Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ދައިރާ

ވިލިނގިލީ ކައުންސިލްގެ ރައީސްގެ އަނބިކަނބަލުންނާ އެކު އިތުރު މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި

9 ޖެނުއަރީ 2018 | އަންގާރަ 04:27

ސަސްޕެންޑް ކުރަން ނިންމީ ސިޔާސީ ކަންކަމާ ގުޅުވައިގެން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 ޖެނުއަރީ 2018 | އަންގާރަ 04:27
ގއ. ވިލިނގިލި: ޓީޗަރުން ސިޔާސީ ވާހަކަ ދެއްކުމަކީ މައްސަލައެއް ކަމަށް ބުނެފައިވޭ. -- ފޮޓޯ/ ސޯޝަލް މީޑިއާ

ގއ. ވިލިނގިލި: ޓީޗަރުން ސިޔާސީ ވާހަކަ ދެއްކުމަކީ މައްސަލައެއް ކަމަށް ބުނެފައިވޭ. -- ފޮޓޯ/ ސޯޝަލް މީޑިއާ

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދާ ގއ. ވިލިނގިލީ ކައުންސިލްގެ ރައީސްގެ އަނބިކަނބަލުންގެ އިތުރުން، އެހެން މުވައްޒަފުންތަކެއް ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

އެ މުވައްޒަފުން ސަސްޕެންޑްކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށެވެ. ސަސްޕެންޑް ކުރި މުވައްޒަފުންނަކީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި 18 އަހަރާއި 15 އަހަރުގެ މުއްދަތަކަށް މަަސައްކަތް ކުރި މުވައްޒަފުންނެވެ.

Advertisement - newsAdvertisement

އެ މުވައްޒަފުން ސަސްޕެންޑް ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ޕާމަނަންޓް ސެކަރެޓަރީ (ޕީއެސް) މުހައްމަދު ސައީދު އިއްޔެ ފޮނުއްވެވި ލިޔުމުގެ ކޮޕީ "ރާއްޖެއެމްވީ" އަށް ވަނީ ލިބިފައެވެ. އެ ލިޔުމުގައި ބުނެފައި އެ މުވައްޒަފުން ސަސްޕެންޑް ކުރުމަށް ނިންމީ ސީއެސްސީގެ ގާނޫނާއި އެ ކޮމިޝަންގެ ސާކިއުލާއެއްގެ ދަށުން ޕީއެސްއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.

އެ މުވައްޒަފުން ސަސްޕެންޑް ކުރި ސަބަބެއް އެ ލިޔުމުގައި ބުނެފައެއް ނުވެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ މުވައްޒަފުން ސަސްޕެންޑްކޮށްފައި ވަނީ ސްކޫލުން ކުރާ މަސައްކަތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެއެވެ. އަދި ސިޔާސީ ވާހަކަ ސްކޫލު ތެރޭގައި ދައްކާ ކަަމަށް ބުނެ އެ މީހުންގެ މައްޗަށް އެޑިއުކޭޝަން މިނިސްޓްރީން ތުހުމަތުތަކެއް ކޮށްފައިވެއެވެ.

ސަސްޕެންޑް ކުރި މުވައްޒަފުންނަކީ ވިލިނގިލީ ރަށު ކައުންސިލްގެ ރައީސްގެ އަނބިކަނބަލުން، ޒުލްފީނާ އަހުމަދާއި ވިލިނގިލީ ކައުންސިލްގެ ކުރީގެ ކައުންސިލަރު ފަތުހީ މޫސާގެ އަނބިކަނބަލުން ކަމަށްވާ ހިދާޔަތު އަހުމަދެވެ.

ޒުލްފީނާގެ ފަރާތުން "ރާއްޖެއެމްވީ"އާ ވާހަކަ ދައްކަމުން އޭނާގެ ފިރިކަލުން އަދި ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ އަނބިކަނބަލުންނަކީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި 18 އަހަރު ވަންދެން މަސައްކަތް ކުރަައްވަމުން އަންނަ މުވައްޒަފެއް ކަމަށާއި އަނބިކަނބަލުން ސަސްޕެންޑް ކުރީ ސިޔާސީ ގޮތުން އޭނާ ބަލިކޮށްލުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަނބިކަނބަލުން ހޭދަކުރެއްވި 18 އަހަރު ދުވަހުގެ ތެރޭގައި ވަޒީފާއާ ގުޅިގެއް އެއްވެސް އިންޒާރެއް އަދި ނަސޭހަތެއް ދީފައިނުވާ ކަމަށާއި ނަމަވެސް އިއްޔެ އަނބިކަނބަލުންނަށް ފޮނުވި ސިޓީއަކީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށެވެ.

"ސިޔާސީ ގޮތުން އަޅުގަނޑު [ކައުންސިލްގެ ރައީސް] ބަލިކޮށްލުމަށް، އަޅުގަނޑުގެ އަންހެނުންނާ ކުޅެން ފެށީ. އަޅުގަނޑުގެ އަންހެނުންނަކީ ދުވަހަކު ވެސް މަގުމައްޗަށް [މުޒާހަރާތަކަށް] ނުކުތް މީހެއް ނޫން. އަދި ހަރުގެއަކަށް ވެސް ގޮފައި ނުވާނެ،" މުސްތަފާ ވިދާޅުވިއެވެ.

ސަސްޕެންޑްކުރި މުވައްޒަފުންގެ ތެރޭގައި ހިމެނޭ ހިދާޔަތު "ރާއްޖެއެމްވީ"އަށް މިއަދު ބުނީ އޭނާއަކީ 15 އަހަރު ވަންދެން، ސްކޫލުގައި މަސައްކަތްކުރި މުވައްޒަފެއް ކަމަށާއި ވޭތުވެދިޔަ މުއްދަތުގައި އޭނާއާ އިންޒާރެއް އަދި ނަސޭހަތެއް ވެސް ދީފައި ނުވާ ކަމަށެވެ. އޭނާ ބުނީ ސިޔާސީ ކަންކަމާ ގުޅުވައިގެން އެ ސްކޫލުގެ ދެ ޓީޗަރަކަށް ނޯޓިސް ދިނުމަށް ފަހު، އެކަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި އަދި ތަޖުރިބާ ލިބިފައިވާ ޓީޗަރުން ވަކިކޮށް، އިންޒާރުގެ ނޯޓިސް ފޮނުވަމުންދާތީ ވިލިނގިލީ ބައެއް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސިޔާސީ ވަކި ފިކުރަކަށް ތާއިދު ކުރުމަށް ވަޒީފާގެ ބިރު ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ބެލެނެވެރިން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް