Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

ހަސަން ލަތީފްގެ ތިން ފޯމިއުލާ ރައީސް ޔާމީނަށް

ރައީސް ޔާމީން ވެސް ތިން ފޯމިއުލާ ވިދާޅުވެދެއްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2017 | ހުކުރު 10:00
އެމްޑީޕީގެ ޗެއަރޕަރސަން އދ. ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕަރސަން އދ. ހަސަން ލަތީފް

ރައީސް ޔާމީނަކީ ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. އެމަނިކުފާނުގެ ވާހަކަފުޅުގެ ތެރޭގައި ވަރަށް ސީރިއަސްކަމާ އެކު، ނުވަތަ ހިނިފުޅުވަޑުވަމުން ބައެއް ފަހަރު އެދައްކަވާ ވާހަކަތަކަކީ އެހެން ވެރިޔަކު އެވާހަކަ ދެއްކެވި ނަމަ، އެމަނިކުފާނު މާދަމާ ނިކުމެވަޑައިގެން ޖުމްހޫރީ މައިދާނުގައި ބޮޑު ދިދަ ދޮށުގައި މެގަފޯން ހިއްޕަވައިގެން ހުންނަވައި އެވެރިޔަކު މަޤާމުން ދުރުކުރަން ގޮވާލައްވާނެ ފަދަ ވާހަކަތަކެވެ. ގެޔަށް ވަންނަނީ ޙަލާލު ފައިސާ ނޫން ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަން ހިންގި ކަމަށާއި، ބެންކޮކަށް ގޮސް އަންހެނުން ހޯދަނީ ހިލޭ ނޫން ކަމަށާއި ދެން މިހެން ގޮސް ވަރަށް ގިނަ ވާހަކަ އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ފަދަ ވާހަކައެއް ދެއްކެވިޔަސް އެޖަލްސާއެއްގެ ކުރީ ގޮނޑިބަރީގައި ތިއްބަވާ ބޭފުޅުން އަތްޖައްސަވައި، ހިނިފުޅުވަޑުވައެވެ. ބައެއް ފަހަރު އެބޭފުޅުންނަށް ރައީސް ޔާމީން ވިދާޅުވި އެއްޗެއް ފަހުމުވި ބާވައޭ ހިތަށް އަރައެވެ.

މިކަހަލަ މޮޅެތި ވާހަކަތައް ދައްކަވަމުން ގޮސް، ދާދި ފަހުން އުތުރުގެ އަތޮޅުތަކަށް ކުރެއްވި ޒިޔާރަތެއްގައި ރައީސް ޔާމީން މާމޮޅު ވާހަކައެއް އަނެއްކާ ވެސް ދައްކަވައިފިއެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ޖެހޭ ގޮތް ރައީސް ބުނެދެއްވީއެވެ. ވޯޓުލާއިރު ވިސަނަންޖެހޭ ތިން ކަމެއް ކަމަށް ވިދާޅުވެ، މާމޮޅު ފޯމިއުލާއެއް ރައްޔިތުންނަށް ބުނެދެއްވިއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ދީނީ މިންގަނޑެވެ. އަދި އެ އަށް ފަހު ވެރިކަންކުރުމުގެ ތަޖުރިބާ އާއި، ދައްކަވާ ވާހަކަތަކުގެ މޮޅުކަމެވެ. މި ތިން ކަމަށް ބެލުމަށް ފަހު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީމާ ހުންނާނީ ރަނގަޅަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވުމުން، އަޅުގަނޑު ހިތަށް އެރި ސުވާލަކީ، "އަންނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެތޯ" އެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ބޭއްވި އިންތިޚާބުން ފެށިގެން އަދި މިއަދާ ހަމައަށް އައި އިރު، ބާއްވަން ޖެހޭ ތާރީޚެއްގައި އިންތިޚާބެއް ބާއްވާފައެއް ނެތެވެ. އިންތިޚާބު ބާއްވަން ޖެހޭ މުއްދަތުގައި އިންތިޚާބު ނުބޭއްވުމުގެ ސަބަބުން ލާމަރުކަޒީ ނިޒާމާއި، ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ތެރޭގައި މިވަނީ ގަޑުބަޑު އުފެދިފައެވެ. މިހާރު މިހިނގަމުންދާ ރިޔާސީ ދައުރު ނިމެން ޖެހޭނީ ޤާނޫނުތައް ބުނާ ގޮތުން އަންނަ އަހަރުގެ ނޮވެމްބަރު 10 ގައެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ފަސް އަހަރު ވާނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ރާއްޖެ ދާނީތޯ، ނުވަތަ އެކަން ހުއްޖަތެއް ގޮތުގައި ނަންގަވާ އެމަނިކުފާނު އެހެން އިންތިޚާބުތައް ފަސްކުރެއްވި ފަދައިން ރިޔާސީ އިންތިޚާބު ވެސް ލަސްކުރައްވާނީތޯ ކުރެވޭ ސުވާލު އަންނަ އަހަރު ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާނެއެވެ. ކޮންމެއަކަސް، ރައީސް ޔާމީން މި 3 ފޯމިއުލާއެއްގެ ވާހަކަ ވިދާޅުވުމުން، އެކަމުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ވިސްނުން ހުރި ގޮތް އެޕާޓީގެ ޗެއަރޕަރސަން ހަސަން ލަތީފް އަރިހުން އަހާލީމެވެ.

ހަސަން އެއަށް ދެއްވީ ވަރަށް ސާދާ ޖަވާބެކެވެ. "އަޅުގަނޑުވެސް ރައީސް ޔާމީނަށް ތިން ފޯމިއުލާއެއް ދަންނަވާލާނަން. އެއީ، ވައްކަން، ކޮރަޕްޝަން އަދި އަނިޔާވެރިކަން. މި ތިން ކަމަށް ބެލުމަށް ފަހު 2018 ގައި ރައީސް ޔާމީން ވެސް އަދި ރައްޔިތުން ވެސް ވޯޓު ލައްވާ،" މިއީ ހަސަންގެ ޖަވާބެވެ.

އަނިޔާވެރިކަން

ރައީސް ޔާމީންގެ ސަރުކާރަކީ އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގޮތުގައި އަނިޔާވެރި ސަރުކާރެކެވެ. ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަނެ، ރައްޔިތުންގެ މިނިވަންކަން ނަގާލާފައިވާ ސަރުކާރެކެވެ. ޤާނޫނު އަސާސީގެ އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބުން ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އެތަކެއް ހައްޤުން ހުރިހާ ދިވެހިން މަޙްރޫމްކޮށްފައިވާއިރު، އިތުރު އެތައް ބަޔަކު ވަކިވަކި ހައްޤުތަކުން މަހުރޫމްކޮށްފައިވާ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަންކަމާއި، އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ހައްޤާއި، ޚިޔާލު ފާޅުކުރުމުގެ ހައްޤުތައް ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާއިރު، އެތައް ރައްޔިތުންނެއް އެއްވެސް އިންސާފެއް، ހަމައެއް، ލަމައެއް ނެތި ޖަލުގައި ތިބިކަން ފާހަގަކުރެވެއެވެ. އަދި ރައީސް ޔާމީނާއި ސިޔާސީ ގޮތުން ވާދަކޮށްފާނެ އަދި ކުރަމުންދާ އެންމެންނަށް ވެސް ޖަލު ޙުކުމްތައް އިއްވައި، ރައީސް ޔާމީން ނޫން އެހެން މީހަކަށް ވެރިކަމަށް ނާދެވޭނެ ފަދަ ގޮތަކަށް ވެރިކަމުގެ ނިޒާމް މުށުތެރެއަށް ލައްވަމުން ގެންދަވާ ގެންދެވުމަކީ އަނިޔާވެރިކަމެއް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ހަސަން ލަތީފް ވިދާޅުވީ މިކަމަށް 2018 ގައި ރައްޔިތުން ވިސްނުމަށެވެ.

ވައްކަން

މިއިން ޒަމާނަކު ރާއްޖޭގައި އަދި ދުނިޔޭގައި ވެސް ނުހިނގާ ޒާތުގެ އަދި ސައިޒުގެ ވައްކަންތައް ރާއްޖޭގައި ދަނީ ހިނގަމުންނެވެ. ދައުލަތުން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނަގާފައިވާއިރު، އެފައިސާތަކަށް ވީނުވީއެއް ނޭނގެއެވެ. އިންޓެލިޖެންސް ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް ރިޔާސީ އިންތިޚާބުތައް ލަސްކުރަމުންދާ މިރާއްޖޭގެ ފުލުހުންނަށް މިދެންނެވި ފައިސާ ވީ ތަނެއް ހޯދިފައެއް ނެތެވެ. އެފައިސާ އަކީ މި ދިވެހި ސަރުކާރުގެ އިސް ވެރިން އަޑީގައި ތިއްބަވައިގެން ދިވެހި ދައުލަތުގެ މާލިއްޔަތުން ކުރެއްވި ވައްކަމެވެ. އެކަމަކު ދެތިން ބޭފުޅަކު ޖަލަށް ލާފައި ދެން އެހިސާބުން އެވާހަކަ ނިންމަވާލެއްވީއެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފި ނަމަ ދައުލަތުގެ ތިޖޫރީ ހުރި ތަނުގައި ހުންނާނީ ބޮޑު ވަޅުގަނޑެއް ކަމަށް ވިދާޅުވި ބޭފުޅަކު، އެވަޅުގަނޑު ބަޔަކު ހެދިއިރު ވެސް އަޅާވެސް ނުލައްވައި، އެކަން ހުއްޓުވޭނެ މަޤާމެއްގައި ހުންނެވި މަންޒަރު މިދިވެހި ތާރީޚު ދެކެފިއެވެ. ރައްޔިތުން ދާއޮހޮރުވައިގެން ހޯދައި ފައިސާއިން ދެއްކި ޓެކްސް ފައިސާއިން ވައްކަންކުރި ބަޔަކަށް ވެރިކަން ދިނުމުގައި އަނެއްކާ ވެސް ރައްޔިތުން ވިސްނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮރަޕްޝަން

މިސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހިންގެވިކަމަށް ވިދާޅުވަނީ ހަސަން ލަތީފް އެކަންޏެއް ނޫނެވެ. ސަރުކާރު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ރައްޔިތުންނަސް ފޯމިއުލާތައް ވިދާޅުވެދެއްވުމުގެ އެންމެ އުހުގައި ހުންނެވި ރައީސް ޔާމީން ވެސް ވިދާޅުވަނީ މިސަރުކާރުގައި ކޮރަޕްޝަން އެބަ އޮތް ކަމަށެވެ. އެކަން ހުއްޓުވަން ކުރައްވާނެ ކަމެއްގެ ވާހަކަ ވިދާޅެއްނުވެއެވެ. ކޮންމެ ދުވަހަކު އަޑު އިވެނީ ސަރުކާރުގެ ކޮންމެވެސް އިދާރާއެއްގެ ނުވަތަ ކުންފުންޏެއްގެ ކޮރަޕްޝަންގެ ވާހަކައެވެ. ހާހަކުން ނުވަތަ ލައްކައަކުން ކޮރަޕްޝަން ހިންގާ ވާހަކައެއް ނޫނެވެ. މިލިއަނުން ނުވަތަ ބިލިއަނުން ކޮރަޕްޝަން ހިންގާ ވާހަކައެވެ. ކޮރަޕްޝަން ހިންގެވި ބޭފުޅެއް ވިއްޔާ، އެބޭފުޅެއްގެ މައްސަލަ ބަލާ ވާހަކަ އަޑު އިވޭނެއެވެ. އެބޭފުޅަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ދެން އިވޭނީ އެހެން އޮފީހެއްގެ ނުވަތަ ކުންފުންޏެއްގެ މަތީ މަޤާމަކަށް އެބޭފުޅަކު ބަދަލުކުރި ވާހަކައެވެ. މިއީ ޙާލަތެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ބަދަލުގައި ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަނގަ ބަންދުކުރުން ނޫން ކަމެއް ނެތެވެ. ހަސަން ލަތީފް ވިދާޅުވަނީ ރައްޔިތުން ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގައި އެކަމަށް ވިސްނާނެކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކޮންމެ ބޭފުޅަކު މިނެރުއްވާ ފޯމިއުލާ ވެސް ވަރަށް ސަޅިއެވެ. ރައީސް ޔާމީންގެ ފޯމިއުލާ ވެސް ސަޅިއެވެ. ހަސަން ލަތީފްގެ ފޯމިއުލާ ވެސް ސަޅިއެވެ. ފޯމިއުލާތައް އެޕްލައި ކުރާނީ ރައްޔިތުންނެވެ. ގޮތެއް ކަނޑަޅާނީ ރައްޔިތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

06 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު