Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ ސްޕޯޓްސް ކްލަބް

މާޅޮހުގެ އާރީ ޓީސީއަށް ސޮއިކޮށްފި

6 ޖެނުއަރީ 2018 | ހޮނިހިރު 12:24

މިދިޔަ ސީޒަނުގައި އާރީ ވަނީ މޮޅު ކުޅުމެއް ދައްކާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 ޖެނުއަރީ 2018 | ހޮނިހިރު 12:24
އާރީ ޓީސީގެ ކޮންޓްރެކްޓުގައި ސޮއި ކުރަނީ

އާރީ ޓީސީގެ ކޮންޓްރެކްޓުގައި ސޮއި ކުރަނީ

މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮސް ޓީމަށް ކުޅުނު ފޯވާޑް އަހުމަދު އާރިފް (އާރީ) މި ފެށޭ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެން ސޮއި ކޮށްފިއެވެ.

މިދިޔަ ސީޒަނުގައި އާރީ ވަނީ މާޅޮހަށް ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކައި ހިތްގައިމު ލަނޑުތަކެއް ޖަހައިދީފައެވެ. މިކަމާއި ގުޅިގެން އޭނާ ގެންދިޔުމަށް ރާއްޖޭގެ އެންމެ ބޮޑެތި ޓީމުތަކުން ޝައުގުވެރިކަން ވެސް ފާޅުކުރިއެވެ. ހަމައެހެންމެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި އޭނާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކޮޅަށް ޖެހި ލަނޑު ޑިސެމްބަރު މަހު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ގޯލް ނުވަތަ 'ޖޫލޭ' އެވޯޑަށް ވެސް ނޮމިނޭޓްވިއެވެ.

މިއީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީއިން ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެ ޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގުގައި މިލަންދޫ ޓީމުން ވިދާލި އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ވެސް އެ ޓީމަށް ގެނެސްފައެވެ. މި ދެ ކުޅުންތެރިން ވެސް އެ ޓީމަށް ގެނެސްފައިވަނީ ފާއިތުވެދިޔަ ސީޒަންތަކުގައި އެ ޓީމުގެ ފޯވާޑް ލައިން ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި ނާއިޒް ހަސަން (ދާދު) އެ ޓީމު ދޫކޮށްލުމާއި ވިދިގެންނެވެ. މި ފެށޭ ސީޒަނުގައި ނާޒު ފެނިގެންދާނީ މާޒިޔާގެ ފެހި ޖާޒީގައެވެ.

ހަމައެހެންމެ އެ ޓީމުގެ ފަސް ކުޅުންތެރިޔަކު ވަނީ އެ ޓީމުގެ ކޮންޓްރެކްޓް އައުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އަހުމަދު ފައްރާހު، އިބްރާހިމް ވަހީދް ހަސަން، އަހުމަދު ރިލްވާން އާއި މުހައްމަދު އައްޒާމްގެ އިތުރުން ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

ނިމިގެން ދިޔަ ސީޒަން ޓީސީއިން ނިންމާލީ ހުސްއަތާ ކަމުގައި ވިޔަސް އެ ޓީމުން ވަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ ޓީމުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދިއިރު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްއާއި އެފްއޭ ކަޕްގެ ފައިނަލުގައި ވެސް ވާދަކުރިއެވެ. މި ހުރިހާ ފައިނަލްއަކުން ވެސް އެ ޓީމު ބަލިވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުންނެވެ. މިކަމާއި ގުޅިގެން އެ ޓީމުން އަންނަނީ ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް