Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަބްދުﷲ ޝާހިދު

އަބްދުﷲ ޝާހިދު: 25 އަހަރަށް ފަހު މަޖިލީހާ ދުރަށް!

ރައްޔިތުންގެ ބައިވެރިވުން މަޖިލީހުން ފެނުން އެއީ އާ މަޖިލީހަކަށް ކުރެވޭ އުއްމީދު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2018 | ބުރާސްފަތި 11:51
އަބްދުﷲ ޝާހިދު

އަބްދުﷲ ޝާހިދު

5 ދައުރުގެ 25 އަހަރަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުގެ މެމްބަރުކަމުން އަންނަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވާއިރު ބުދަ ދުވަހަކީ ޝާހިދު މަޖިލީހަށް ވަޑައިގެންނެވި އެންމެ ފަހު ދުވަހެވެ. ޝާހިދު ވަނީ މަޖިލީހުގެ ރައީސކަމުގެ އިތުރުން ވ. އަތޮޅުގެ މަޖިލިސް މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރުކަމާއި އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރައްވާފަ އެވެ. މީގެއިތުރުން މިހާރު އެކުލަވާލާފައިވާ ފެހި ގާނޫނުއަސާސީއާއި އޭގެ ކުރިން އަމަލުކުރަމުން ދިޔަ ނޫގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް އަބްދުﷲ ޝާހިދު ވަނީ މަސައްކަތް ކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވާގޮތުން މަޖިލީހުގައި ފަންސަވީސް އަހަރު މެދުކެނޑުމެއް ނެތި ހިދުމަތް ކޮށްދެއްވުމަށްފަހު މަޖިލީހަށް އަލްވަދާއު ކިޔުއްވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ފަހިކޮށް ދެއްވުމަށްފަހުއެވެ. ޝާހިދު ވިދާޅުވާގޮތުގައި ރައްޔިތުން ސަރުކާރަށް ފާޑުކިޔުން ހުއްޓުވުން އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނައިގެން ތިބޭ ބަޔަކު ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. ބުދަ ދުވަހު މަޖިލީހުން އަބުރުގެ ގާނޫނު އުވާލަން ފާސްކޮށްފައިވާއިރު އެގާނޫނު އުވާލުމަށް މަޖިލީހަށް ހުށައެޅުއްވީ ޝާހިދެވެ.

"ގާނޫނުގެ ސަބަބުން އެންމެ ބޮޑު އަނިޔާއެއް ތަހައްމަލުކުރީ ދިވެހި ރިޕޯޓަރުން ޖާނަލިސްޓުން ބްލޮގަރުން ރާއްޖޭގެ ޓީވީ،ސްޓޭޝަންތައް، ޓީވީ ސްޓޭޝަންތައް ވަނީ އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާކޮށްފަ، އެހެން ނަމަވެސް އެކަން މި ހުއްޓުވުނީ. އަބުރުގެ ގާނޫނު މިވަނީ އުވާލާފައި،" ޝާހިދު ވިދާޅުވި އެވެ.

އަބުރުގެ ގާނޫނުގެ އުވާލުމުގެ ބިލް ފާސްކުރި ނަމަވެސް އެބިލް ތަސްދީގު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއަށް ވާތީ އެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައިފިނަމަ އާސަރުކާރު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރާނެ ކަމަކީ ބިލްގެ ގޮތުގައި ތަސްދީގު ކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރައީސް ޔާމީން އެބިލް ތަސްދީގު ނުކުރައްވައިފިނަމަ މީޑިއާގެ ބޭފުޅުންނަށް އެ ފުރުސަތު ދިނުން އެއީ އެމަނިކުފާނުގެ ފުރަތަމަ ހަދިޔާގެ ގޮތުގައި ވެގެން ދާނެ." ޝާހިދު ވިދާޅުވި އެވެ.

މަޖިލީހުގެ 5 ދައުރު ހޭދަކުރެއްވިއިރު ކުރިމަތިވެ ވަޑައިގެންނެވި ތަޖުރިބާތައް ހިއްސާ ކުރައްވަމުން ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވުމުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް ގައުމުގެ އަމަން ބަލަހައްޓާ ބޭފުޅުން މަޖިލިސް މެމްބަރުން ނެރެގެން ގެންދިޔަ ދުވަސް އެއީ އުއްމީދު ކުރެއްވި ދުވަހެއް ނޫންކަމަށެވެ.

"މަޖިލީހުގެ ރައީސްކަން ކުރުމަށްފަހު މި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ފޮނުވާފައިހުރި މީހެއްގެ ގޮތުން އައިސް ވަނީމާ މަޖިލީސް ތެރެއިން އުފުރާލައިގެން ރާއްޖޭގެ އަމަން ބަލަހައްޓާ މީހުން މިތަނުން އަޅުގަނޑު ނެރެގެން ވެސް ގެންދިޔަ. އަޅުގަނޑު އުއްމީދު ކުރި ދުވަހެއް ނޫން އެއީކީ. އަޅުގަނޑު އުއްމީދެއް ނުކުރަން އެގޮތަށް ގެންގޮސްފާނޭ. އަޅުގަނޑާއި އަޅުގަނޑާއި އެއްކޮށް އުޅުނު މީހުން އޭގެ ތެރޭގައި މިއަދު ގައުމުގެ ރައީސެއްކަމުގައި އިންތިޚާބުވެވަޑައިގެންފައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާގޮތަށް މިތަނުން ނެރެގެން ގެންދިޔަ. އެހުންނަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރެވޭ ތަޖުރިބާތައް އިނގޭތޯ." ޝާހިދު ވިދާޅުވިއެވެ.

މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ޝާހިދު ފެނިވަޑައިގަންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިންނެވެ. ނަމަވެސް ފެނިވަޑައިގަންނަވާނީ ކޮން މަގާމަކުން ކަމެއް ހާމައެއް ނުކުރައްވައެވެ.

އާ ރައްޔިތުންގެ މަޖިލީހަކަށް ކުރެވޭ އުއްމީދަކަށް ޝާހިދު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން މަޖިލީހުން ފެނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

17 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު