Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތޫފާން އޮކި

ގެއްލުނު މަސްވެރިން ފެނޭތޯ ފަޅުރަށްތައް ބަލަން އިންޑިއާގެ މަސްވެރިން ރާއްޖެއަށް!

4 ޖެނުއަރީ 2018 | ބުރާސްފަތި 03:41

ރާއްޖެއަށް އަންނަނީ 36 މަސްވެރިން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 ޖެނުއަރީ 2018 | ބުރާސްފަތި 03:41
ތޫފާން އޮކި އަރައިގެން އުޅުނު އިރު ކަނޑުމަތިން ސަލާމަތްކުރި މަސްވެރިންތަކަކަށް އިންޑިއާގެ ކަނޑުގެ ސިފައިން އެހީވަނީ

ތޫފާން އޮކި އަރައިގެން އުޅުނު އިރު ކަނޑުމަތިން ސަލާމަތްކުރި މަސްވެރިންތަކަކަށް އިންޑިއާގެ ކަނޑުގެ ސިފައިން އެހީވަނީ

ދާދިފަހުން އިންޑިއާ ކަނޑުގެ ސަރަހައްދަށް އައި ތޫފާން އޮކިގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދުމަށް އެޤައުމުގެ އެހެން މަސްވެރިން ރާއްޖޭގެ ފަޅުރަށްތައް ބެލުމަށް ރާއްޖެ އަންނަން ފުރައިފި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ދަ ހިންދޫ ނޫހުގައި ލިޔެފައި ވަނީ އިންޑިއާ އިން ގެއްލުނު މަސްވެރިން ހޯދުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެ، ގެއްލުނު މަސްވެރިން ރާއްޖޭގެ ފަޅުރަށްތަކުގައި ތާށިވެފައިވޭތޯ ބެލުމަށް ރާއްޖޭގެ ފަޅުރަށްތައް ބަލަން ކަންޏަކުމާރީގެ މަސްވެރިން ނިންމާފައި ވާކަމަށެވެ. އަދި މާލޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށް ރާއްޖޭގެ ޚާރިޖިއްޔާ އިން އެކަމަށް ބޭނުންވާ ހުއްދަ ހޯދާފައިވާ ކަމަށް ވެސް އެ ނޫހުގައި ލިޔެފައިވެއެވެ.

Advertisement - newsAdvertisement

އިންޖީނު އެޅި އަށް ދޯނީގައި އިންޑިއާގެ 36 މަސްވެރިން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އިންޑިއާ އިން ފުރާފައިވާ ކަމަށް ދަ ހިންދޫ އިން ބުނެއެވެ. އަދި އެ މީހުންނަށް ދިވެހި ސަރުކާރުން ހުއްދަ ދީފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މި އޮޕަރޭޝަން ހިންގާ މަސްވެރިންނާ ހަވާލާދީ ދަ ހިންދޫ އިން ބުނާ ގޮތުގައި މަސްވެރިންނަށް ރާއްޖެއާ ހިސާބަށް ފޯރާނީ ޖެނުއަރީ 3 ނުވަތަ 4 ގައެވެ. އަދި ރަށްތައް ބެލުމަށް ފަހު 5 ވަނަ ދުވަހު މަސްވެރިން އަނބުރާ އިންޑިއާއަށް ދާނެއެވެ.

ތޫފާން އޮކިގައި ގެއްލުނު އިންޑިއާގެ މަސްބޯޓުތައް ހޯދުމުގައި އިންޑިއާގެ ޓެމިލް ނާޑޫގެ މަސްވެރި ޖަމާއަތަކުން، އިންޑިއާގެ ކޮމާޝަލް 8 ބޯޓެއް 36 މީހުންނާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އިންޑިއާގެ އެމްބަސީ އިން އެމްއެންޑީއެފް އާއި މަޢުލޫމާތު ހިއްސާކޮށްފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވާއިރު، އެމީހުން ފަޅުރަށްތައް ބަލަން ދާނެ ވާހަކަ ބުނެފައެއް ނުވެއެވެ.

ތޫފާން އޮކިގައި އިންޑިއާ އާއި ލަންކާ އިން ގިނަ އަދަދެއްގެ މަސްވެރިން ގެއްލިފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވެސް ބައެއް ދޯނިތައް ޙާލުގައި ޖެހިފައިވަނިކޮށް ފެނިފައިވެއެވެ. އަދި އެމީހުންނަށް ރާއްޖޭގެ ކޯސްޓްގާޑުންނާއި މަސްވެރިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އިންޑިއާގެ ކަނޑުގެ ސިފައިން ކަނޑުމަގުންނާއި ވައިގެ މަގުން ގެއްލުނު މަސްވެރިން ހޯދުމަށް ރާއްޖޭގެ ސަރަހައްދު ބަލާފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

މުއްތޮލިބުގެ ނަސޭހަތް، ސަން ސިޔާމަށް - އެކުވެރިން ކަތިލެވޭއިރު ބަލަން ނުހުރޭ

18 އެޕްރީލު 2017
މުއްތޮލިބުގެ ނަސޭހަތް، ސަން ސިޔާމަށް - އެކުވެރިން ކަތިލެވޭއިރު ބަލަން ނުހުރޭ
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
12 މާރިޗު 2017

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް