Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަން ސަން ސޫކީ

ރޮހިންޖާ މުސްލިމުންނަށް މިޔަންމާގައި ދިމާވަމުންދާ "ހަގީގީ މައްސަލަތަކަކީ ކޮބައިކަން" ބަލަން ބޭނުންވޭ: ސޫކީ

ރޮހިންޖާ މުސްލިމުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތުތައް ބިނާވާން ޖެހޭނީ ހެކީގެ މައްޗަށް ކަމަށް ސޫކީ ވަނީ ވިދާޅުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 19 ސެޕްޓެމްބަރު 2017 | އަންގާރަ 07:21
މިޔަންމާގެ ލީޑަރު އަން ސަން ސޫކީ

މިޔަންމާގެ ލީޑަރު އަން ސަން ސޫކީ

ރޮހިންޖާ މުސްލިމުންނަށް މިޔަންމާގައި ދިމާވަމުންދާ "ހަގީގީ މައްސަލަތަކަކީ ކޮބައިކަން" ބަލަން ބޭނުންވާ ކަމަށާއި “އެއްބަޔަކު އެ މައްސަލާގައި ތުހުމަތުތައް ކުރާއިރު އަނެއް ބަޔަކު އޭގެ ރައްދުގައި ކުރާ ތުހުމަތުތަކެއްވެސް" އެބަހުރި ކަމަށާއި މިކަންކަން ތަހުގީގުކުރަން ޖެހޭ ކަމަށް މިޔަންމާގެ ލީޑަރު އަން ސަން ސޫކީ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާމެދު ފުރަތަމަ ފަަހަރަށް ވާހަކަފުޅުދައްކަވަމުން ސޫކީ ވިދާޅުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުން އުޅެމުންދާ ރަކައިން ސްޓޭޓަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި ދުނިޔޭގައި ޒިންމާދާރު ގައުމެއްގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ ދުނިޔެއިން ކަންކަން ބަލަމުންދާ ދިޔުމާމެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.

ސޫކީ ވިދާޅުވީ ރޮހިންޖާ މުސްލިމުންގެ މައްސަލާގައި ހުރިހާ ފަރާތްތަކުގެ ބަސްވެސް އަޑުއަހަން ޖެހޭ ކަމަށާއި ރޮހިންޖާ މުސްލިމުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތުތައް ބިނާވާން ޖެހޭނީ ހެކީގެ މައްޗަށް ކަމަށާއި، މިކަންކަމަކީ ފިޔަވަޅެއް މި މައްސަލާގައި އެޅުމުގެ ކުރިން ބަލަން ޖެހޭ ކަންކަންކަމަށެވެ.

ސޫކީ ވިދާޅުވީ ރޮހިންޖާ މުސްލިމުން އުޅެމުންދާ ގިނަ ވިލެޖުތަކުގައި ހަމަނުޖެހުން ނެތް ކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ އޮޕަރޭޝަންތަކުގައި ވިހާވެސް "ގެއްލުން ނުވާނެ ގޮތަަކަށް" ކަންކަން ބެހެއްޓުމަށް އަސްކަރިއްޔާ އަށް އަންގާފައިވާނެ އޭނާ ވިދާޅުވި އެވެ.

ސޫކީ އިތުރަށް ވިދާޅުވީ ރަޚައިން ސްޓޭޓުގެ ހިނގަމުންދާ ކަންކަމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ ހާލަތާމެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާކަަމަށެވެ. އަދި ބަންގްލަދޭޝްއަށް ގިނަ އަދަދެއްގެ މުސްލިމުން ހިޖުރަކުރަމުންދާތީ އެކަމާވެސް ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ސޫކީ ވިދާޅުވިއެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ހެދި އެގައުމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ އަން ސަން ސޫކީ މިޔަންމާގެ މުސްލިމުންގެ ހާލާމެދު އަމަލު ކުރައްްވާ ގޮތުގެ ސަބަބުން އެކަމަނާ އަށް ވެސް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެެވެ. ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫކީ އަށް، މިޔަންމާގެ މުސްލިމުންނާ މެދު ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ދާދިފަހުން ވަނީ ގޮވާލައްވާފައެވެ. ނޯބެލް ސުލްހައިގެ އިނާމުގެ ހައްގުވެރިން ކަމަށްވާ ޑެސްމުންޓް ޓޫޓޫ އާއި މަލާލާ ޔޫސުފްޒާއީ ވެސް ވަނީ ސޫޗީ އަށް މި މޭރުމުން ގޮވާލައްވާފައެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަޚައިން ސްޓޭޓުގައެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
04 ސެޕްޓެމްބަރު 2017

30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި

04 ސެޕްޓެމްބަރު 2017
30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި
04 ސެޕްޓެމްބަރު 2017

މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި

04 ސެޕްޓެމްބަރު 2017
މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި
27 އޯގަސްޓު 2017

ބަންގާޅު ބޯޑަރުކައިރިން ރޯހިންގޔާ މުސްލިމުންނަށް ހަމަލާދީފި

27 އޯގަސްޓު 2017
ބަންގާޅު ބޯޑަރުކައިރިން ރޯހިންގޔާ މުސްލިމުންނަށް ހަމަލާދީފި
25 ޖޫން 2017

ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި

25 ޖޫން 2017
ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު