Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފިލިޕޭ ކުޓީނިއޯ

ހުވަފެން ހަގީގަތަކަށް ހަދައި ކުޓީނިއޯ ބާސާއަށް

6 ޖެނުއަރީ 2018 | ހޮނިހިރު 21:37

އޭނާ ލިވަޕޫލް ދޫކޮށް ބާސާއަށް ބަދަލުވީ 142 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 ޖެނުއަރީ 2018 | ހޮނިހިރު 21:37
ކުޓީނިއޯ ބާސާގެ ޖާޒީގައި

ކުޓީނިއޯ ބާސާގެ ޖާޒީގައި

އެންމެ ކުޑައިރުއްސުރެ ވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި ލިވަޕޫލްއަށް ކުޅުނު ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލީޕޭ ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ބާސާ އަދި ލިވަޕޫލްއިން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ލިވަޕޫލް ދޫކޮށް ބާސާއަށް ބަދަލުވީ 142 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމާއެކު އޭނާ ވެގެން ގޮސްފައިވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އަދި ހަމަ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭގެ ފަހަތުން ދުނިޔޭގެ ތިން ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އަދި ކުޓީނިއޯ ވެގެން ގޮސްފައިވަނީ އިނގިރޭސި ޓީމަކަށް ކުޅުނު އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ ބާސާއިން ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާއަކީ ވެސް ކުޓީނިއޯއެވެ.

ބާސާގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން އޭނާ އެ ޓީމާއެކު ސޮއިކޮށްފައިވަނީ ފަސް އަހަރާއި ބައިގެ އެއްބަސްވުމެއްގައެވެ. އަދި އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައިވަނީ 400 މިލިއަން ޔޫރޯއެވެ. ބާސާގައި އޭނާ ބޭނުންކުރާނެ ޖާޒީ ނަމްބަރެއް އަދި ސާފުވެފައެއް ނުވެއެވެ.

ބާސާއާއި ލިވަޕޫލްއާ ދެމެދު އެއްބަސްވުމަކަށް އައިސްފައި މިވަނީ އެތައް ދުވަހެއްގެ މަޝްވަރާތަކަށް ފަހުއެވެ. މީގެކުރިން ވެސް ބާސާއިން އޭނާ ހޯދުމަށް ތިން ފަހަރެއްގެ މަތިން ބިޑުކޮށްފައިވެއެވެ. އޭގެތެރޭގައި 130 މިލިއަން ޕައުންޑްގެ ބިޑެއް ވެސް ހިމެނުނެވެ. ހަމައެހެންމެ ކުޓީނިއޯ ވެސް ވަނީ ދެފަހަރެއްގެ މަތިން އޭނާ ވިއްކާލަދިނުމަށް ލިވަޕޫލްގެ މެނޭޖްމަންޓުގައި އެދިފައެވެ. ލިވަޕޫލްގައި ކުޓީނިއޯ މަޑުކުރުވުމުގެ ގޮތުން އެ ޓީމުން އޭނާގެ މުސާރަ ބޮޑު ކުރުމުގެ އިތުރުން އެ ޓީމުގެ ކެޕްޓަން ބޭންޑު ވެސް ހުށަހެޅިއެވެ.

މި ޓްރާންސްފާއާ ގުޅިގެން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އެ ކްލަބުގައި މަޑުކުރުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރި ކަމަށާއި އެހެން ނަމަވެސް ކުޓީނިއޯގެ އެދުމަށް އިޖާބަދޭން ނިންމީ ކަމަށެވެ. ކްލޮޕް ވަނީ ލިވަޕޫލްގައި ކުޓީނިއޯ ހޭދަކުރި ފަސް އަހަރުގެ ތެރޭގައި އޭނާ އެ ޓީމަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. އޭނާއަކީ ޕްރޮފެޝަނަލް ކުޅުންތެރިޔެއް ކަމަށާއި އޭނާގެ ސަބަބުން އެ ޓީމު އެތަކެއް މެޗަކުން މޮޅުވެފައިވާކަން ކްލޮޕް ފާހަގަކުރިއެވެ.

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެ ކުޑައިރުއްސުރެ ވެސް ކުޓީނިއޯ ދެކެމުން އައި ހުވަފެނެކެވެ. ބާސާއަށް ބަދަލުވުމުގެ ކަންކަން ނިންމުމުގެ ގޮތުން ޑުބާއީގައި ލިވަޕޫލްއިން ކުރިޔަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގައި ވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ. ހަމައެހެންމެ މީގެކުރިން ދީފައިވާ އިންޓަވިއުތަކުގައި އޭނާވަނީ ބާސާއަށް ބަދަލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ބެލެވޭ ގޮތުގައި އާދިއްތަ ދުވަހުގެ ރޭ ސްޕެނިޝް ލަލީގާގައި ލެވަންޓޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސާ ކުޅޭ މެޗުގައި ކުޓީނިއޯގެ ހާއްސަ ފެނިލުމެއް އޮންނާނެއެވެ. އަދި އޭގެ އަނެއް ދުވަހު ބާސާގެ ސްކޮޑާއެކު އޭނާ ފަރިތަކުރުންތައް ފަށާނެއެވެ. ކުޓީނިއޯ ވަނީ އޭނާގެ މެޑިކަލް ފުރިހަމަކޮށް ޓްރާންސްފާގެ ކަންކަން ނިންމާލުމަށް ހޮނިހިރު ދުވަހުގެ ވަގުތެއްގައި ބާސެލޯނާއަށް ދަތުރުކޮށްފައެވެ.

ކުޓީނިއޯ ނެތްތަން ފޫބެއްދުމުގެ ގޮތުން ލިވަޕޫލްއިން އަންނަނީ މޮނާކޯގެ މިޑްފީލްޑަރު ތޮމަސް ލެމާރ އަދި ލެސްޓާ ސިޓީގެ މިޑްފީލްޑަރު ރިޔާދް މަހަރޭޒް ގެނައުމުގެ މަސައްކަތްކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޓީނިއޯ ލިވަޕޫލްގެ ޖާޒީގައި ކުޅެފައިވުމާއެކު ނޮކްއައުޓް ބުރުތަކުގައި އޭނާއަށް ބާސާގެ ޖާޒީގައި ނުކުޅެވޭނެއެވެ. އެހެން ނަމަވެސް ބާސާއިން ކުޅޭ އެހެން ހުރިހާ މުބާރާތެއްގައި އޭނާއަށް އެ ޓީމަށް ކުޅެވޭނެއެވެ.

ކުޓީނިއޯ ލިވަޕޫލް ދޫކޮށްލިއިރު އޭނާ އެ ޓީމާއެކު ހަދާފައި އޮތް ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން އޮތީ 2022 ވަނަ އަހަރުއެވެ. އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ލިވަޕޫލްއާ ގުޅުނީ 2013 ވަނަ އަހަރު އިންޓަ މިލާން ދޫކޮށް 8.5 މިލިއަން ޕައުންޑްއަށެވެ. ލިވަޕޫލްއަށް ކުޅުނު 201 މެޗުގައި އޭނާ ވަނީ އެ ޓީމަށް 54 ލަނޑު ޖަހައިދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
01 ޖޫން 2017

އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި

01 ޖޫން 2017
އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި
28 މެއި 2017

އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި

28 މެއި 2017
އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް