Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިރައީސް ޕްރޮގްރާމް

2019 ވަނަ އަހަރު ރައީސް ޔާމީން ހުންނަވާނީ ޖަލުގައި: މުސްތަފާ

6 ޖެނުއަރީ 2018 | ހޮނިހިރު 12:17

އަދީބު އަމިއްލަފުޅަށް ކުރި އެއްވެސް ކަމެއް ނޯންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޖެނުއަރީ 2018 | ހޮނިހިރު 12:17
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި މާގިނަ ދުވަހަކު ނުހުންނެވޭނެ ކަމަށާއި 2019 ވަނަ އަހަރު ރައީސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ އެގޮތަށް ވިދާޅުވީ ރައީސް ޔާމީން ޖުޑިޝަރީން ކުރާ ކަންތައްތަކުގައި އެމަނިފާނުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ ދާދިފަހުން ބ. އޭދަފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅާ ގުޅިގެން ރާއްޖެޓީވީގެ "މިރައީސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

"ހަމަގައިމުވެސް އަޅުގަނޑު ނުކުރާ ކަމަކީ ފަނޑިޔާރު ގޭގައި ހުންނަ މައްސަލަތަކަށް އަޅުގަނޑު ނުބެހޭނެ. މަޝްވަރާ ކުރުމުގެ ތެރޭގައި، އަނިޔާވެރި ވުމުގެ ތެރޭގައި، މިކަން ކަމަށް އަޅުގަނޑު ނުބެހޭނެ. މިކަންކަމަށް އަޅުގަނޑު ނުބެހޭތީ، ކުޑައެއް ބޮޑެއް، ގިންތިއެއް، މުއްސަނދިކަމެއް، ވިހޭ ރާއްސެއް، ވިހެއީ ކޮންފެންވަރެއްގެ އާއިލާއެއްގަތޯ ބެލުމެއްނެތި، މީހުންނަށް އެއް އުސޫލަކުން ގާނޫނުގައި އޮންނަ ހުކުމްތައް ތަންފީޒުވަމުން އެދަނީ. އަޅުގަނޑަކީ އިސްލާމީ ޝަރީއަތް ދަންނަ މީހެއް ނޫން. އަޅުގަނޑަކީ ފަނޑިޔާރުކަން ކުރަންވެސް ދަންނަ މީހެއްވެސް ނޫން. އެހެންވީމާ ކޯޓަކުން ނިންމާ މައްސަލައެއް ނިންމެވީ އިންސާފުންތޯ، ބޭއިންސާފުންތޯ އޭގެ ޖަޖަކީ އަޅުގަނޑެއް ނޫން. އެކަން ނިމިފައި އޮތްގޮތް ފައިސަލާކުރުމުގެ ގާބިލުކަމެއް އަޅުގަނޑުގެ ނެތް. އަދި ކީއްތޯ އަމުދުން އެކަމުގެ ޝައުގުވެރިކަމެއް ވެސް އަޅުގަނޑުގެ ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން މުސްތަފާ ވިދާޅުވީ ޝަރީއަތްތަކަށް ރައީސް ޔާމީން އަތް ނުބާނުއްވާކަން ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި އެނގިފައިވާ ކަމަށެވެ. އެގޮތުން ގުޅިފައިވާ އިދިކޮޅު ފަރާތްތަކާއެކު އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ކުށަކާނުލައި އަދި ކޯޓުގެ ހުކުމަކާ ނުލައި ޖަލުގައި އޮންނަވާތާ މިހާރު ހަ މަސް ދުވަސް ވަނީ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ހިންގާފައިވަނީ ފަހަތުން ދުވެ ތަޅާފޮޅައިގެން ކޯޓަށް ވައްދައިގެން ކަމަށާއި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފު، އަނިޔާވެރި ހުކުމެއްކަމަށް މުޅި ދުނިޔެ ގަބޫލު ކުރާ ކަމަށެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފަހަތުން ދުވެ، އަނބިދަރިން ކައިރީ ނިދަން އޮށޯވޭވަރު ނުކޮށް، ފަހަތުން ދުވެ، ގަދަ ކަމުން ކޯޓަށް ވައްދައިގެން ހުކުމް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ހަމައެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މިހާތަނަށް ޝަރުއީ ކޯޓަކުން ފައިސާ ދެއްކުމަށް ހުކުމެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސިއްހީ ފަރުވާ ކުރުމަށް އަދީބުއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވޭނީ ދައުލަތަށް ދައްކަންހުރި ފައިސާ ދެއްކުމުން ކަމަށް ރައީސް ޔާމީން ވިދާޅުވާ ކަމަށް މުސްތަފާ ފާހަގަ ކުރެއްވިއެވެ.

މުސްތަފާ ވިދާޅުވީ ދައުލަތަށް އަދީބު ދައްކަން ޖެހޭ ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވާ ވާހަކައަކީ، ކޮންމެހެން ދައުލަތަށް ފައިސާ ދައްކަވާ ވާހަކައެއް ނޫން ކަމަށާއި އެއީ ރައީސް ޔާމީންއަށް ދެއްވަންޖެހޭ ފައިސާގެ ވާހަކަ ކަމަށެވެ.

"މިމަނިކުފާނަށް (ރައީސް ޔާމީންއަށް) ދައްކަން ޖެހޭ 30 މިލިއަން ޑޮލަރެއްގެ ވާހަކަ މިދައްކަވަނީ. ރާއްޖޭގެ ރައްޔިތުންނަށް މިވާހަކަ ހިއްސާކޮށްލަން ބޭނުން. މިއުޅެނީ ދައުލަތަށް ފައިސާ ހޯދާ ކަށެއް ނޫން. މިއީ މިމަނިކުފާނަށް އަދީބު ދޭންޖެހޭ 30 މިލިއަން ޑޮލަރު އޮތްކަމަށް މިމަނިކުފާނު ތުހުމަތު ކުރައްވަނީ. ތިމަން މަނިކުފާނުގެ ފައިސާއިންނޭ އަދީބު މެމްބަރުން ނަށް ލާރި ދެއްވީ. އެއީ ތިމަން މަނިކުފާނު (ރައީސް ޔާމީން) ދިން ފައިސާއޭ... އަދީބު އެއީ އަމިއްލައަށް އެއްވެސް ކަމެއް ކުރެއްވި ބޭފުޅެއްނޫން. އެމަނިކުފާނު (ރައީސް ޔާމީން) އެންގެވިކަމެއް ފިޔަވާ އިތުރު އެއްވެސް ކަމެއް ކުރެއްވި ބޭފުޅެއް ނޫން އަދީބަކީ. އެކަމަކު އިނާމެއްގެ ގޮތުގައި އަދީބަށް ލިބުނީ ޖަލު،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ކުރި ހުކުމްތަކާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް ކުރި ހުކުމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ކުރި ހުކުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ހުކުމްތަކެއް ކަމަށެވެ. އަދި އެ ޝަރީއަތްތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް މުސްތަފާ ވަނީ ތުހުމަތު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް