Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން

އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރެވޭނެ، ގުޅުމަށް ބުރުލެއް ނޭރުވޭނެ: ރައީސް މައުމޫން

11 ޖެނުއަރީ 2018 | ބުރާސްފަތި 17:25

ސިޔާސީ ޕާޓީތައް ކުރަމުންދާ މަސައްކަތުގައި ތިބީ ވަރަށް ބަދަހި ގުޅުމެއްގައި ސާބިތުވެގެން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 ޖެނުއަރީ 2018 | ބުރާސްފަތި 17:25
ރައީސް މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނު ވަނީ ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރުލެއް ނޭރުވޭނެކަމަށް ވިދާޅުވެފައި

ރައީސް މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނު ވަނީ ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރުލެއް ނޭރުވޭނެކަމަށް ވިދާޅުވެފައި

އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގުޅުމަށް ބުރުލެއް ނޭރުވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ. މާމިގިލީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި އިއްވެވި ބަޔާނުގައެވެ. އެ ބަޔާން އިއްވައިދެއްވީ، ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ޔުމްނާ މައުމޫނެވެ.

Advertisement - newsAdvertisement

ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ކުރަމުންދާ މަސައްކަތުގައި ތިބީ ވަރަށް ބަދަހި ގުޅުމެއްގައި ސާބިތުވެގެން ކަމަށެވެ. ގުޅުމަކަށް އެއްވެސް ކަހަލަ ބުރުލެއް އެއްވެސް ފަރާތަކުން ނޭރުވޭނެ ކަމަށާއި، ޢަޒުމަކަށް އެއްވެސް ފަރާތަކުން ގުޑުމެއް ނޭރުވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވަނީ ރައީސް މުހައްމަދު ނަޝީދާއި، އިމްރާން އަބްދުﷲ އަދި ޤާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ވަގުތުން ބާތިލްކޮށް، އެ ބޭފުޅުން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެ ބެފުޅުންގެ މައްޗަށް ހުކުމްތައް އިއްވާފައި ވަނީ ނުހައްޤުންނެވެ. އޭގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށްލާފައި ވަނީ އެއްވެސް ކުށެއް ނެތި ކަމަށާއި، އަދި ދަރިކަލުން އަހްމަދު ފާރިސް މައުމޫން ވެސް ބަންދުގައި ބަހައްޓާފައި ވަނީ އެއްވެސް ކުށެއް ނެތި ކަމަށެވެ. އެހެންކަމުން އެ ދެ ބެފުޅުން ވެސް މިހާރުން މިހާރަށް މިނިވަންކުރުމަށް ރައީސް މައުމުން ވަނީ ގޮވާލައްވާފައެވެ.

"ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑުމެންގެ މިގުޅުން، އަޅުގަނޑުމެންގެ އުންމީދުތަކާ ހަމައަށް އަޅުގަނޑުމެން ގެންގޮސްދޭނެއެވެ. އެއްބައިވަންތަ ކަމުގެ ސަރުކާރެއް، އާދެ! "ޔުނިޓީ ގަވަރމެންޓެއް" ޤާއިމު ކުރުމުގެ މަޝްވަރާތައް އަޅުގަނޑުމެން ހަތަރު ޕާޓީއިން މިހާރު ވަނީ ފަށާފައެވެ. އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ އަޅުގަނޑުމެންގެ މި މަސައްކަތް ކާމިޔާބުވާނެ" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންގެންދާ މަސައްކަތްތަކީ ދިވެހި ޤައުމަށް ދިމާވެފައިވާ ނުރައްކާތެރި ނާމާން ކަންތައްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން، އަދި އިޖްތިމާޢީގޮތުން އައިސްފައިވާ ނުރަނގަޅު ކަންތައްތަކުން ޤައުމު މިންޖު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"މިއަށް ވުރެ ތަފްޞީލުކޮށް ދަންނަވާ ނަމަ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުން ގެއްލިގެންދާ ޑިމޮކްރަސީގެ ރީތި އުޞޫލުތައް އަނބުރާގެނެސްދެވޭތޯ ކުރާ މަސައްކަތެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރުކެނޑި، ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ ބައެއް މަންދޫބުން އެއްވެސް ހަމައެއް ނެތި އެމީހުންގެ މަޤާމުން ވަކިވެއްޖެކަމަށް ބުނެ، އެ މަންދޫބުންގެ އަޑުތައް އިވުނަ ނުދޭން ކުރާ މަސައްކަތް ހުއްޓުމަށް ކުރާ މަސައްކަތެވެ.ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގައި ޢާންމުވަމުންދާ ޚިޔާނާތާއި، ވައްކަމާއި، ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތެވެ. ޢަދުލު އިންޞާފު ނުލިބިގެން ރައްޔިތުންގެ އެތައް ބަޔެއްގެ ޙައްޤުތައް ގެއްލިގެންދާތީ، އެކަންތައްތައް އިޞްލާޙުކުރެވޭތޯ ކުރާ މަސައްކަތެވެ." ރައީސް މައުމޫން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2017

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި

28 ސެޕްޓެމްބަރު 2017
ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި
29 އޯގަސްޓު 2017

ހެޔޮނިޔަތާއެކު ހުކުމް ތަންފީޒް ކުރާ ސަރުކާރެއް ނަމަ ޤާސިމް މިހާރު ހުންނަވާނީ ބޭރުގަ:ޕާޓީތައް

29 އޯގަސްޓު 2017
ހެޔޮނިޔަތާއެކު ހުކުމް ތަންފީޒް ކުރާ ސަރުކާރެއް ނަމަ ޤާސިމް މިހާރު ހުންނަވާނީ ބޭރުގަ:ޕާޓީތައް
06 އޯގަސްޓު 2017

އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތެއް ނެތް: ރައީސް ނަޝީދު

06 އޯގަސްޓު 2017
އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތެއް ނެތް: ރައީސް ނަޝީދު
05 އޯގަސްޓު 2017

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރަން ބޭނުން: ނަޝީދު

05 އޯގަސްޓު 2017
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރަން ބޭނުން: ނަޝީދު
12 ޖުލައި 2017

ޕީޕީއެމްއާ އަލުން ގުޅުމަށް ވުރެ ނާށިގަނޑު ހިފައިގެން ސަލާންޖެހުން މާރަނގަޅު:ސިނާން

12 ޖުލައި 2017
ޕީޕީއެމްއާ އަލުން ގުޅުމަށް ވުރެ ނާށިގަނޑު ހިފައިގެން ސަލާންޖެހުން މާރަނގަޅު:ސިނާން
04 މެއި 2017

މިއީ މަކަރުވެރި ސަރުކާރެއް، ވޯޓް ގުނާ ނިމެންދެން މަގުމަތީގައި ތިބެންޖެހޭ: ހަސަން ލަތީފް

04 މެއި 2017
މިއީ މަކަރުވެރި ސަރުކާރެއް، ވޯޓް ގުނާ ނިމެންދެން މަގުމަތީގައި ތިބެންޖެހޭ: ހަސަން ލަތީފް
30 އެޕްރީލު 2017

މިއީ ވައްކަމާއި ކޮރަޕްޝަނުގެ އޭ ޕްލަސް ސަރުކާރެއް: އަފީފް

30 އެޕްރީލު 2017
މިއީ ވައްކަމާއި ކޮރަޕްޝަނުގެ އޭ ޕްލަސް ސަރުކާރެއް: އަފީފް
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް