Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަސަން ލަތީފު

ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެއްވޭނެ ކަމާމެދު ޝައްކެތް ނުކުރަން: ހަސަން ލަތީފު

28 ޑިސެމްބަރު 2017 | ބުރާސްފަތި 18:17

އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން އޮތޭ ވިދާޅުވާން ރައީސް ޔާމިން ލަދުވެތިވެވަޑައިގަންނަވަން ޖެހޭނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 ޑިސެމްބަރު 2017 | ބުރާސްފަތި 18:17
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިލެއްވޭނެ ކަމާ މެދު ޝައްކުނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބަކަށްޓަކައި ދޫދޭން ރައީސް ޔާމިނަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަކީ ތަފާތު ފިކުރުގެ ޕާޓީތައް ކަމަށް ވިއަސް ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ބަދަލު ކުރުމަށް އިދިކޮޅު ހުރިހާ ޕާޓީތަކަށް އެއްބަސް ވެވޭ ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ އަންނަ އަހަރު ރިޔާސީ އިންތިހާބަށް ދާއިރު ރައީސް ނަޝީދުގެ ނަންފުޅު އޮންނާނެ ކަމާ މެދު އަޅުގަނޑުމެން ޝައްކެތް ނުކުރަން. އަދި އެކަމަށް އަޅުގަނޑުމެން ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ. އެއީ ބޭރުގެ އެކި ގައުމުތަކުންނާއި ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ދައްކަވާ ވާހަކައަކީ އެއްވެސް ވާހަކައެއް ނޫން ކަމަށް ތަކުރާރުކޮށް ހަސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމިނަށް އެނގިވަޑައިގަންނަވާ ހުރިހާ އެއްޗެއް ނިހާނަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި މިހާރު ވިދާޅުވެވޭ އެއްޗަކުން ފަހުން ލަދުގަންނަ ޖެހިވަޑައިގެންފާނެ ކަމަށެވެ.

މީގެ އިތުރުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން އޮތޭ ވިދާޅުވާން ރައީސް ޔާމިން ލަދުވެތިވެވަޑައިގަންނަވަން ޖެހޭނެ ކަމަށާއި މި ސަރުކާރު ރަމްޒް ކޮށްދޭ ތިން ކަމަކީ ވެސް އަނިޔާވެރިކަމާއި ވައްކަމާއި ކޮރަޕްޝަން ކަމަށެވެ. ޗައިނާއާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ހަސަން ލަތީފު މިރޭ ވެސް ވިދާޅުވީ އެއީ ރާއްޖެއަށް ވަރަށް ނުރައްކާތެރި އެއްބަސްވުމެއް ކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެ އެ އެއްބަސްވުމަށް އަމަލުކުރާ ނަމަ ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމަށެވެ.

ސަރުކާރާ އެކު މަޝްވަރާ ކުރުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވާ މަޝްވަރާތަކުގައި ރައީސް ނަޝީދަށް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ބައިވެރިވަޑައިގެންނެވޭ ގޮތަށް ބާއްވާ ނަމަ އެކަން ކުރެވިދާނެ ކަމަށެވެ. އަދި އެމްޑީޕީ އިން އޮތީ މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސް ޔާމިން އަމަލު ކުރައްވާ ގޮތް މުޅި ދުނިޔެއަށް އެނގޭ ކަމަށާއި އެއްވެސް ކަމެއް ރާއްޖޭގެ ރައްޔިތުންނަށް ވެސް އަދި ބޭރުގެ ގައުމުތަކަށް ވެސް އޮޅުވާ ނުލެއްވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް