Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ ވެރިނަން މި ކެއުން ވެގެންދިޔައީ ވަރަށް ކަމުދާ ކެއުމަކަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2018 | ހޯމަ 13:56
ވަންދޫ ރައްޔިތުން ފައިސަލްއަށް ތައްޔާރުކޮށްފައިވާ މެންދުރުގު ފަރިއްކޮޅު

ވަންދޫ ރައްޔިތުން ފައިސަލްއަށް ތައްޔާރުކޮށްފައިވާ މެންދުރުގު ފަރިއްކޮޅު

"ޖަޒީރާ ރާއްޖެ" ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެމްޕެއިން ހަރަކާތަށް ކުރިއަށް ގެންދަނީ ފޯރީގައެވެ. ކެމްޕެއިން ޓީމްތައް ރަށްތަކަށް ވަޑައިގަތުމުން އެ ޓީމްތަކަށް ކިޔަމުންދާ މަރުޙަބާ ވެސް އެކި ރަށްތަކުން ތަފާތެއެވެ. ސަގީފީ ކުޅިވަރުތަކާއި އެކީގައެވެ. ޖަޒީރާވަންތަ ކަމާއި އެކީގައެވެ. ރަށްފުށުގެ އަދާކާދަ ދިރުވުމުގެ ބޭނުމުގައެވެ. ކޮންމެއަކަސް ތ އަތޮޅު ވަންދޫއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގމޭޓް ފައިސަލް ވަޑައިގަތުމުން އެރަށު އަންހެންވެރިން އެމަނިކުފާނަށް އެރުވީ ބޮޑު މަލާފަތެކެއެވެ. އެއީ މަރުޙަބާ ދެންނެވުމުގެ ގޮތުން އެމަނިކުފާނަށް ވެދުން ކުރި މަލާފަތެއް ނޫނެވެ. މެންދުރުގެ ފަރިއްކޮޅު ތައްޔާރުކޮށްފައިވާ މަލާފަތެއެވެ. ވަންދޫ މީހުން މިކަމަށް ކިޔާ އުޅެނީ "ބޮޑު ކެއުން" އެވެ.

އާބާދީގައި ގާތްގަނޑަކަށް 600 މީހުން ދިރިއުޅޭ ވަންދޫގައި ފައިސަލްއަށް މެންދުރުގެ ފަރިއްކޮޅު ތައްޔާރުކޮށްފައި ވަނީ އެރަށު މަސްވެރިންގެ ހިތްވަރުގައެވެ. އެތަނަކީ ވެސް އެތަށް ގޮތަކުން އެރަށުގެ މީހުންނަން ހާއްސަ ތަނަކެވެ. އެވޭލާ ޒަމާނުގައި ތ އަތޮޅުގެ ބައެއް ރައްޔިތުން މާލޫދު ކިޔުމަށް އައިސް ތިބޭ ތަނެއެވެ. މާލޫދު ކިޔެވުމަށް ފަހު މިހާރު މަސްވެރިންގެ ހިތްވަރު ހުރިތަނުގައި ބޮޑު ކެއުން ކައިއުޅޭ ކަމަށް އެރަށުގެ ދުވަސްވީ މީހުން ބުނެއެވެ. މިވާހަކަ ވެސް ދައްކާލަން މި ޖެހުނީ ފައިސަލްއަށް ވެސް ކެއުން ތައްޔާރުކޮށްފައި ވަނީ އެތަނުގައި ކަމަށްވާތީއެވެ.

ވަންދޫ ރައްޔިތުން ފައިސަލްއަށް ތައްޔާރުކޮށްފައިވާ މެންދުރުގު ފަރިއްކޮޅު

ކޮންމެއަކަސް މަލާފަތާއި އެކު ކެއުމަށް ތައްޔާރުކޮށްފައިވާ ތަކެތި އަތުރާލާފައި ވަނީ ބިންމަތީގައި އަޅާފައިވާ ފޮތި ގަޑެއްގެ މަތީގައެވެ. ކެއުމަށް ތައްޔާރުކޮށްފައިވާ އެއްޗިއްސަށް ފޮތިން އޮޅާފައިވާތީ އެއީ ކޯއްޗެއްކަމެއް ނޭނގެއެވެ. ފައިސަލް އާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން މެންދުރުގެ ކެއުމަށް ވަޑައިގެން، އެތަނުގައި އިށިންދެވަޑައިގެންނެވިއެވެ. އެއަށްފަހު ކެއުން ފެއްޓުވުމުގެ ގޮތުން ފައިސަލް މާލާފަތުގައި އޮޅާފައިވާ ފޮތި ގަނޑު ނިއުޅުވާލެއްވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށު ދުވަސްވީ މީހެން ބުނީ، މިފަދަ އެކުމެއް ފައިސަލް އަށް ތައްޔާރުކުރީ އިހުގައި އެރަށުގެ މީހުން އެކަން ކުރާ ގޮތް ދައްކާލުމުގެ ގޮތުންނެވެ. އަދި އެކަމަށް އެރަށުގެ އަންހެންވެރިންނަށް ބަތާއި، އިހުގެ ކެއުމަށް ބޭނުންކުރާ އަލަ ފަދަ ތަކެތީގެ އިތުރުން ފިހުނުމަސް، ކުކުޅު ރިހަފަދަ ތަކެތި ތައްޔާރުކޮށްފައިވެއެވެ.

ވަންދޫ ރައްޔިތުން ފައިސަލްއަށް ތައްޔާރުކޮށްފައިވާ މެންދުރުގު ފަރިއްކޮޅު

ތ އަތޮޅުގެ 13 ރަށަކަށް ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން މި ދަތުރުފުޅުގައި ވަންދޫން ފައިސަލް އަށް ތައްޔާރުކުރި ފަރިއްކޮޅު ވެގެންދިޔައީ އެންމެންގެ ދަތުރުވަރުބަލިކަން ފިލައިގެންދިޔަ ފަރިއްކޮޅަކަށެވެ. މިއީ ފަހަކަށް އައިސް ކެމްޕެއިން ދަތުރުފުޅުގައި ފެނިގެންދާ ތަފާތު މަންޒަރަކެއެވެ. ފައިސަލް ވަންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެރަށު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ އެމަނިކުފާން ވަނީ ހުުޅުއްވާދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯނުވަށާ މެޝިނެއް ހަދަން ޖެހުނީ ލީލި ހިފައިގެން އަންހެންވެރިން އަންނާތީ އަންހެނުން ހިތްހަމަ ނުޖެހެން ފެށީމަ!

ރޯނުވަށާ މެޝިނެއް ހަދަން ޖެހުނީ ލީލި ހިފައިގެން އަންހެންވެރިން އަންނާތީ އަންހެނުން ހިތްހަމަ ނުޖެހެން ފެށީމަ!

30 ޑިސެމްބަރު 2024
ނާއިބުރައީސް ފައިސަލްއަށް އެންމެ ކަމުދާ ބޮލީވުޑް ފިލްމީ ތަރިއަކީ ނީލަމް

ނާއިބުރައީސް ފައިސަލްއަށް އެންމެ ކަމުދާ ބޮލީވުޑް ފިލްމީ ތަރިއަކީ ނީލަމް

21 ޖުލައި 2023
ޤަތަރުން ތައްޔާރުކުރި ހަތް ފޫޓު އުސް 17 ފޫޓު ދިގު ބޫޓު، އުންމީދަކީ ދުނިޔޭގެ ރެކޯޑަކަށްވުން

ޤަތަރުން ތައްޔާރުކުރި ހަތް ފޫޓު އުސް 17 ފޫޓު ދިގު ބޫޓު، އުންމީދަކީ ދުނިޔޭގެ ރެކޯޑަކަށްވުން

15 ނޮވެމްބަރު 2022
ލޯފަން ކުއްޖަކު ތައްޔާރުކުރި، ލޯފަން ކުދިންނަށް ދެނެގަންނަން އެނގޭނެ، ވޯލްޑް ކަޕްގެ ސްޓިކާތަކެއް

ލޯފަން ކުއްޖަކު ތައްޔާރުކުރި، ލޯފަން ކުދިންނަށް ދެނެގަންނަން އެނގޭނެ، ވޯލްޑް ކަޕްގެ ސްޓިކާތަކެއް

12 ނޮވެމްބަރު 2022
މާލެ ސަޅިކޮށްލަނީ މި އަންހެންވެރިންގެ ބުރަ މަސައްކަތުން!

މާލެ ސަޅިކޮށްލަނީ މި އަންހެންވެރިންގެ ބުރަ މަސައްކަތުން!

13 އޮކްޓޯބަރު 2019

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު