Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތުއްތު ކުއްޖަކު މަރުވުން

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

12 ޖެނުއަރީ 2018 | ހުކުރު 07:16

އެމެޖެންސީގައި މާބަނޑު މީހާ މާލެ ގެނައީ އާއިލާގެ ހަރަދުގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 12 ޖެނުއަރީ 2018 | ހުކުރު 07:16
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލް: މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ވަނީ ބުނެފައި

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލް: މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ވަނީ ބުނެފައި

ނައިފަރު ހޮސްޕިޓަލްގެ އިހުމާލުން، މާބަންޑު މީހެއްގެ ބަނޑަށް ދަރިއަކު މަރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ހޮސްޕިޓަލުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފި އެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދި ނ. ހެނބަދޫ ޒައީމާ އިސްމާއިލުގެ ބަނޑަށް ދަރިފުޅު މަރުވިކަން އެނގުނީ ކުއްލި ގޮތަކަށް އެ އަންހެން މީހާ މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކުމުންނެވެ. އަންހެން މީހާގެ ފިރިމީހާ ޅ. ނައިފަރު، އަޒުމް، މުހައްމަދު އަހުމަދު ވަނީ ރާއްޖެ.އެމްވީއަށް އެކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ. އަދި އޭނާގެ އަންހެނުންނަށް ނައިފަރު ހޮސްޕިޓަލުން އަމަލު ކުރި ގޮތް ވެސް ތަފްސީލުކޮށްދިނެވެ.

Advertisement - newsAdvertisement

"ދަރިފުޅުގެ ހަރަކާތް ހުއްޓި، ވިންދު ނުޖަހާތީ މި މަހުގެ ހަތް ވަނަ ދުވަހު [އާދީއްތަ ދުވަހު] ނައިފަރު ހޮސްޕިޓަލަށް ދިޔައީ. ދިޔައީމަ ޑޮކްޓަރު ބުނަނީ ރަނގަޅޭ، ދަރިފުޅު ވެސް ރަނގަޅޭ. މައިމީހާ ވެސް ރަނގަޅޭ. އެކަމަކު އެމެޖެންސީގައި އަވަހަށް މާލެ ދާށޭ،" ކައިވެންޏަށް ހަތަރު ދަރިންގެ ލިބިފައިވާ ޒައީމާގެ ފިރިމީހާ މުހައްމަދު ބުންޏެވެ.

"ރަނގަޅޭ ބުނަފަ، އެމެޖެންސީގައި މާލެ ދާށޭ ބުނުމުން ސުވާލު އުފެދެނީ. ރަނގަޅުނަމަ އެމެޖެންސީގައި މާލެ ދާންޖެހޭ ސަބަބަކީ ކޮބައިތޯ؟"

މާބަނޑު މީހާގެ ފިރިމީހާ ޅ. ނައިފަރު، އަޒުމް، މުހައްމަދު އަހުމަދު: ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ބުނި

އެމެޖެންސީގައި މާލެ ދާން ޑޮކްޓަރުން ލަފާ ދިނުމާ ގުޅިގެން، އާސަންދަ ހަމަޖައްސައި ދިނުމަށް ޅ. އަތޮޅު ހޮސްޕިޓަލްގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަބްދުލް ވާހިދު މުހައްމަދުގެ އަރިހުން އެދުނު ކަމަށާއި ނަމަވެސް ހޮސްޕިޓަލުން އެކަން ހަމަޖައްސައި ނުދިން ކަމަށް މުހައްމަދު ބުންޏެވެ.

އޭނާ ބުނީ އަމިއްލަ ހަރަދުގައި ބުރާސްފަތި ދުވަހު މާލެ އައިސް އައިޖީއެމްއެޗަށް ދެއްކުމުން ދަރިފުޅު ބަނޑަށް މަރުވެފައިވާކަން އެނގުނު ކަމަށާއި ނަމަވެސް އަދިވެސް ދަރިފުޅު ބަނޑުން ނުނަގާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އަންހެނުންގެ ހާލު ދަނީ ދަށްވަމުންނެވެ.

"ހަކުރު މަތިވެފައިވާތީ [ބަނޑުން ދަރިފުޅު] ނުނަގާ މަޑުކުރަނީ. ދަރިފުޅު ބަނޑަށް މަރުވި ދުވަސް ވެސް އެނގޭނީ ދަރިފުޅު ނެގުމަށްފަހު ކަމަށް ޑޮކްޓަރުން ބުނޭ،" އަހުމަދު ބުންޏެވެ.

އޭނާ ބުނީ އަންހެނުންނަކީ ޑައިބެޓިކްސް ހުންނަ މީހަކަށްވުމުން، މީގެ ދުވަސްތަކެއް ކުރިން މާލެ އައިސް، އޭޑީކޭ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އެ ހޮސްޕިޓަލުން އިންޖެކްޝަނެއް ދިން ކަމަށެވެ. އަދި އެނބުރި ނައިފަރަށް ގޮސް، ހޮސްޕިޓަލުގެ ނަރުހުން މެދުވެރިކޮށް އެ އިންޖެކްޝަން ޖެހުމަށް އޭޑީކޭއިން އެދުނު ކަމަށާއި ނަމަވެސް ނައިފަރު ހޮސްޕިޓަލަށް ދިއުމުން އެ އިންޖެކްޝަން ޖަހާފައި ނުވާ ކަމަށް މުހައްމަދު ބުންޏެވެ. އޭނާ ބުނި ގޮތުގައި އަންހެނުންގެ ގަޔަށް ޖަހަން ދިން އިންޖެކްޝަނަކީ ޑައިބެޓިކްސް ލެވެލް ދައްކުރުމަށް އޭޑީކޭއިން ދިން އިންޖެކްޝަނެކެވެ.

"އެ މީހުން [ނައިފަރު ހޮސްޕިޓަލުގެ ނަރުހުން] ބުނަނީ ތިއީ ތިމަންނަމެން ދަންނަ އެއްޗެއް ނޫނޭ. އެހެންވީމަ ތިމަންނަމެންނަށް ތި އެއްޗެއް ނުޖެހޭނެއޭ،" މުހައްމަދު ބުންޏެވެ.

ތުއްުތު ދަރިފުޅުގެ ހަރަކާތް ހުއްޓި، ވިންދު ނުޖަހާތީ ނައިފަރު ހޮސްޕިޓަލަށް މިދިޔަ އާދީއްތަ ދުވަހު ދެއްކުމުން ޑައިބެޓިކްސް ލެވެލް ވެސް ދަށް ކަމަށް ބުނި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެމެޖެންސީގައި މާލެ ދާން ޑޮކްޓަރުން އެންގި ސަބަބެއް އެ ހޮސްޕިޓަލުން ނުބުނާ ކަމަށް މުހައްމަދު ބުންޏެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު ވާހިދު ރާއްޖެ.އެމްވީއަށް ވިދާޅުވީ ޒައީމާއާ ގުޅޭ މެޑިކަލް ރިޕޯޓެއް ލިބުނު ކަމަށާއި އޭގައިވާ ވާހަކަތައް ކިޔައިދިން ކަމަށެވެ. ހޮސްޕިޓަލުގެ ހަރަދުގައި ޒައީމާ އެމެޖެންސީގައި މާލެ ނުފޮނުވީ ކީއްވެތޯ ސުވާލު ކުރުމުން ވާހިދު ޖަވާބެއް ނުދެއްވައެވެ. ހޮސްޕިޓަލުގެ މައްޗަށް މުހައްމަދު ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ވާހިދު ވިދާޅުވީ އިތުރަށް އެއްޗެއް ބުނެވޭނީ ޑޮކްޓަރުން ދީފައިވާ ލިޔެކިޔުންތަކާ އެހެނިހެން ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
01 ފެބުރުއަރީ 2017

ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ

01 ފެބުރުއަރީ 2017
ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް