ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 12:43
ވެލާނާގެ އިމާރާތް
ވެލާނާގެ އިމާރާތް
ރާއްޖެ އެމްވީ
ސަރުކާރު ބަންދު ދުވަސްތައް
އަންނަ އާދިއްތަ ދުވަސް ވެސް ބަންދު
ސަރުކާރުގެ މުވައްޒަފުންނަށް ބަންދު ހަތަރު ދުވަސް ލިބޭނެ
އާ އަހަރު ފެށެނީ އަންނަ ހަފްތާގެ ހޯމަ ދުވަހު

ސިވިލް ސަރވިސް މުވައްޒަފުންގެ ލުއި ފަސޭހައަށްޓަކައި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، މުވައްޒަފުންގެ ލުއި ފަސޭހައަށްޓަކައި ޑިސެމްބަރު މަހުގެ 31 ވާ  އާދިއްތަ ދުވަސް ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

 

 

އާ އަހަރު ފެށޭ ދުވަހަކީ ސަރުކާރު އޮފީސްތައް އަބަދުވެސް ބަންދު ދުވަހެކެވެ. އާ އަހަރު ފެށެނީ އަންނަ ހަފްތާގެ ހޯމަ ދުވަހެވެ. ސަރުކާރުން މި ގެނައި ބަދަލާ އެކު ސަރުކާރު މުވައްޒަފުންނަށް ޖެހިޖެހިގެން ހަތަރު ދުވަސް ބަންދު ދުވަހުގެ ގޮތުގައި ލިބިގެންދާނެއެވެ. އާ އަހަރު ފާހަަގަކުރުމުގެ ގޮތުން މި އަހަރު ވެސް ހާއްސަ ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޝޯގައި ބޮލީވޫޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މިކާ ސިންގ އާއި ރާހަތު ފަތޭ އަލީ ޚާން ބައިވެރިވާނެއެވެ. މީގެ އިތުރުން ވެސް ބޮލީވޫޑްގެ މަޝްހޫރު ފަންނާނެ ފެނިގެންދާނެ ކަމަށް އެކަން އިންތިޒާމްކުރާ ސަރުކާރުގެ ޕީއާރު ކޯޕަރޭޝަނުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް