގައެވެ. އެމްޑީޕީ ހަރުގެ ކުރިމަތީ ހުރެ މި ޖާފަތުގައި ވާހަކަ ދެއްކި މީހުން ތިބީ ރައީސް ސޯލިހްގެ ވެރިކަމަށް ފެނުނީތީ އުފަލުންނެވެ.

"ރައީސް ސޯލިހަކީ ވަރަށް ރަނގަޅު ބޭފުޅެއް. މިއަދު މި ތިބީ ވަރަށް އުފަލުން. އުއްމީދު ކުރަނީ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ދެން،" ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި އެކި ފަހަރު ހައްޔަރު ކުރި ނައީމާ މުހައްމަދު(ނައީމައްތަ) ބުންޏެވެ.

އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީގެ ހަރުގެ ކުރިމަތީ މުޒާހަރާ ކުރަނީ:-

ބޭ އިންސާފުން އަނިޔާ ލިބުނު އެތައް ބަޔަކު އެތަނަށް ޖަމާވީ އެމްޑީޕީ އިސްވެ އޮވެ ވެރިކަން ކުރާ މަންޒަރު ފެނުމުނެވެ. އެ ތާރިހީ މައިދާނަށް އުފާ ފާޅުކުރަން ޖަމާވި މީހުންގެ ތެރޭގައި ކުރީގެ ސަރުކާރު ބަދަލު ކުރުމަށް އެތައް ދުވަހެއް ވަންދެން ރަށް ރަށުގައި މަސައްކަތްކުރި މީހުން ވެސް ތިއްބެވެ.

ބައެއް މީހުނަށް މިއަދު ކުރެވޭ އުފާ އެހާ ފަސޭހައިން ބުނެދޭނެ ގޮތެއް ވެސް ނޭނގެއެވެ. އަނެއް ބަޔަކު މިއަދު އުފަލުން ރޮވުނެވެ. ރާއްޖޭގެ ތާރީހީ ބޮޑު ބަދަލު ގެނައި މީހުން މިއަދު އެ ފަސްގަނޑުގައި ތިބޭއިރު އޭގެ ކުރިން އެތަނުން އެ މީހުނަށް ލިބުނު އަނިޔާތައް ވެސް ހަނދާން ކޮށްދޭނެއެވެ. ނަމަވެސް މިއަދު ގިނަ ބަޔަކު ތިބީ އާ ރައީސްއާ އެކު އުފަލުން ކުރިއަށްދާށެވެ.

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2017

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

17 ނޮވެމްބަރު 2017
ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި
11 ނޮވެމްބަރު 2017

ޖުމްހޫރީދުވަސް: ރައްޔިތުންތިބީ ހާސްކަމާއި މާޔޫސްކަމުގައި!

11 ނޮވެމްބަރު 2017
ޖުމްހޫރީދުވަސް: ރައްޔިތުންތިބީ ހާސްކަމާއި މާޔޫސްކަމުގައި!
17 އޮކްޓޯބަރު 2017

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
06 އޯގަސްޓު 2017

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!
31 ޖުލައި 2017

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް
21 ޖުލައި 2017

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
05 އެޕްރީލު 2017

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް