Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވެން ޖެހޭނަކަމަށް އދ. އިން ކަނޑައަޅާނެ: ޑރ ޝަހީދު

އދގެ ނިންމުމަށް އިޙްތިރާމްކުރަން މަޖުބޫރުވާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 2 ޖެނުއަރީ 2018 | އަންގާރަ 21:29
ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު

ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނަކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން މިއަހަރު ކަނޑައަޅާނެކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އދގެ ޚާއްސަ ރެޕަޓުއަރގެ މަޤާމުގައި މިވަގުތު ހުންނެވި ޑރ. ޝަހީދު އަންގާރަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން އެގޮތަށް ކަނޑައެޅުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ޖެހިވަޑައިގަންނަވާނީ އިންތިޚާބެއް ނުބާއްވާނެކަމަށް ކަނޑައަޅަންކަމަށެވެ. އެހެން ނަމަވެސް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީގެ ނިންމުންތަކަށް ތަބާވާނެކަމަށް 2006ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިޤްރާރުވެ، ދިވެހި ރާއްޖެއިން ސޮއެކޮށްފައިވާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ޑރ. ޝަހީދު ވިދާޅުވީ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ނަޝީދު ބޭރުކުރި ގޮތަށް، 2018ގައި ބޭރުކުރަން ޖާގަ ދީގެން ނުވާނެކަމަށާއި، ވިހަލީ މޭވާ ކާކަށް ނުވާނެކަމަށެވެ.

ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށް އދއިން ކަނޑައަޅާނެކަމަށް ޑރ. ޝަހީދު ވިދާޅުވިއިރު، ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް މިނިވަންކުރުމަށް އދއިން ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ކުރި އަމުރަށްވެސް ދިވެހި ސަރުކާރުން ތަބާވެފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ރާއްޖެ.އެމްވީއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަންގާރަ ދުވަހުގެރޭ ޑރ. ޝަހީދު ވިދާޅުވީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒުކުރުމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނެރޭ އަމުރުތަކަށް ތަބާވުން، މުޢާޙަދާގައި ސޮއެކޮށްފައިވާތީ ރާއްޖޭގެ މައްޗަށް ލާޒިމްވާކަމަށާއި، މިއީ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި ތަފާތު މެކޭނިޒަމެއްކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ ސަރުކާރަށް ޕްރެޝަރކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށް އޮންނާނެކަމަށެވެ. ސަބަބަކީ އާބާދީގައި 4 ލައްކަ ކިރިޔާ ހަމަވާ ޤައުމަކަށް އިންސާނީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ ޤާނޫންތަކާއި ޚިލާފުވެ، އޭގެ ނަތީޖާތަކާއި ބައްދަލުނުވެ މާގިނަ ދުވަހު ދެމި ނޯވެވޭނެތީކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވުނަ ނުދޭން މަސައްކަތްކުރަނީ ރައީސް ނަޝީދާއި ވާދަކޮށް ބަލިވާނެކަން ރައީސް ޔާމީނަށް ޔަޤީންވެވަޑައިގަންނަވާތީކަމަށެވެ. އަދި ސަރުކާރު 'ބޭޒާރުވެ، އޮރިޔާންވުން' ނޫން ކަމެއް އެކަމުގައި ނުވާނެކަމަށް ޝަހީދު ވިދާޅުވިއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނިންމާނެ ގޮތެއް ޑރ. ޝަހީދަށް އެނގިވަޑައިގަންނަވަނީ ކިހިނެއްތޯ ބައެއް ފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ ރައީސް ނަޝީދު ކުރެއްވި ޝަކުވާއަށް ސަރުކާރުން ދޭނެ ސައްޙަ ޖަވާބެއް ނެތްކަމަށެވެ. އަދި "ދޭކާއި ދޭކާއި ގުނަ ކުރީމައި އަންނާނީ 4 ކަން ކަލްކިއުލޭޓަރއެއް ބޭނުން ނުކުރިޔަސް އެނގޭނެ" ކަމަށް ޝަހީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެކަމަށް ޑރ. ޝަހީދު ވިދާޅުވިނަމަވެސް، ޑރ. ޝަހީދު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ މެމްބަރެއް ނުވަތަ ރައީސް ނަޝީދުގެ މީހެއް ނޫންކަމަށެވެ.

ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ދަށަށްދާ މައްސަލައިގައި އދގެ ހިއުމަން ރައިޓްސް ކައުންސިލުންނާއި އެހެން ގުނަވަންތަކުން ދަނީ ދޭތެރެދޭތެރެއިން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު