Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީޕީ ޖަމްޝީދު

އޭސީޕީ ޖަމްޝީދުގެ މަޤާމް ދަށްކުރީ ފުލުހުންގެ ވެރިންނާ މެދު ރުޅިވެރިކަމާއި ފިތުނަ އުފެދޭގޮތަށް ވާހަކަ ދައްކަވާކަމުގެ ތުހުމަތުގައި!

25 ޑިސެމްބަރު 2017 | ހޯމަ 17:28

ދެ ވަނަ ފަހަރަށް މަޤާމް ދަށްކުރީ ފުރަތަމަ އެޅި އަދަބު ކުޑަވުމުގެ ސަބަބުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 25 ޑިސެމްބަރު 2017 | ހޯމަ 17:28
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދް - އޭނާގެ މަޤާމް ވަނީ ދެ ފަހަރަށް ދަށްކޮށްފައިވޭ

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދް - އޭނާގެ މަޤާމް ވަނީ ދެ ފަހަރަށް ދަށްކޮށްފައިވޭ

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމްގައި ހުންނެވި މުހައްމަދު ޖަމްޝީދުގެ މަޤާމް ދަށްކޮށްފައި ވަނީ ފުލުހުންގެ އިސްވެރިންނާއި މެދު ރުޅިވެރިކަމާއި ފިތުނަ އުފެދޭގޮތަށް ދޮގު ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައިކަން ރާއްޖެ.އެމްވީއަށް އެނގިއްޖެ އެވެ.

ކުރިން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމު ވެސް އަދާކުރެއްވި ޖަމްޝީދުގެ މަގާމަށް ފުރަތަމަ ގެނައީ އެއް ދަރަޖައިގެ ދަށްވުމެކެވެ. އެގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވަނިކޮށް، ޖަމްޝީދް ބަދަލު ކޮށްފައިވަނީ ޗީފް ސުޕްރިޑެންޓެންޓެއްގެ މަޤާމަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެނގިފައިވާގޮތުގައި ޖަމްޝީދުގެ މަޤާމް ފުރަތަމަ ފަހަރަށް ދަށްކޮށްފައިވަނީ ކުރީގެ ފުލުހުންގެ ވެރިންނާއިމެދު އެހެން މުވައްޒިފުންނާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ފިތުނަ އުފެދޭގޮތަށް ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޖަމްޝީދުގެ މަޤާމް ދަށްކުރުމަށް ނިންމާފައިވަނީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުޤީޤްކޮށް، ޑިސިޕިލިނަރީ ބޯޑުންނެވެ.

ފުރަތަމަ ފަހަރަށް މަޤާމް ދަށްކުރުމަށް ފަހު ދެ ވަނަ ފަހަރަކަށް ވެސް ޖަމްޝީދްގެ މަޤާމް ދަށްކޮށްފައިވެއެވެ. އެގޮތުން ދެ ވަނަ ފަހަރަށް މަޤާމް ދަށްކޮށްފައިވަނީ ޑިސިޕިލިނަރީ ބޯޑުން ދީފައިވާ އަދަބު ކުޑަކަމަށް ފާހަގަކުރެވިގެންކަން އަލުން އެ މައްސަލަ ބެލުމަށްފަހުގައިކަން ރާއްޖެ.އެމްވީއަށް އެނގިފައިވެއެވެ.

ފުލުހުންގެ މަގާމުތަކުގެ ތަރުތީބު އޮންނަ ގޮތުން އޭސީޕީއާއި ޖެހިގެން ދަށަށް ދެން ތިބޭނީ ޗީފް ސުޕްރިންޓެންޑެންޓުންނެވެ. ސުޕްރިންޓެންޑެންޓުންނަކީ ޗީފް ސުޕްރިންޓެންޑެންޓުންގެ ދަށަށް އޮންނަ މަގާމެކެވެ.

ޖަމްޝީދުއާ މެދު މި ފިޔަވަޅުތައް އަޅަން ނިންމީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. އެހެން ނަމަވެސް، ޖަމްޝީދުގެ މަގާމު ދަށްކުރުން ލަސްވެގެންދިޔައީ، މަގާމު ދަށްކުރުމަށް ފުލުހުން ފޮނުވި ލިޔުމުގައި ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ސޮއި ނުކުރައްވައި ގިނަ ދުވަސް ވުމުންނެވެ. ހޯމް މިނިސްޓަރު ސޮއި ނުކުރައްވަނީސް ފުލުހުންގެ މަތީ މަގާމުތަކަށް ބަދަލުނުގެނެވެއެވެ.

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި "އެއްޗެއް" ގޮވިއިރު، ޖަމްޝީދު ހުންނެވީ ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގަ އެވެ. އެހެން ނަމަވެސް، އެ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެ މަގާމުން ޖަމްޝީދު ދުރުކުރި އެވެ.

ޖަމްޝީދުއާ މެދު ފިޔަވަޅު އެޅިއިރު، ފުލުހުންގެ އިތުރު ދެ އެސިސްޓެންޓް ކޮމިޝަނަރަކާ މެދުވެސް ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަނީ ވަކިކޮށްފަ އެވެ. އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްއާ މެދު ފިޔަވަޅު އަޅައި، ޗީފް ސުޕްރިންޓެންޑެންޓެއްގެ މަގާމަށް ވަނީ ދަށްކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
24 ފެބުރުއަރީ 2017

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް