Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގްރީޒްމަންގެ ޓްރާންސްފާ

ގްރީޒްމަންގެ އަގަކީ 200 މިލިއަން ޔޫރޯ

އެޓްލެޓިކޯއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2017 | ހުކުރު 06:33
އެޓްލެޓިކޯގެ ޖާޒީގައި ގްރީޒްމަން

އެޓްލެޓިކޯގެ ޖާޒީގައި ގްރީޒްމަން

އެޓްލެޓިކޯ މެޑްރިޑްގައި ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ އަގަކީ 200 މިލިއަން ޔޫރޯ ކަމަށް އެ ކްލަބުގެ ޗީފް އެގްޒެކްޓިވް މިގުއެލް އެންޖެލް މާރިން ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެޓްލެޓިކޯ އިން ވަނީ އެ ކްލަބުގެ ހުއްދަ ހޯދުމަކާއި ނުލައި އެ ކްލަބުގެ ވާދަވެރި ބާސެލޯނާއިން ގްރީޒްމަންއާ މަޝްވަރާކުރި ކަމަށް ބުނެ އެ މައްސަލަ ފީފާއަށް ހުށަހަޅާފައެވެ. ބާސާގެ ޑިރެކްޓަރު ވެސް ވަނީ މިފަދަ ކަމެއް ހިނގާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. ބާސާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ އުމުރުން 26 އަހަރުގެ ފޯވާޑުގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ސީޒަން ފެށުމުގެ ކުރިން އޭނާގެ ސޮއި ހޯދުމަށް ޔުނައިޓެޑުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެންމެ ފަހު ވަގުތު އޭނާ ވަނީ އެޓްލެޓިކޯގައި މަޑުކޮށްފައެވެ.

އެޓްލެޓިކޯގެ ކޯޗު ވެސް ވަނީ އޭނާ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެ ކްލަބުގެ ޗީފް އެގްޒެކްޓިވް ވިދާޅުވީ ފިނި މޫސުމުގެ ޓްރާންސްފާގައި ވިޔަސް ނުވަތަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް އޭނާ އެހެން ކްލަބަކަށް ވިއްކާލުމުގެ ހިޔާލެއް ނެތް ކަމަށާއި އޭނާއަކީ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާއާ އެކު އެ ކްލަބަށް ވެސް ކާމިޔާބު ހޯދިފައިވާ ކަމަށާއި އުއްމީދަކީ އޭނާއާ އެކު އަދިވެސް އިތުރު ކާމިޔާބު ހޯދުން ކަމަށް މިގުއެލް ވިދާޅުވިއެވެ.

އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.

ކުޅުންތެރިން ނުގަނެވޭ ގޮތަށް ފީފާއިން އެޓްލެޓިކޯއާ ދެކޮޅަށް އަޅާފައިވާ ސަސްޕެންޝަން އަންނަ ޖެނުއަރީ މަހު ހަމަވުމާ އެކު އެ ކްލަބުގެ ފޯވާޑް ލައިނުން ބްރެޒިލްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ފެނިގެންދާނެއެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިގުއެލް ވިދާޅުވީ މިއީ އެޓްލެޓިކޯއަށް ހެޔޮ ފާލެއް ކަމަށާއި މި ދެ ކުޅުންތެރިންނަކީ ނަތީޖާ ނެރޭނެ ދެ ކުޅުންތެރިން ކަމަށެވެ. އެޓްލެޓިކޯ މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ ނުވަ ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނައިގައެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 123 މެޗުގައި 65 ލަނޑު ޖަހަދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު