Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީޔޫ - ދިވެހިރާއްޖެ

އީޔޫގެ އިސް ވަފްދެއް ރާއްޖެ އަތުވެއްޖެ

ބޭނުމަކީ 2014ގައި ރާއްޖެ ޒިޔާރަތްކުރި ވަފްދުގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރަނުންދާ މިންވަރު ވަޒަންކުރުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 10 ޖެނުއަރީ 2018 | ބުދަ 02:32
2017 ގެ އޮކްޓޯބަރު މަހު ރާއްޖެ ޒިޔާރަތްކުރި އީޔޫ ޕާލަމެންޓުގެ ވަފްދާ ރައީސް ޔާމިން ބައްދަލު ކުރައްވަނީ

2017 ގެ އޮކްޓޯބަރު މަހު ރާއްޖެ ޒިޔާރަތްކުރި އީޔޫ ޕާލަމެންޓުގެ ވަފްދާ ރައީސް ޔާމިން ބައްދަލު ކުރައްވަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިސް ވަފްދެއް ހޯމަ ދުވަހު ރަސްމީ ދަތުރެއްގައި ރާއްޖެ އަށް އަތުވެއްޖެއެވެ.

މި ވަފްދު ރާއްޖެ ޒިޔާރަތްކުރީ 2014 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި އީޔޫގެ ވަފްދު ހުށަހެޅި ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމަށެވެ.

Advertisement - newsAdvertisement

ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ މިވަފްދުގެ އިސްވެރިއަކަށް ހުންނެވީ ރާއްޖެއަށް އީޔޫ އިން ކަނޑައަޅާފައިވާ "އިލެކްޝަން އޮބްޒަވޭޝަން މިޝަން"ގެ ކުރީގެ އިސް އޮބްޒާވަރު، މެމްބަރ އޮފް ޔޫރަޕިއަން ޕާލަމަންޓް (އެމްއީޕީ) އެޑުއާޑް ކުކަން އެވެ.

2014 ގައި ރާއްޖެ ޒިޔާރަތްކުރި އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ހުންނެވީ ޔޫރަޕިއަން ޕާލިމަންޓްގެ ސޮލޮވާކިއާގެ މެމްބަރު އަދި އެގައުމުގެ ކުރީގެ ފޮރިން މިނިސްޓަރެވެ. އެ ވަފްދުން ވަނީ އެ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހު އިންތިޚާބު އޮބްޒާވްކޮށްފައެވެ. އަދި އެ ދަތުރަ ފަހު އެ ވަފްދުން ވަނީ ހާއްސަ ރިޕޯޓެއް އެކުލަވާލައި ކުރިއަށް ހުރި އިންތިޚާބުތަކަށް ހާއްސަ ރިކޮމެންޑޭޝަންތަކެއް ދީފައެވެ.

ރާއްޖެއަށް މިހާރު ޒިޔާރަތްކުރަމުން ގެންދާ އީޔޫގެ ވަފްދު ހުކުރު ދުވަހާ ހަމައަށް ރާއްޖޭގައި ތިބޭނެއެވެ.

މިދިޔަ އަހަރު އޮކްޓޯބަރުގައި ވެސް އީޔޫ ޕާލަމެންޓުގެ ވަފްދެއް ރާއްޖެ އައިސްފައިވެއެވެ. ހަތަރު މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ވަފްދުން ރާއްޖޭގައި ހޭދަކުރި ދެ ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި، ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު