Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގައުމީ ފުޓުބޯޅަ ޓީމު

ތައްޔާރުވާން ރާއްޖޭގެ ފުޓުބޯޅަ ޓީމަށް ހަތަރު އަހަރު ނުފުދުނު؟

ޓީމު މޮރިޝަސްއަށް އައީ ހަތަރު ދުވަހުގެ ފަރިތަކުރުމަށްފަހު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 ޖުލައި 2019 | ހޯމަ 16:58
ގައުމީ ފުޓުބޯޅަ ޓީމު

ގައުމީ ފުޓުބޯޅަ ޓީމު

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް މިއަހަރު އޮންނަކަން އެނގުނީ އިއްޔެއަކު ނޫނެވެ. މީގެ ހަތަރު އަހަރު ކުރިން އެކަން އެނގެއެވެ. އެކި ކުޅިވަރުތަކުން ޓާގެޓްތައް ކަނޑައަޅައި، ގޭމްސްއަށް ހަތަރު އަހަރު ކުރިން ވަނީ ތައްޔާރުވާން ފަށައިފައެވެ. އޭގެ ފޮނި މީރުކަން މިފަހަރުގެ ގޭމްސްގައި ދަނީ ފެންނަމުންނެވެ.

ނަމަވެސް ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު، ފުޓުބޯޅައިން މިފަހަރުގެ ގޭމްސްގައި ހޯދި ނަތީޖާއަކީ އެއްވެސް ދިވެއްސަކު އުންމީދުކުރާނެ ނަތީޖާއެއް ނޫނެވެ. ބަލައިގަންނާނެ ނަތީޖާއެއްވެސް ނޫނެވެ. ޓީމު ހިމެނުނު ގްރޫޕްގެ ފުލަށް ދިޔައީ ބައިކޮޅަށް 10 ލަނޑު ވަދެގެންނެވެ. ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މިއީ ހަމަ ގައިމުވެސް ފުޓުބޯޅަ ސަޕޯޓަރުން މާޔޫސްވާނެ ކަމެކެވެ. ލަދު ގަންނާނެ ކަމެކެވެ.

އަބަދު ސާކް ސަރަހައްދުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ޓާގެޓް ކުރުމުގެ ބަދަލުގައި އެހެން ލެވެލްއަކަށް ފުޓުބޯޅަ ގެންދިޔުމަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވަމުން އަންނަ ވާހަކައެކެވެ. އަދި ސާފް ޗެމްޕިއަންޝިޕް މިދިޔަ އަހަރު ރާއްޖެއިން ކާމިޔާބުކުރުމާއެކު، ގައުމީ ކޯޗު ވެސް ބުނަމުން އައީ މިއީ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދަންވީ ވަގުތު ކަމަށެވެ. އަދި ދިވެހި ސަޕޯޓަރުންގެ އުންމީދަކީވެސް ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމެވެ.

މިފަހަރުގެ ގޭމްސްއަށް ފުޓުބޯޅަ ޓީމު މޮރިޝަސްއަށް އެއްވެސް ވަރަކަށް ތައްޔާރެއް ނުވެއެވެ. ރަހުމަތްތެރިކަމުގެ މެޗެއްވެސް ކުޅެފައެއް ނުވެއެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ކޮންމެ މުބާރާތަކީ ތަޖުރިބާ ހޯދާ މުބާރާތަކަށް ވެގެން ނުވާނެއެވެ. ކޮންމެވެސް ޓާގެޓެއް އޮންނަން ވާނެއެވެ. އެ ޓާގެޓަކަށް މަސައްކަތްވެސް ކުރަން ޖެހޭނެއެވެ. ކޮންމެ ފަހަރަކު ޒުވާން ކުޅުންތެރިން އުފައްދަން މަސައްކަތް ކުރާ ކަމަށް ބުނެ ދައްކާ ބަހަނާ ހުއްޓާލަން ޖެހެއެވެ. ޓީމެއް ފުރިހަމަވާނީ ތަޖުރިބާކާރު ކުޅުންތެރިންނާވެސް އެކުގައެވެ. ތިޔަބުނާ ޓުވާޑްސް ފިއުޗާއެއް އަދި ނުފެނެއެވެ.

ފުޓުބޯޅަ ޓީމު ކެޓުމުގެ ޒިންމާ ނަގަން ޖެހެނީ ކުޅުންތެރިންނެއް ނޫނެވެ. ކޯޗެއްވެސް ނޫނެވެ. ޒިންމާ ނަގަން ޖެހެނީ ސީދާ އެފްއޭއެމުންނެވެ. ޓީމަށް އެކަށީގެންވާ ތައްޔާރީތައްވާން މަގު ކޮށައިދޭންޖެހޭ ތަނަކީ އެފްއޭއެމްއެވެ. މިފަހަރު ފެނިގެން ދިޔައީ ގޭމްސް އެފްއޭއެމުން ސީރިއަސްކޮށް ނުނަގާ ކަމެވެ. އެކަން އެފްއޭއެމްގެ ފޭސްބުކް ޕޭޖު ބަލާލުމުންވެސް އެނގެއެވެ. ގޭމްސްގެ އެއްވެސް ނަތީޖާއެއް އަޕްޑޭޓްކޮށްފައެއް ނެތެވެ. މިއީ ބަޔަކަށް ފޮރުވަން ކުރި ކަމެއްތޯއެވެ؟

ދިވެހި ފުޓުބޯޅަ ސަޕޯޓަރުންގެ އުންމީދުތަކާ ކުޅުން އެފްއޭއެމުން ހުއްޓާލަން ޖެހެއެވެ. އެކިއެކި ބަހަނާތައް ދެއްކުން ހުއްޓާލަން ޖެހެއެވެ. ފުޓުބޯޅަ ޓީމަށް ރަނގަޅު ފަރިތަކުރުންތަކެއް ހޯދައިދޭން ޖެހެއެވެ. ފުޓުބޯޅަ ޓީމަށް ރަނގަޅު ފެންވަރެއްގެ ރަހުމަތްތެރިކަމުގެ މެޗުތައްވެސް ހޯދައިދޭންޖެހެއެވެ. މުބާރާތަކަށް ތައްޔާރުވާންވީމަ ސްކޮޑެއް އެކުލަވާލައި ހަތަރު ދުވަހުގެ ތަމްރީންތަކަށްފަހު، މުބާރާތާ ކުރިމަތިލުމުގެ ސަގާފަތް ހުއްޓުމަކަށް ގެންނަން ޖެހެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު