Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަން

ފުރާނައަށް ނުރައްކާވާ ކަމަށް ބުނެ، ވަގުތު ނޫސް ގޮވައިގެން އިންތި ފުލުހަށް

4 ޖެނުއަރީ 2018 | ބުރާސްފަތި 10:59

އެމްއެމްސީއަށާއި އެޗްއާރްސީއެމަށް ވެސް މައްސަލަ ހުށަހަޅާފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 ޖެނުއަރީ 2018 | ބުރާސްފަތި 10:59
އިންތި: އޭނާ ދެއްކި ވާހަކަ ވަގުތު ނޫހުން އޮޅުވާލައިގެން ފެތުރި ކަމަށް އިންތި ވަނީ ތުހުމަތު ކުރައްވާފައި

އިންތި: އޭނާ ދެއްކި ވާހަކަ ވަގުތު ނޫހުން އޮޅުވާލައިގެން ފެތުރި ކަމަށް އިންތި ވަނީ ތުހުމަތު ކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ހަށިފުރާނައަށް ނުރައްކާވާ ގޮތަށް އޮންލައިން ނޫސް، "ވަގުތުން" ޚަބަރު ފެތުރި ކަމަށް ބުނެ، އެ ނޫހުގެ މައްސަލަ ފުލުހުންނަށް އޭނާ ހުށަހަޅުއްވައިފިއެވެ.

އެ ނޫހުގެ މައްސަލަ ބަލައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ވެސް ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވަޑައިގެން، ވަގުތު ނޫހުގެ މައްސަލަ އެ މުއައްސަސާއަށް ހުށަހެޅުއްވުމަށްފަހު އެ އިމާރާތުން ނުކުމެވަޑައިގެން "ރާއްޖެ އެމްވީ"އަށް އިންތި ވިދާޅުވީ ވަގުތު ނޫހުން އޭނާ ދެއްކި ވާހަކަ އޮޅުވާލައިގެން ހަބަރު ފެތުރުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް މީހުންގެ މެދުގައި އޭނާއާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދި ހަށިފުރާނައަށް ނުރައްކާވާ ގޮތަށް ކޮމެންޓުތައް ކޮށްފައިވާ ކަމަށެވެ.

"ބުދު ދީން ވެސް ރާއްޖެއަށްވުރެ ރަނގަޅު" ކަމަށް ބުނެ، އިންތިއާ ހަވާލާދީ ވަގުތު ނޫހުން އާންމުކޮށްފައިވާ ޚަބަރާއި "ބުދު ދީނަށްވުރެ ރާއްޖޭގެ ކަންކަން ގޯސް ކަމަށް" ބުނެ، އޭނާއާ ހަވާލާދީ ހަމަ އެ ނޫހުގައި ލިޔެފައިވާ ޚަބަރަކީ އޭނާ ވިދާޅުވި އެއްޗެއް ކަމަށް ހަދައި، އެ ނޫހުން އަމިއްލައަށް ހަދައިގެން ލިޔެފައިވާ ވާހަކަތަކެއް ކަމަށް އިންތި ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދީނާ ގުޅުވައިގެން މީހަކާ މެދު ރުޅިވެރިކަމެއް އުފެދޭ ގޮތަށް ދައްކާ ވާހަކައަކުން ދެކޮޅުވެރިކަމަށް ނުވަތަ އަނިޔާވެރި ކަމަށް އެ މީހަކު ހުށަހެޅިގެންދާ ގޮތް ވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގައި ވެސް ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއް ކަމަށެވެ.

ވަގުތު ނޫހަކީ ސަރުކާރަށް ތާއީދުކޮށް ލިޔުންތައް ލިޔާ ނޫހެއް ކަމަށް ފާހަގަކޮށް، އިންތި ތުހުމަތު ކުރެއްވި ގޮތުގައި އޭނާއާ ގުޅުވައިގެން ލިޔުންތަކެއް އާންމުކުރީ ނުބައި ނިޔަތުގައި، ގަސްދުގަ އެވެ.

އެ ނޫހުގެ އެ އަމަލަކީ ގާނޫނުލްއުގޫބާތާއި ޖިނާއީ ކުށްތައް ކަނޑައަޅާފައިވާ އެ ނޫން ވެސް ގާނޫނުތަކުގައި އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގައި ޖިނާއީ އަމަލެއް ކަމަށެވެ.

އެހެންކަމުން އެ ނޫހުން ފަތުރާފައިވާ ހަބަރުތައް ޖިނާއީ މައްސަލައެއްގެ ގޮތުގައި ބައްލަވައި ފިޔަވަޅު އަޅުއްވައި ދިނުމަށް ފުލުހުންނަށާއި އެމްއެމްސީ އާއި އެޗްއާރްސީއެމްގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އިންތިގެ ތުހުމަތުތަކާ ގުޅިގެން ވަގުތު ނޫހުގެ ޗީފް އެޑިޓަރު މުޝައްރަފު ހަސަން ދީދީ "ރާއްޖެއެމްވީއަށް" ބުރާސްފަތި ދުވަހު ވިދާޅުވީ އިއްތިއަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެ މައްސަލަތަކުގައި ކުރިއަށް ވަޑައިގަތުމުން ރަނގަޅުވާނެ ކަމަށާއި އިންތި ދެއްކި ވާހަކައެއް އޮޅުވާލައިގެން އެ ނޫހުން ފަތުރާފައި ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް