ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 07:52
އޭޑީކޭގައި ޑޮކްޓަރުންތަކެއް މީހެއްގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަނީ
އޭޑީކޭގައި ޑޮކްޓަރުންތަކެއް މީހެއްގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަނީ
ރާއްޖެއެމްވީ
ސިއްހީ ދާއިރާގެ މަސައްކަތްތައް
ސިއްހީ ދިރާސާ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
 
މިކަމުގެ ބޭނުމަކީ ސިއްހީ ދިރާސާކުރުމުގެ ސަގާފަތެއް ތަރައްގީކުރުން
 
އެވޯދަށް އަމިއްލަ ނަން ވެސް ހުށަހެޅޭނެ
 
ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީގެ 1ގެ ނިއަލަށް

ސިއްހީ ދިރާސާ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ، ސިއްހީ ދިރާސާ އެވޯޑަކީ ރާއްޖޭގައި ސިއްހީ ދާއިރާއިން އެންމެ ފުރިހަމަ ދިރާސާއެއް ކޮށްފައިވާ ދިވެހިންނަށް އެކަން ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށެެވެ.

މިފަދަ އެވޯޑެއް ދިނުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ސިއްހީ ދިރާސާކުރުމުގެ ސަގާފަތެއް ތަރައްގީކޮށް ރަގަޅު ފެންވަރުގެ ދިރާސާކުރުމުގެ ރޫހެއް ދިރުވާ އާލާކުރުމާއި ދިރާސާ ކުރާ ފަރާތްތަކަށް އެބޭފުޅުންގެ މަސައްކަތް ކުރިއެރުވުމަށް ހިތްވަރުދިނުން ކަމަށެވެ. މީގެ އިތުރުން ރަނގަޅު ފެންވަރުގެ ދިރާސާ ކުރުމާއި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންތެރި އަދި މުހިއްމު ދިރާސާތައް ކުރުމަށް ބާރު އަޅައި ރަނގަޅު ނަތީޖާއެއް ނެރުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖޭގެ ސިއްހީ ދިރާސާއާ ބެހޭ ސިޔާސަތަށް ހޭލުންތެރިކޮށް، ސިޔާސަތު ތަންފީޒުުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުވުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ސިއްހީ ދިރާސާ އެވޯޑަށް އަމިއްލަ ނަން ހުށަހެޅުމުގެ ފުރުސަތު ވެސް އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މި އެވޯޑަށް ޝަރުތު ހަމަވުމަށް ހުށަހަޅާ އެޕްލިކޭޝަނުން 70 ޕަސެންޓް ޕޮއިންޓް ލިބެންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިއީ ހެލްތު މިނިސްޓްރީން މިފަދަ އެވޯޑެއް ދިނުމަށް އިއުލާނުކުރި ފުރަތަމަ ފަހަރެވެ.

 މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ އެންމެ ފަހު ތާރީހަކީ 01 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 12:00 އެވެ. އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު، އެފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާ އެކު މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް