Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޯނީގެ އިންޖީނު ހުއްޓުން

30 މީހުންނާއެކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން އެހީވެއްޖެ

ދޯނިން ދަތުރުކުރީ 15 އަންހެނުންނާއި، ފަސް ކުޑަކުދިން އަދި 10 ފިރިހެނުން

ލީވާން އަލީ
ލީވާން އަލީ | 27 ޑިސެމްބަރު 2017 | ބުދަ 23:45
ހއ.ދޮނަކުޅި ކައިރިއަށް އިންޖީނު ހުއްޓުނު ދޯނިން އެމްއެންޑީއެފްގެ އުޅަނދަށް މީހުން ބަދަލުވަނީ

ހއ.ދޮނަކުޅި ކައިރިއަށް އިންޖީނު ހުއްޓުނު ދޯނިން އެމްއެންޑީއެފްގެ އުޅަނދަށް މީހުން ބަދަލުވަނީ

ޖުމްލަ 30 މީހުންނާއެކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ބުދަ ދުވަހުގެ ރޭ 12 ޖެހިހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޯޑްރަން އަށް ލިބުމާއެކު އެ އޭރިއާގެ ލޭންޑިން ކްރާފްޓް ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.

Advertisement - newsAdvertisement

ހއ.ދޮނަކުޅި ކައިރިއަށް އިންޖީނު ހުއްޓިފައިވަނީ ހއ.އިހަވަންދޫ އިން އުތީމަށް ދަތުރުކުރި ހއ.ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގެ "މޫނާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. ދޯނިން ދަތުރުކުރީ 15 އަންހެނުންނާއި، ފަސް ކުޑަކުދިން އަދި 10 ފިރިހެނުންނެވެ.

ދޯނީގެ އިންޖީނު ހުއްޓުމާ ގުޅިގެން، މި އެންމެން އެމްއެންޑީއެފްގެ އުޅަނދުގައި ހއ.އުތީމަށް ވަނީ ގެންގޮސްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، ދޯނި ރިސޯޓަށް ގެންދިޔުމުގެ މަސައްކަތް އެ ރިސޯޓުގެ ފަރާތުން ކުރަމުންދާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި

29 އެޕްރީލު 2017
މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި
22 އެޕްރީލު 2017

ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި

22 އެޕްރީލު 2017
ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
21 އެޕްރީލު 2017

ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ

21 އެޕްރީލު 2017
ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ
03 އެޕްރީލު 2017

ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ

03 އެޕްރީލު 2017
ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު