Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޔުއެފާ ޗެމްޕިއަންސް ލީގު: ހަނި ގޮތަކަށް ބާސާ މޮޅުވިއިރު ޔުވެންޓަސްއަށް ފުރަތަމަ މޮޅު

ސްޕޯޓިން ލިސްބަންގެ ދަނޑުގައި ބާސާއިން ވަނީ 1-0 އަކުން އެ ޓީމު ބަލިކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 06:19
ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު

ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ބާސެލޯނާ އާއި ޔުވެންޓަސް ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް މޮޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ސްޕޯޓިންއިން ވަނީ ބާސާގެ ގިނަ ހަމަލާތަށް ހުއްޓުވާފައެވެ. އެގޮތުން ސްޕޯޓިންއިން ވަނީ މެސީ ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ. ސްޕޯޓިން އިން މި މެޗުގައި ބާސާއަށް ވުރެ ގިނަ ހަމަލާތަށް އުފައްދާފައެވެ.

ފުރަތަމަ ހާފުގައި ވެސް ސްޕޯޓިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެން ގޮސްފައިވަނީ ބާސާގެ ކީޕަރު ޓާ ސްޓީޖެންއެވެ. ފުރަތަމަ ހާފު ނިމިފައި ވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެ އޮވެގެންނެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 49 ވަނަ މިނިޓުގައެވެ. މި ލަނޑަކީ މެސީ ނަގައިދިން ހުރަހަކުން ސްޕޯޓިންގެ ޑިފެންޑާ ސެބެސްޓިއަން ކޮއާޓޭސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށް ފަހު ވެސް މޮޅަށް ކުޅެ ގިނައިން ހަމަލާ އުފައްދާފައި ވަނީ ސްޕޯޓިންއިންނެވެ. އެހެނަސް އެ ޓީމަށް މި ހަމަލާތައް ލަނޑުތަކަކަށް ބަދަލު ކޮށްލެވިފައެއް ނުވެއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޔުވެންޓަސްއިން ވަނީ އަމިއްލަ ދަނޑުގައި 2-0 އަކުން އޮލިމްޕިއާކޯސް ބަލިކޮށް މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދާފައެވެ.

ޔުވެންޓަސްއިން ވަނީ މުޅި މެޗުވެސް ކޮންޓްރޯލްކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެ ޓީމުން ވަނީ އޮލިމްޕިއާކޯސްގެ ހަމަލާތައް ހުއްޓުވައި މޮޅު ފުރިހަމަ ގޭމެއް ކުޅެފައެވެ. ފުރަތަމަ ހާފުގައި ވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ޔުވެންޓަސްއިން ތަނަވަސް ކުރި ނަމަވެސް ފުރަތަމަ ހާފު ނިމިފައި ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ޔުވެންޓަސްއިން މެޗުގެ ލީޑު ނެގީ 69 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ހިގުއައިންއެވެ. ޔުވެންޓަސްއިން އޭގެ 10 މިނިޓު ފަހުން އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ޕައުލޯ ޑިބާލާގެ އެހީތެރި ކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާރިއޯ މަންޒުކިޗްއެވެ.

މި ގްރޫޕުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ. އަދި ތިން ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ސްޕޮޓިންއަށް ދެވަނަ ލިބޭއިރު ހަމަ ތިން ޕޮއިންޓާއެކު އެހެނަސް ލަނޑުގެ ތަފާތުން ތިންވަނަ ލިބެނީ ޖުވެންޓަސްއަށެވެ. މި ގްރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ އޮލިމްޕިއާކޯސްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު