Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ ސައީދު

މިނިސްޓަރު ސައީދަށް ފާޑުކިޔުން އިތުރުވެފައި، އެއްފުޅަން މަތިން ފުންމާލި ބަކަރި އަނެއް ފުޅަންމަތިން ފުންމާލާނެ!

13 ޖެނުއަރީ 2018 | ހޮނިހިރު 03:54

ސަޢީދު އާއިއެކު ކުރިން މަސައްކަތްކުރެއްވި ޖޭޕީގެ އިސް ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 13 ޖެނުއަރީ 2018 | ހޮނިހިރު 03:54
މިނިސްޓަރ ސަޢީދު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

މިނިސްޓަރ ސަޢީދު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ޤާސިމް އިބްރާހީމަށް ނިސްބަތްކުރައްވާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމަނިކުފާނާއެކު މަސައްކަތްކުރެއްވި ގިނަ ބޭފުޅުންތަކެއް ސަޢީދަށް ފާޑުވިދާޅުވަމުން އެބަގެންދަވައެވެ.

ޤާސިމް އިބްރާހިމް އަރި އަތޮޅު ތަރައްގީ ވިޔަނުދެއްވީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ ސަޢީދު ދެއްކެވި ވާހަކަފުޅަށް ޤާސިމް ވެސް ވަނީ ނުސީދާކޮށް ރައްދު ދެއްވާފައެވެ. އެގޮތުން ޖަނަވާރުންވެސް އެތަކެއްޗަށް ކާންދޭ މީހާ ދަންނަ ކަމަށް ވިދާޅުވެ، ކުއްތާ އާއި ރާމާމަކުނުން މިސާލު ނެންގެވިއެވެ.

Advertisement - newsAdvertisement

ސަޢީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނާއެކު ކުރިން މަސައްކަތްކުރި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ކުރީގެ ބޮސް އަށް ފާޑުކިޔައިގެން ރައީސް ޔާމީންގެ އިތުބާރު މިނިސްޓަރ ސަޢީދަށް ހޯދިދާނެތޯ ސުވާލު ކުރައްވާފައެވެ. އަދި އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާލާނެ ނޫންތޯ ރިޔާޒް ސުވާލުކުރެއްވިއެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމަށް މިނިސްޓަރ ސަޢީދުގެ ބަސްފުޅުން ހަނދާންވީ ކުއްޅަވަށްފަލު ރަނިންގެ މިސާލު ބަހެވެ. އަމީން ވިދާޅުވީ "2013ގެ ކެމްޕޭންގައި ވިޔަފާރީއާއި ތަރައްޤީގައި ޤާސިމް އިބްރާހިމް ވަރުގެ ބިޔަ ސިކުނޑިއެއް ނުއުފެދޭ، އަރި އަތޮޅު ތަރައްޤީގެ ބާނީއަކީ ޤާސިމޭ ކިޔައިގެން ރަށްރަށުގައި ސަޢީދު ކުރެއްވި ތަޢުރީފު ވީޓީވީގައި ހުންނާނެ،" ކަމަށެވެ.

އަރި އަތޮޅުގެ ތަރައްޤީއަށް ޤާސިމް ހުރަސް އެޅުއްވިކަމަށް ދޭހަވާ ގޮތަށް މިނިސްޓަރ ސަޢީދު ވާހަކަ ދެއްކެވުމުން، އެމަނިކުފާނާއިއެކު ކެބިނެޓްގައި ކުރިން މަސައްކަތްކުރެއްވި ޔޫތު މިނިސްޓަރ މަލީހު ޖަމާލު ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ. މަލީހު ކުރެއްވި ސުވާލުތަކަކީ:

އަރި އަތޮޅުގައި އެއަރޕޯޓެއް ތަރައްޤީކުރެއްވީ؟ އަރި އަތޮޅުގައި އެންމެ ބޮޑު ބަނދަރު ހެދީ؟ އަރި އަތޮޅު އެންމެ ބޮޑު ބިން ހިއްކީ؟ އަރި އަތޮޅުގެ އެންމެ ބޮޑު ރިސޯޓް ތަރައްޤީކުރީ؟ އަރި އަތޮޅު އެންމެ ގިނަ ޓޫރިސްޓް ބެޑް ތަރައްޤީކުރީ ކާކު؟ ޤާސިމް އިބްރާހިމް. އަހަންނަކީ ޖީއެމް. އަހަންނަަށް ނޭނގޭ.

ޤާސިމް އިބްރާހިމްގެ އަރިހުގައި ފަތުރުވެރިކަމުގެ ދާއިރާގައި މިނިސްޓަރ ސަޢީދު މަސައްކަތްކުރެއްވި އިރު އެދާއިރާގައި ވަރަށް ކައިރިން މަސައްކަތްކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ "މުޅި އަރި އަތޮޅުގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ޤާސިމް އިބްރާހިމްގެ ފަރާތުންކަން އެންމެ ރަނގަޅަށް އެނގޭނީ ސަން އައިލެންޑް ރިސޯޓްގެ ކުރީގެ ޖީއެމްއަށް" ކަމަށެވެ.

2013ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ކުރިން މިނިސްޓަރ ސަޢީދު ހުންނެވީ ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އެންމެ ބޮޑު ރިސޯޓްކަމަށްވާ ސަން އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރަކަށެވެ. މަތީ ތައުލީމް ޙާސިލްކުރެއްވީވެސް ޤާސިމް އިބްރާހިމްގެ ޚަރަދުގައެވެ. 2013ގެ ކެމްޕޭންގައި ސަޢީދު ހުންނެވީ ޤާސިމްގެ ކެމްޕޭންގެ އެންމެ އިސް އެއް ބޭފުޅެއްގެ ގޮތުގައެވެ. އަދި އިންތިޚާބަށްފަހު ޖޭޕީގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގަތެވެ. އެހެން ނަމަވެސް ސަރުކާރުގެ ކޯލިޝަނުން ޖޭޕީ ވަކިވުމުން، ސަޢީދު ޕީޕީއެމްއާ ގުޅިވަޑައިގެން، ޤާސިމް އިބްރާހިމްއަށާއި ޖޭޕީއަށް އަދި އިދިކޮޅު ފަރާތްތަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފެއްޓެވިއެވެ. އަދި މިހާރު ސަރުކާރުގެ ކެމްޕޭންގައި ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ޤާސިމްއަށް ފާޑުވިދާޅުވުމާއި ގުޅިގެން އާއްމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް މިނިސްޓަރ ސަޢީދަށް ވަނީ އަމާޒުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް