Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްއޭގެ ސަރވޭ

ޕޭމަންޓް ސިސްޓަމާގުޅޭ ސަރވޭ ކުރަނީ

4 ޖެނުއަރީ 2018 | ބުރާސްފަތި 03:46

ސަރވޭ ކުރިއަށްދާނީ މިމަހުގެ 6 އިން 11 އަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 ޖެނުއަރީ 2018 | ބުރާސްފަތި 03:46
އެމްއެމްއޭ

އެމްއެމްއޭ

ނަގުދު ފައިސާ މަދުކޮށް، ފައިސާ ދެއްކޭނެ އެހެން ނިޒާމުތަކެއް ޤާއިމްކުރުމަށް ސަރވޭއެއް ހެދުމަށް މަރުކަޒީ ބޭންކުން ނިންމައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ނޫސްބަޔާނެއްގައި އެއޮތޯރިޓީ އިން ބުނީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތްކުރުމާއި ފައިސާ ދެއްކުމުގެ ނިޒާމާ ބެހޭ ގޮތުން ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ޕޭމެންޓް ސިސްޓަމާ ގުޅޭ މި ސަރވޭގެ މަގުސަދަކީ އެކި މުޢާމަލާތްތަކުގައި ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ދެނެގަނެ، ނަގުދު ފައިސާ ބޭނުންކުރުން މަދުކޮށް ވީހާ ވެސް ފަސޭހަ ނިޒާމަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހި ކުރުން ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ މި ސަރވޭގައި މަޢުލޫމާތު ނަގާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، މަސްވެރިކަން، ތަކެތި އުފެއްދުން، އިމާރާތްކުރުން، ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތް، ވިޔަފާރި، މާލީ ހިދުމަތް، ސިއްހީ އަދި ތަޢުލީމީ ދާއިރާ ހިމެނޭ ކަމަށެވެ. އަދި މި ސަރވޭގައި ފުރަތަމަ މަޢުލޫމާތު އެއްކުރުމަށް އަމާޒުކޮށްފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.

މިމަހުގެ 6 އިން 11 އަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް އެމްއެމްއޭގެ ޓީމްތައް އެކިއެކި ފަރާތްތަކާ ބައްދަލުކޮށް، ސަރވޭއަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ޙަރަކާތްތެރިވާނެ ކަމަށް އެއިދާރާއިން ބުންޏެވެ. އަދި ޕޭމެންޓް ސިސްޓަމް ހަރުދަނާ ކުރުމަކީ ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރާ ގައުމީ މަސައްކަތަކަށްވާތީ، މި ސަރވޭއޭއަށް އެންމެހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެމްއެމްއޭއިން އެދިފައިވެއެވެ.

ބޭންކިންގގެ ދާއިރާގައި ރާއްޖެ، މިސަރަހައްދުގެ ފާހަގަކޮށްލެވޭ ޤައުމަމަށް ވެފައިވާއިރު، ނަގުދު ފައިސާ މަދުކުރުމަކީ ކުރިއަރާފައިވާ ޤައުމުތަކުގައި މިހާރު ކުރަމުންދާ މަސައްކަތެކެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2017

ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ

23 ޖޫން 2017
ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ
15 މެއި 2017

ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ

15 މެއި 2017
ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ
15 މެއި 2017

ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

15 މެއި 2017
ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
29 މާރިޗު 2017

ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ

29 މާރިޗު 2017
ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް