Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

27 ޑިސެމްބަރު 2017 | ބުދަ 11:34

އެފްއޭއެމްއިން ވަނީ އަތޮޅު މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 ޑިސެމްބަރު 2017 | ބުދަ 11:34
މިދިޔަ ސީޒަނުގައި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޑަހުވަދޫ

މިދިޔަ ސީޒަނުގައި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޑަހުވަދޫ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އެސޯސިއޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެ އެސޯސިއޭޝަނަށް އީމެއިލް ނުވަތަ ފެކްސް މެދެވެރިކޮށް އަންގަންޖެހޭ ކަމަށެވެ. އަދި މި ލިޔުމުގައި އެ ޓީމެއްގެ ކަންކަމުގައި އެ އެސޯސިއޭޝަނުން ގުޅަންޖެހޭ ފަރާތެއްގެ ނަމާއި، މަގާމް އަދި ފޯނު ނަމްބަރު ހިމަނަންޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ. މި މުބާރާތުގައި ބައިވެރިވެވެނީ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޓީމުތަކަށެވެ.

އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި އަތޮޅަކުން ދެ ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ އެ އަތޮޅެއްގެ ހޯސްޓުކުރާ ރަށުގައެވެ. އަދި ދެ ޓީމު ބައިވެރިވާނަމަ މެޗުތައް ކުޅެވޭނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށް އެފްއޭއެމް ބުނެއެވެ. މިއީ ޒޯން މުބާރާތުގައި ވެސް މެޗު ކުޅުމުގައި އަމަލު ކުރެވޭނެ އުސޫލުކަމަށް އެ އެސޯސިއޭޝަނުގެ އިއުލާނުގައިވެއެވެ.

އެފްއޭއެމްއިން ވަނީ އަތޮޅު މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. އެގޮތުން ހޯސްޓުކުރަން ބޭނުންވާ ރަށްތަކުން އެކަމަށް އެދި ފޯމު ފުރިހަމަކޮށް ޕްރޮޕޯސަލްއާއެކު ހުށަހެޅުމުގެ ސުންގަޑިއަކީ ވެސް 31 ޖެނުއަރީ 15:00 ކަމަށް އެ އެސޯސިއޭޝަނުގެ އިއުލާނުގައިވެއެވެ. މުބާރާތުގެ މެޗުތައް ފަށާ ތާރީހު އިއުލާނުކުރެވޭނީ މުބާރާތުގައި ބައިވެރިވާ ޓީމުތައް ކަށަވަރުވުމުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި ނިމުނު ސީޒަނުން ފެށިގެން އެފްއޭމްއިން ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބެއެވެ. މި ނިމުނު ސީޒަނުގައި އެގޮތަށް އުރީދޫ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވީ ތިނަދޫ އާއި ކުޑަހުވަދޫ އަދި މިލަންދޫގެ އިތުރުން މާޅޮސްއެވެ. މިދިޔަ ސީޒަނުގައި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޑަހުވަދޫއެވެ.

އަންނަ އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް