Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ރާއްޖޭގައި އިސްލާމް ދީނަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ލާދީނީ ޝެއިޚުން:ފައްޔާޒު

ޝެއިޚުންގެ ވާހަކައާއި ޢަމަލާ ދިމާ ނުވީމާ ހުރިހާ ގެއްލުމެއް ލިބެނީ އިސްލާމް ދީނަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2018 | ހޮނިހިރު 20:51
ފައްޔާޒު އިސްމާއީލް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ފައްޔާޒު އިސްމާއީލް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ރާއްޖޭގައި އިސްލާމްދީނަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ލާދީނީ ޝެއިޚުންގެ ސިޔާސީ ޢަމަލްތައް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ފައްޔާޒް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމްޑީޕީގެ ބޮލުގައި ލާދީނީ ޓެގް އަޅުވައިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރިނަމަވެސް، ދީނީ ކަންކަން ކުރުމަށާއި އިސްލާމްދީން ކުރިއެރުވުމުގެ ހުރިހާ ބާރަކާއި ފުރިހަމަ މިނިވަންކަން އޭރުގެ އިސްލާމިކް މިނިސްޓްރީއަށް ހަވާލުކޮށްފައި އޮތްކަން ވިސްނާ ފިކުރުކުރާ މީހަކަށް އެނގޭނެ ކަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒް ވިދާޅުވީ އޭރު އެމްޑީޕީ ސަރުކާރަށް ސިޔާސީ ގޮތުން ލިބުނު ގެއްލުމަކީ ސިޔާސީ ހަތިޔާރަކަށް ދީން ނުހެދުން ކަމަށާއި އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ މަންފާއެއް ނުހޯއްދެވުމުން ރައީސް ނަޝީދުގެ ސަރުކާރަށް ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައި އޮވެދާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ދީން ހިމާޔަތް ކުރާ ފަހުލަވާނުންނޭ ކިޔައިގެން ނުކުންނަ މީހުން، މީހުން ރޭޕްކޮށް، މީހުންގެ މުދާ ފޭރި ޤާނޫނު އަސާސީ މުގުރާލައި އަދު އިންސާފް ޤާއިމް ނުކުރުމުގެ ސަބަބުން ހުރިހައި ގެއްލުމެއް ލިބެނީ އިސްލާމް ދީނަށް ކަމަށެވެ. އަދި ދީނާމެދު ޒުވާނުންނަށް ސުވާލު އުފެދޭ ދަރަޖައަށް ކަންކަން ވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައްކާ ވާހަކައާއި ޢަމަލާ ދިމާ ނުވީމާ ހުރިހާ ގެއްލުމެއް ލިބެނީ އިސްލާމް ދީނަށް. ދީން ހިމާޔަތްކުރަން ތިބި ދީނީ ލީޑަރުންނާއި، ދީން އައްޑަނައަކަށް ނަގައިގެންތިބި ސިޔާސީ ލީޑަރުން ކަންކަން ކުރާ ގޮތުން ބޮޑުވަމުން އަންނަ ކުދިންނަށް ދީން ފެންނަނީ އިސްލާމް ދީނަކީ ވެރިން ބޭނުން ގޮތަކަށް އެވެރިންގެ މަންފާއަށް ބޭނުންކޮށްލަން އޮންނަ އެއްޗެކޭ. އިސްލާމްދީނަށް ދިވެހިރާއްޖޭގައި މިއަދު އޮތް އެންމެބޮޑު ނުރައްކަލަކީ އަޅުގަނޑުމެންގެ ދީނީ ލީޑަރުންނޭ ކިޔައިގެން ތިއްބެވި ބޭފުޅުން އަނިޔާވެރިކަމަށް ތާއީދު ކުރައްވައި ދިފާއު ކުރައްވައި ނުވަތަ އެއަށް އަނގައި ނުބުނެ މަޑުން ތިއްބަވާ ތިއްބެވުން. އަޅުގަނޑުމެންގެ ޅަ ދަރިންގެ އީމާންތެރިކަމަށް އޮތް ބޮޑު ބިރުވެރިކަމަކީ އެތިބި "ލާދީނީ ޝެއިޚުން" އެބޭފުޅުންގެ އެއްވެސް އިންޓްރެސްޓެއް ނެތް ދީން ހިމާޔަތް ކުރާކަށް. އެބޭފުޅުންގެ އިންޓްރެސްޓް ހުރީ ސިޔާސީ ގޮތުން އެބޭފުޅުންނަށް ބާރު ހޯދުނު ގޮތަކުން އެކަމެއް ކުރުން،" ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޝެއިޚަކަށް ހުންނަ ބޭފުޅަކު ވަގަށް ކޯޓާ ވިއްކުމާއި ފާޙިޝް ޢަމަލްތައް ކުރުން ފަދަ ކަންކަން ކުރުމުން އެކަން އަންނަނީ ހަމައެކަނި ޝެއިޚާ ދިމާލަށް ނޫން ކަމަށާއި އިސްލާމް ދީނަށް ކަމަށެވެ. އެފަދަ ކަންކަން ކުރާ ޝެއިޚުންނަށް އެފަދަ ޢަމަލްތައް ހިންގާ އާދައިގެ މީހުންނަށް ލިބޭ އަދަބަށްވުރެ ބޮޑު އަދަބެއް ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިސްލާމް ދީނަށް ޓަކައިވެސް، އެފަދަ ކަމެއް ކުރާ މީހަކު ވަގުތުން ސަސްޕެންޑް ކުރަން ޖެހޭ. އަދި އެކަމެއް ސާބިތު ވެއްޖިއްޔާ އާއްމު މީހަކަށް ލިބޭ އަދަބަށްވުރެ ބޮޑު އަދަބެއް ލިބެން ޖެހޭނެ." ފައްޔާޒް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު