Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯގެ ގޭންގުތައް

ފުލުހުން ހައްޔަރުކުރި ދަރިވަރަކު ގެއްލިގެން މެކްސިކޯގައި މުޒާހަރާކޮށްފި

ދަރިވަރު ހައްޔަރުކޮށްފައިވަނީ މަގުމަތީގައި ފޮޓޯނަގަން ހުއްޓައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 29 ޖެނުއަރީ 2018 | ހޯމަ 05:49
މައްސަލައާއި ގުޅިގެން ދެ ފުލުހަކުވަނީ ހައްޔަރުކޮށްފައި

މައްސަލައާއި ގުޅިގެން ދެ ފުލުހަކުވަނީ ހައްޔަރުކޮށްފައި

މިދިޔަ އަންގާރަ ދުވަހު މެކްސިކޯގެ ފުލުހުން ހައްޔަރުކުރި އުމުރުން 17 އަހަރުގެ ޔުނިވާސިޓީ ދަރިވަރެއްކަމަށްވާ މާކޯ އެންޓޯނިއޯ ގެއްލުނު މައްސަލައިގައި މެކްސިކޯ ސިޓީގައީ މުޒާހަރާކޮށްފިއެވެ.

އޭނާ އަނބުރާ ގެނެސްދިނުމަށް ގޮވާލައި ސިޓީ ސެންޓްރަލް އެވެނިއުގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފައި ވާއިރު ދަތުރުފަތުވަނީ މެދުކެނޑިފައެވެ.

ދަރިވަރު ހައްޔަރުކޮށްފައިވަނީ މަގުމަތީގައި ފޮޓޯ ނަގަން ހުއްޓައި ނަމަވެސް އޭނާގެ މައްޗަށް ވަނީ ކެމެރާއެއް ވަގަށްނެގުމުގެ ތުހުމަތުކޮށްފައެވެ.

އޭނާ ހައްޔަރުކުރުމުގައި ބައިވެރިވި ދެ ފުލުހުން މިހާރުވަނީ ހައްޔަރުކުރެވިފައެވެ.

ގެއްލުނު ދަރިވަރު ފެނުމަށް އެދި ނަސާރާ ފައްޅިތަކުގައި ދުއާ ކުރާ އަޑުވެސް އިވިފައިވެއެވެ.

މާކޯ އެންޓޯނިއޯ ސަންޗޭޒްގެ އާއިލާއިން ސިފަކުރާ ގޮތުގައި އޭނާއަކީ ކުރެހުމާއި ދާރުލްއާސާރުތަކަށް ލޯބިކުރާ ބަސްއަހާ ކުއްޖެކެވެ.

އާއިލާއިން ބުނިގޮތުގައި އޭނާ އުޅުނީ އޭނާގެ އެކުވެރި އެހެން ކުއްޖެއްގެ ކެމެރާއަކުން ފާރެއްގައި ހުރި ޝައުގުވެރި ގްރެފިޓީއެއް ފޮޓޯ ނަގަންށެވެ.

އޭނާ ފިލަން ދުވި ނަމަވެސް ފުލުހުން ވަނީ އޭނާ ހިފައި ފުލުހުންގެ ވޭން ތެރެއަށް ލާފައިކަމަށް އާއިލާއިންވަނީ ބުނެފައެވެ.

މެކްސިކޯ ސިޓީގެ ސަރުކާރުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އެ ފިރެހެން ކުއްޖާއަށް ވީގޮތެއް ތަހުގީގުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

ކޮމިޝަނުން ބުނީ ސިޓީގެ ޗީފް ޕްރޮސިކިއުޓަރަށްވެސް އެ މައްސަލަ ގަދަކަމުން މީހުން ވަގަށްނެގުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް އަންގާފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
03 އެޕްރީލު 2017

ކެރެލާގައި ފުލުހުންތަކެއް ކާނާ ވިހަވި މައްސަަލަ ތަހުގިީގު ކުރަނީ

03 އެޕްރީލު 2017
ކެރެލާގައި ފުލުހުންތަކެއް ކާނާ ވިހަވި މައްސަަލަ ތަހުގިީގު ކުރަނީ
02 އެޕްރީލު 2017

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު