Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކަސްރަތު

ޑރ. ސުވައަދީ - އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން އަބޫދާބީއިން މައްކާއަށް ދުވެފައި ދާން ތައްޔާރު ވަނީ!

10 ޑިސެމްބަރު 2018 | ހޯމަ 14:46

2000 ކިލޯމިޓަރު ދުވާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 10 ޑިސެމްބަރު 2018 | ހޯމަ 14:46
ޑރ. ސުވައަދީ ޓްރެއިނިންގައި

ޑރ. ސުވައަދީ ޓްރެއިނިންގައި

ގުޅިފައިވާ ގައުމުތަކުގެ ދެމެދު ދަތުރުކޮށް އުޅެނީ އެކި ކަހަލަ އުޅަނދު ތަކުގައެވެ. ކާރު، ވޭން އަދި ސައިކަލުން ދަތުރު ކުރާ މީހުންވެސް އުޅެއެވެ. ޔޫރަޕްގެ ގައުމަތަކަށް ބަލައިލިޔަސް އިނގިރޭސިވިލާތުން ފަރަންސޭސި ވިލާތަށް ކާރުގައި، ކަނޑު ހުރަސްކޮށް ކަނޑު އަޑިން ހަދާފައިވާ މަގަކުން އެންމެ ލަސްވެގެން ބައި ގަޑިއިރުތެރޭ ދެވޭނެއެވެ. އަރަބި ގައުމުތަކުގެ ތެރެއިން ޔޫއޭއީން ސައުދީ ޢަރަބިއްޔާގެ މައްކާއަށް ވެސް 16 ގަޑި އިރުތެރޭ ދުއްވާފައި ދެވޭނެއެވެ. ނަމަވެސް މި ފަދަ ފަސޭހަ ގޮތަށް ދެވެން އޮތަސް ޑރ. ހާލިދް އަލް ސުވައިދީ ބޭނުންވަނީ ދުވެފައި ޔޫއޭއީގެ އަބޫދާބީއިން ސަޢޫދީގެ މައްކާއަށް ދަތުރުކުރާށެވެ.

ސުވައިދީ ދުވަން ހަމަޖެހިފައިވަނީ ފެބުރުއަރީ މަހު

ޔޫއޭއީގެ އެމިރޭޓްސް ސެންޓަރ ފޯ ސްޓްރެޓީޖިކް ސްޓަޑީސް ރިސާޗްގައި އެކްޒެކްޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޑރ. ސުވައިދީ ބޭނުންވަނީ ޔޫއޭއީގެ އަބޫދާބީ އިން މައްކާއަށް 2000 ކިލޯ މީޓަރު ކަޑަތުކޮށް، ދުވެފައި ދާށެވެ. ސުވައިދީ ދުވެފައި ދާން ނިންމުމުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ކާރުގައި ނޫނީ ބަހުގައި 16 ގަޑި އިރުތެރޭ ދެވޭ ތަނަކަށް ދުވެފައި ދާންވީ ސަބަބު އެމީހުންވެސް ބަލަން ބޭނުންވެއެއެވެ. ސުވައިދީގެ ޖަވާބަކީ އޭނާ ދުވެފައި ދާން ބޭނުންވަނީ ދެ ގައުމު ދޭތެރޭގައި އޮތް އަޚުވަންތަކަމުގެ ގުޅުން ދައްކައި ދިނުމުގެ ގޮތުން ކަމަށެވެ. ސުވައިދީ ކުރިމަތިލާފައި މިވަނީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ.

ޖިމްގައި 3000 ގަޑި އިރު ސުވައިދީ ވަނީ ހޭދަކޮށްފައި

އަރަބި ގައުމުތަކަކީ ވަރަށް ބޮޑަށް ހަނަފަސް ސަހަރާ ގިނަ އަދި އެހާމެ ހޫނު ތަނެކެވެ. ނަމަވެސް ސުވައިދީގެ ދަތުރަށް އޭނާ ދަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންނެވެ. ދަތުރަށް ފަރިތަކުރުމުގެ ގޮތުން އޭނާ 40 ދުވަސް ވަންދެން ކޮންމެ ދުވަހަކު 50 ކިލޯމީޓަރަށް ދުވެއެވެ. ސުވައިދީ ދުވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. ދަތުރަށް ތައްޔާރުވުމުގެ ގޮތުން ހުއްޓުމެއް ނެތި ސުވައިދީ މަސައްކަތް ކުރަމުންދާތާ 270 ދުވަސް ވަނީ ވެފައެވެ. އެގޮތުން މިއަހަރު ނޮވެމްބަރު މަހު އޭނާވަނީ ޖުމްލަ 7،150 ކިލޯމީޓަރަށް ދުވެފައެވެ. ސުވައިދީ ވަނީ މިހާތަނަށް ޖިމްގައި 3000 ގަޑި އިރު ހޭދަކޮށްފައެވެ.

40 ދުވަސް ވަންދެން ކޮންމެ ދުވަހަކު 50 ކިލޯމީޓާރަށް ސުވައިދީ ދުވާނެ

ސުވައިދީ މިފަދަ ކަމަކާއި ކުރިމަތިލީކަން އެނގުމުން ނޫސްތަކުން އޭނާއާއި ސުވާލުކުރުމުން އޭނާ ބުނީ މިއީ އެހާ ފަސޭހާކަމެއް ނޫންކަން އެނގޭ ކަމަށާއި ނަމަވެސް އެއް މިނެޓަށްވެސް ހިތްވަރު ދޫކޮށްނުލާނެ ކަމަށެވެ. އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ މި ކަން ކޮށް ނިމުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ސުވައިދީ ދުވަމުންދާއިރު އޭނާގެ ސިއްހީ ހާލަތު މޮނިޓަރ ކުރުމަށް އޭނާގެ ދަތުރުގައި ހަ ޑޮކްޓަރެއް ބައިވެރިވާނެއެވެ.

ޔޫއޭއީ އާއި ސައުދީ އަރަބިއާ އަކީ ވަރުގަދަ ގުޅުމެއް އޮންނަ ދެ ގައުމެވެ. އެ ދެ ގައުމުގެ ދޭތެރޭ އޮންނަ ގުޅުމުގެ ވަރުގަދަކަން އަންގައިދޭން ސުވައިދީ ބޭނުންވެފައިވާއިރު އޭނާ ދުވެގެން ހިއްލާ ކޮންމެ ދާތިއްކަކީ އޭނާއަށް ވަރަށް މުހިއްމު ދާ ތިއްކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާގެ މަންޒިލް ކަމުގައިވާ މާތްވެގެންވާ މައްކާއަށް ދެވި، އުމްރާ ކުރެވެމުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސުވައިދީ ވަނީ މީގެ ކުރިންވެސް ކެންސާރާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ދުވެފައެވެ. އެ ފަހަރު ދުވެފައިވަނީ ޔޫއޭއީގެ ފުޖައިރާއިން އަބޫދާބީއަށެވެ. އެ ފަހަރު އޭނާ ވަނީ 372 ކިލޯމީޓަރު ހަމަކޮށް 80 ގަޑިއިރު ދުވެފައެވެ.

ކަސްރަތާއި ދުވުމަށް ޝައުގުވެރިވެ، އެކަމުގެ ތެރެއަށް ސުވައިދީ ވަދެފައިވަނީ 2015 އަހަރު އޭނާ ގައިގައި ހަކުރު ބަލި ހުރިކަން އެނގުނު ހިސާބުންނެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2020

ސްރީލަންކާއަށް ދަރަނި ދިނުމާ ބެހޭ ގޮތުން ޕާކިސްތާން ގޮތް ހުސްވެފައި

30 މާރިޗު 2020
ސްރީލަންކާއަށް ދަރަނި ދިނުމާ ބެހޭ ގޮތުން ޕާކިސްތާން ގޮތް ހުސްވެފައި
27 އެޕްރީލު 2019

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

27 އެޕްރީލު 2019
ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
11 ފެބުރުއަރީ 2019

ވަގުތީ ގޮތުން ހުޅުވި މިސްކިތަށް ކުރަންޖެހޭ ޚަރަދު އަދި ވެސް އެތައް މިލިއަނުގައި!

11 ފެބުރުއަރީ 2019
ވަގުތީ ގޮތުން ހުޅުވި މިސްކިތަށް ކުރަންޖެހޭ ޚަރަދު އަދި ވެސް އެތައް މިލިއަނުގައި!
19 މެއި 2018

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

19 މެއި 2018
ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟
10 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

10 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް
15 އޮކްޓޯބަރު 2017

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!
18 ސެޕްޓެމްބަރު 2017

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!
22 އޯގަސްޓު 2017

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް