Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިރާސީ އާ އަހަރު

ދިރާސީ އާއަހަރަށް ސްކޫލްތައް ތައްޔާރު؟

13 ޖެނުއަރީ 2018 | ހޮނިހިރު 13:11

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 ޖެނުއަރީ 2018 | ހޮނިހިރު 13:11
އަމީނިއްޔާ ސްކޫލްގެ އިމާރާތުގައި ކުލަ ލަނީ

އަމީނިއްޔާ ސްކޫލްގެ އިމާރާތުގައި ކުލަ ލަނީ

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށޭނެއެވެ.

މާލެ އާއި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން މާދަމާ ފަށާއިރު ފުރަތަމަ ޓާމް ޓެސްޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި 14 އިން 31 ގެ ނިޔަލަށެވެ. މީގެ އިތުރަށް ދެވަނަ ޓަމުގެ ޓެސްޓްތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 25 އިން ފެށިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އާ އަހަރުގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ސްކޫލްތައް ޑިޖިޓަލައިޒްކުރުން ހިމެނެއެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ތެރޭގައި "ޓެބްލެޓް" ބޭނުންކޮށްގެން ކިޔަވައި ދޭން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.

ދިރާސީ އާ އަހަރު ފެށޭއިރު މަރާމާތާއި އިމާރާތް ކުރުމުގެ މަސައްކަތް ބައެއް ސްކޫލްތަކުގައި އަދިވެސް ކުރިއަށް ދާއިރު އަމީނިއްޔާ ސްކޫލުގެ ދަރިވަރުން މިއަހަރުގެ ކިޔެވުން ފަށާނީ އަލަށް ހެދި އަށް ބުރީގެ އާ އިމާރާތާ އެކުގައެވެ. މިއީ ޒަމާނީ ވަސީލަތްތަކާ އެކު ހަދާފައިވާ ރީތި އިމާރާތެކެވެ.

މިއަހަރުގެ ދިރާސީ އާ އަހަރު ފެށޭއިރު ރާއްޖޭގެ ހުރިހާ ސުކޫލަކަށް ބޭނުންވާ ޓީޗަރުން ހަމައަށް ތިބޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތަކާއި ބޭނުންވާ ޝްޓޭޝަނަރީސްތައް ހަމައަށް ފޯރުކޮށްދެވިފައިވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވެފައި ވަނީ ދިރާސީ އާ އަހަރު ފެށިގެންދާއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީން ކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް މިއަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށިގެންދާއިރު ބައެއް ސްކޫލްތައް ވަނީ ދަރިންވަރުންނަށް މަރުހަބާ ކިއުމަށްޓަކައި ތައްޔާރުވެފައެވެ. އަދި މިއަދުގެ އިރުއޮއްސުނު އިރު ވެސް ބައެއް ސްކޫލްތައް މާދަމާ އަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2020

ނޮވެލް ކޮރޯނާވައިރަސް: އެފްރިކާ ބައްރުގެ ޤައުމުތައް ތައްޔާރުތަ؟

24 ފެބުރުއަރީ 2020
ނޮވެލް ކޮރޯނާވައިރަސް: އެފްރިކާ ބައްރުގެ ޤައުމުތައް ތައްޔާރުތަ؟
22 ފެބުރުއަރީ 2020

ފަނޑުވުމެއްނެތި ވިދަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ 1000 ވަނަ މެޗަށް ތައްޔާރުތަ؟

22 ފެބުރުއަރީ 2020
ފަނޑުވުމެއްނެތި ވިދަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ 1000 ވަނަ މެޗަށް ތައްޔާރުތަ؟
22 ޖުލައި 2019

ތައްޔާރުވާން ރާއްޖޭގެ ފުޓުބޯޅަ ޓީމަށް ހަތަރު އަހަރު ނުފުދުނު؟

22 ޖުލައި 2019
ތައްޔާރުވާން ރާއްޖޭގެ ފުޓުބޯޅަ ޓީމަށް ހަތަރު އަހަރު ނުފުދުނު؟
10 ޑިސެމްބަރު 2018

ޑރ. ސުވައަދީ - އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން އަބޫދާބީއިން މައްކާއަށް ދުވެފައި ދާން ތައްޔާރު ވަނީ!

10 ޑިސެމްބަރު 2018
ޑރ. ސުވައަދީ - އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން އަބޫދާބީއިން މައްކާއަށް ދުވެފައި ދާން ތައްޔާރު ވަނީ!
13 ސެޕްޓެމްބަރު 2018

އިބޫއަށް ރަސްދޫ ތައްޔާރުކޮށްލި ގޮތް ވަރަށް ފުރިހަމަ!

13 ސެޕްޓެމްބަރު 2018
އިބޫއަށް ރަސްދޫ ތައްޔާރުކޮށްލި ގޮތް ވަރަށް ފުރިހަމަ!
10 ސެޕްޓެމްބަރު 2018

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

10 ސެޕްޓެމްބަރު 2018
ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!
28 ޖޫން 2018

ކޮންގެރެސް އަށް ތައްޔާރުވެއްޖެ، ނިންމާ ނިންމުމަކީ އެހެންކަމެއް!

28 ޖޫން 2018
ކޮންގެރެސް އަށް ތައްޔާރުވެއްޖެ، ނިންމާ ނިންމުމަކީ އެހެންކަމެއް!
19 މެއި 2018

ރޯޔަލް ވެޑިން: ތައްޔާރުތަ؟

19 މެއި 2018
ރޯޔަލް ވެޑިން: ތައްޔާރުތަ؟
11 ޖެނުއަރީ 2018

ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

11 ޖެނުއަރީ 2018
ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!
22 ސެޕްޓެމްބަރު 2017

ސަރުކާރަށް ތައްޔާރުވެވުނު އިރަކުން ބާއްވާ ބައި އިލެކްޝަން!

22 ސެޕްޓެމްބަރު 2017
ސަރުކާރަށް ތައްޔާރުވެވުނު އިރަކުން ބާއްވާ ބައި އިލެކްޝަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް